Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮސްޓްރޭލިއަން އޯޕަން

ވެކްސިން ނުޖަހާތީ ޖޮކޮވިޗަށް އޮސްޓްރޭލިއަން އޯޕަން ގެއްލިއްޖެ

6 ޖެނުއަރީ 2022 | ބުރާސްފަތި 13:26

ޖޮކޮޗިޗް ވަނީ ވެކްސިން ޖެހިކަމުގެ މައުލޫމާތު ދޭން ދެކޮޅު ހަދާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 6 ޖެނުއަރީ 2022 | ބުރާސްފަތި 13:26
އަލެކްސަންޑަ ޒްވެރެވްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ނޮވަކް ޖޮކޮވިޗް

އަލެކްސަންޑަ ޒްވެރެވްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ނޮވަކް ޖޮކޮވިޗް

މި މަހު ފަހުކޮޅު ބާއްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ހާއްސަ މެޑިކަލް ހުއްދައަކާއެކު ބައިވެރިވުމުގެ ފުރުސަތު ދީފައިވަނިކޮށް އޭނާގެ ވިސާ ކެންސަލްކޮށް އަނބުރާ ގައުމަށް ފޮނުވާލަން އޮސްޓްރޭލިއާއިން ނިންމައިފިއެވެ.

އޮސްޓްރޭލިއަން އޯޕަންގެ ސިއްހީ ގައިޑްލައިންތަކުގައި އޮތް ގޮތުން މުބާރާތުގައި އުޅޭ ހުރިހާ ކުޅުންތެރިންނާ އޮފިޝަލުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާކަން މުބާރާތް އިންތިޒާމްކުރާ ފަރާތްތަކަށް ކަށަވަރުކޮށްދޭން ޖެހެއެވެ. އަދި ކޮވިޑްގެ ވެކްސިން ނުޖަހާނަމަ މުބާރާތުގައި ބައިވެރިވެވޭނީ ވެކްސިން ނުޖަހަނީ ބަލި ހާލަތެއްގެ ސަބަބުން ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށް ސާބިތުކޮށްދޭ "މެޑިކަލް އެގްޒެމްޕްޝަން" ލިޔެކިޔުން ހުށަހަޅަން ޖެހެއެވެ.

ޖޮކޮވިޗް އޮސްޓްރޭލިއަން އޯޕަންސްގައި ބައިވެރިވީ މެޑިކަލް އެގްޒެމްޕްޝަން ކޯޓާގެ ތެރެއިންނެވެ. ދުވާއީ އިން ފުރައިގެން ޖޮކޮވިޗް ބުދަ ދުވަހު އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރަން އޮސްޓްރޭލިއާގެ މެލްބަންއަށް ދިޔަ ނަމަވެސް އެއާޕޯޓުގައި އެތައް ގަޑިއިރެއް ވަންދެން މަޑުކުރަން ޖެހުނެވެ.

މިދިޔަ އަހަރު ވެކްސިން ޖެހުމާއި ދެކޮޅަށް ޖޮކޮވިޗް ވާހަކަ ދައްކާފައިވާއިރު، އޭނާ ވަނީ ވެކްސިން ޖެހިކަމުގެ މައުލޫމާތު ދޭން ތަކުރާރުކޮށް ދެކޮޅުހަދާފައެވެ. އެހެންވެ އޮސްޓްރޭލިއާގެ އިމިގްރޭޝަނުން ވަނީ ޖޮކޮވިޗްގެ ވިސާ ކެންސަލްކޮށްފައެވެ.

މިކަމާއި ގުޅިގެން އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ ވެކްސިން ނުޖަހާނަމަ ޖޮކޮވިޗް ވިޔަސް އަމަލުކުރާނީ އެހެން އެންމެންނާ މެދު ވެސް އަމަލުކުރާ އުސޫލުން ކަމަށެވެ. އަދި ވެކްސިން ނުޖަހާ އޮސްޓްރޭލިއާ އަށް އެތެރެވުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށް މޮރިސަން ވިދާޅުވިއެވެ.

ސާބިއާގެ މީިޑިއާ ރިޕޯޓްތައް ބުނާގޮތުން ޖޮކޮވިޗް މަސައްކަތް ކުރަމުން އަންނަނީ ގާނޫނީ ގޮތުން އެޕީލްކޮށް، އަލުން ވިސާ އަށް ހުށަހަޅައިގެން މި މަހު 17 އިން 30 އަށް ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރުމަށެވެ. އެކަމަކު، ވެކްސިން މައުލޫމާތު ނުދީ ޖޮކޮވިޗަށް މުބާރާތުގައި ވާދައެއް ނުކުރެވޭނެކަން މިހާރު ވަނީ ޔަގީންވެފައެވެ.

މިދިޔަ އަހަރު ކޮވިޑަށް ޕޮޒިޓިވްވި އުމުރުން 34 އަހަރުގެ ޖޮކޮވިޗަށް މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން ތަށި ހޯދައިފިނަމަ ޖޮކޮވިޗަށް ގްރޭންޑް ސްލޭމް މުބާރާތްތައް ކާމިޔާބު ކުރުުމުގެ ރެކޯޑެއް ގާއިމްކުރެވޭނެ އެވެ.

ނޯވަކް ޖޮކޮވިޗްއޮސްޓްރޭލިއަން އޯޕަން

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2022

އޮސްޓްރޭލިއަން އޯޕަން އާއެކު ޓެނިހުގެ ބޮޑު ރިކޯޑު ނަޑާލަށް

30 ޖެނުއަރީ 2022
އޮސްޓްރޭލިއަން އޯޕަން އާއެކު ޓެނިހުގެ ބޮޑު ރިކޯޑު ނަޑާލަށް
11 ޖެނުއަރީ 2022

ވިސާގެ މައްސަލައިގައި ކޯޓުން ނިންމީ ޖޮކޮވިޗާ އެއްކޮޅަށް

11 ޖެނުއަރީ 2022
ވިސާގެ މައްސަލައިގައި ކޯޓުން ނިންމީ ޖޮކޮވިޗާ އެއްކޮޅަށް
13 ސެޕްޓެމްބަރު 2021

ޖޮކޮވިޗް ބަލިކޮށް ޗެމްޕިއަންކަން މެޑްވެޑޭވަށް

13 ސެޕްޓެމްބަރު 2021
ޖޮކޮވިޗް ބަލިކޮށް ޗެމްޕިއަންކަން މެޑްވެޑޭވަށް
17 ޖުލައި 2017

މެލޭޝިއަން އޯޕަން އެތްލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުން އެއްވަނަ ސާއިދް ހޯދައިފި

17 ޖުލައި 2017
މެލޭޝިއަން އޯޕަން އެތްލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުން އެއްވަނަ ސާއިދް ހޯދައިފި
16 ޖޫން 2017

ޝުގާރ ކޯން ބަލިކޮށް އޯޕަން ޓޭޕްބޯލް ބައިގެ ޗެމްޕިއަންކަން ވަންއޯވަން ހޯދައިފި

16 ޖޫން 2017
ޝުގާރ ކޯން ބަލިކޮށް އޯޕަން ޓޭޕްބޯލް ބައިގެ ޗެމްޕިއަންކަން ވަންއޯވަން ހޯދައިފި
12 ޖޫން 2017

10 ވަނަ ފްރެންޗް އޯޕަން ތައްޓާއިއެކު ނަޑާލް ތާރީޙުގެ ތެރެއަށް

12 ޖޫން 2017
10 ވަނަ ފްރެންޗް އޯޕަން ތައްޓާއިއެކު ނަޑާލް ތާރީޙުގެ ތެރެއަށް
11 ޖޫން 2017

އޯޕަން ޓޭޕްބޯލް ބައިން ޝުގާރ ކޯން އާއި ވަންއޯވަން ފައިނަލަށް

11 ޖޫން 2017
އޯޕަން ޓޭޕްބޯލް ބައިން ޝުގާރ ކޯން އާއި ވަންއޯވަން ފައިނަލަށް
16 މެއި 2017

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

16 މެއި 2017
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި
08 އެޕްރީލު 2017

ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ

08 އެޕްރީލު 2017
ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ
03 އެޕްރީލު 2017

މަޔާމީ އޯޕަން ޓެނިސް މުބާރާތް ފެޑެރާ ކާމިޔާބުކޮށްފި

03 އެޕްރީލު 2017
މަޔާމީ އޯޕަން ޓެނިސް މުބާރާތް ފެޑެރާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް