Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައިވެނި ޕާޓީތައް ހުއްޓުވުން

ޤަވައިދާ ޚިލާފަށް ކުރިއަށްގެންދާ ކައިވެނި ޕާޓީތައް ހުއްޓުވަނީ އެކަން ފުލުހުންނަށް ރިޕޯޓްކުރުމުން - ފުލުހުން

ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާއާއި ފިލްމީ ތަރި ޒިޔާގެ ޕާޓީވެސް އެޗްޕީއޭގެ ޤަވައިދާ ޚިލާފަށް ވަނީ ބާއްވާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2021 | ބުދަ 04:15
ޝިދާތާގެ ވެޑިންގ

ޝިދާތާގެ ވެޑިންގ

ޤަވައިދާ ޚިލާފަށް ކުރިއަށްގެންދާ ކައިވެނި ޕާޓީތައް ހުއްޓުވަނީ އެކަން ފުލުހުންނަށް ރިޕޯޓްކުރުމުންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވެފައި މިވަނީ، ގައިޑްލައިންތަކާ ޚިލާފަށް ސޯލްޓްގައި ކައިވެނި ޕާޓީއެއް ބާއްވައިގެން އެ ރެސްޓޯރަންޓް 5000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ދަނޑިވަޅެއްގައެވެ. ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސަވާލަކަށް ޖަވާބުދެއްވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުހުﷲ ވަހީދު ވިދާޅުވީ، ޤަވައިދާ ޚިލާފަށް އަމަލުކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ފުލުހުން މަސައްކަތް ކުރަމުންދާކަމަށެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ ޚިލާފަށް 2 ކައިވެނި ޕާޓީއެއް މާލެ ސަރަހައްދުން ހުއްޓުވާފައިވާއިރު، ފިލްމީ ތަރިއަކާއި ސިޔާސީ ޕާޓީއެއްގެ އިސްފަރާތެއްގެ ކައިވެނި ޕާޓީ ނުހުއްޓުވި ސަބަބާ ގުޅޭގޮތުން ސުވާލުކުރުމުން، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުހުﷲ ވަހީދު ވިދާޅުވީ ޤަވައިދާ ޚިލާފަށް ކުރިއަށްގެންދާ ކައިވެނި ޕާޓީތައް ހުއްޓުވަނީ އެކަން ފުލުހުންނަށް ރިޕޯޓްކުރުމުންކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ ޚިލާފަށް ސޯލްޓް ކެފޭ ރެސްޓޯރަންޓުގައި ކައިވެނި ޕާޓީއެއް ކުރިއަށް ގެންދަނިކޮށް ފުލުހުން ވަދެ، އެ ރެސްޓޯރަންޓް 5000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. މި ކައިވެނި ޕާޓީ ސޯލްޓްގައި ބާއްވާފައިވަނީ ހޯމަ ދުވަހުގެ ހަވީރުއެވެ. ފުލުހުން ބުނީ، ސޯލްޓް ކެފޭ ރެސްޓޯރަންޓް ޖޫރިމަނާ ކޮށްފައިވަނީ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކާ ޚިލާފުވާ މީހުންނާމެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުން ކަމަށެވެ.

އެ މާއްދާގައި ބަޔާން ކޮށްފައިވަނީ ޤާނޫނީ ޝަޙުސަކުން އެންގުންތަކާ ޚިލާފުވާ ޙާލަތްތަކުގައި އަމަލު ކުރާނެ ގޮތެވެ. އެގޮތުން އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 5000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި، ދެވަނަ ފަހަރު 25،000 ރުފިޔާ، ތިންވަނަ ފަހަރު 50،000 ރުފިޔާ އަދި ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިމަނާކޮށް އަދި ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެންގުމުގައި ބަޔާން ކޮށްފައިވެއެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް ސޯލްޓް ކެފޭ ރެސްޓޯރަންޓުގައި ކައިވެނި ޕާޓީއެއް ކުރިއަށް ދަނިކޮށް ހުއްޓުވައި ޖޫރިމަނާކޮށްފައިވާއިރު، މިސަރުކާރުގެ އެންމެ ފުރަތަމަ ޖެންޑަރ މިނިސްޓަރުކަން ކުރެއްވި ޝިދާތާ ޝަރީފާއި ފިލްމީ ތަރި ޒިޔާގެ ކައިވެނި ޕާޓީ ވެސް ދާދިފަހުން ވަނީ ބާއްވާފައެވެ. މި ޕާޓީގެ އެކި މަންޒަރުތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، މި މަންޒަރުތަކުން އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް ޕާޓީ ކުރިއަށް ގެންދިޔަ މަންޒަރު ވަނީ ފެނިފައެވެ. މި ޕާޓީ މިގޮތަށް ކުރިއަށްގެންގޮސްފައިވާތީ، މި ޕާޓީ ހުއްޓުވުމަށް ފިޔަވަޅެއް ނޭޅުއްވުމުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ޚިޔާލުފާޅުކޮށްފައެވެ.

ރާއްޖެއިން ފެންނަމުންދާ ކޮވިޑް ކޭސްތަކުގެ އަދަދު 100ން މަތީގައި އުޅޭއިރު، ޙަފްލާތަކާއި އެއްވުންތައް ބޭއްވުމުގައި އެޗްޕީއޭގެ ގައިޑްލައިންތަކަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. އެގޮތުން މީގެ ކުރިންވެސް ކައިވެނި ޕާޓީއަކަށް ދިޔަ މީހަކު ޕޮޒިޓިވްވެ، ބޮޑު ކްލަސްޓަރ އެއް އުފެދިގެން ގޮސްފައިވާއިރު، އެ ކްލަސްޓަރގެ ކޮންޓެކްޓުންގެ އަދަދުވެސް 300ށް ވުރެ ގިނައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވޯޓް މިނިވަނެއް ނޫން، މަސީހުގެ އިތުބާރުގެ މައްސަލަ އަނެއްކާ ވެސް ހުށަހަޅާނަން: ޕާޓީތައް

ވޯޓް މިނިވަނެއް ނޫން، މަސީހުގެ އިތުބާރުގެ މައްސަލަ އަނެއްކާ ވެސް ހުށަހަޅާނަން: ޕާޓީތައް

27 މާރިޗު 2017
ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް

ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް

22 މާރިޗު 2017
ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް

ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް

22 މާރިޗު 2017
 ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

16 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު