Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް

އޮސްޓްރޭލިއަން އޯޕަން އާއެކު ޓެނިހުގެ ބޮޑު ރިކޯޑު ނަޑާލަށް

30 ޖެނުއަރީ 2022 | އާދީއްތަ 16:31

ނަޑާލް ރިކޯޑު މުގުރާލީ 21 ގްރޭންޑް ސްލޭމް ތައްޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 ޖެނުއަރީ 2022 | އާދީއްތަ 16:31
އޮސްޓްރޭލިއަން އޯޕަންގެ ތައްޓާއެކު ރަފައެލް ނަޑާލް

އޮސްޓްރޭލިއަން އޯޕަންގެ ތައްޓާއެކު ރަފައެލް ނަޑާލް

މި އަހަރުގެ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށް ޓެނިސް ލެޖެންޑް ރޮޖާ ފެޑެރާ މީގެ ކުރިން ހަދާފައި އޮތް ރިކޯޑު ސްޕެއިނުގެ ރަފައެލް ނަޑާލް މުގުރާލައިފިއެވެ.

މީގެ ކުރިން 2018 ވަނަ އަހަރު ފެޑެރާ ވަނީ ގްރޭންޑް ސްލޭމް 20 ތަށި ކާމިޔާބުކޮށް، އެންމެ ގިނައިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރި ކުޅުންތެރިޔާގެ ރިކޯޑު ހަދާފައެވެ. އެ ރިކޯޑާ ނަޑާލް ހަމަކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އޮތް ފްރެންޗް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށްގެންނެވެ. އަދި މީގެ ކުރިން ސާބިއާގެ ނޮވަކް ޖޮކޮވިޗްވެސް ވަނީ ގްރޭންޑް ސްލޭމް 20 ތަށި ކާމިޔާބުކޮށްފައެވެ.

އެކަމަކު މި އަހަރު އޮތް އޮސްޓްރޭލިއަން އޯޕަނުގެ ފައިނަލުގައި ރަޝިއާގެ ޑެނީލް މެޑްވެޑޭވް ބަލިކޮށް، ނަޑާލް ވަނީ 21 ވަނަ ގްރޭންޑް ސްލޭމް ތައްޓާއެކު އެ ރިކޯޑު މުގުރާލާފައެވެ. ފަސް ގަޑިއިރަށް ވުރެ ގިނަ ވަގުތު ކުޅުނު ފައިނަލް މެޗު ފެޑެރާ ކާމިޔާބުކުރީ ފަހަތުން އަރައި 3-2 ސެޓުންނެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓު މޮޅު ކުޅުމެއް ދައްކައި މެޑްވެޑޭވް ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން މި ދެ ސެޓު މެޑްވެޑޭވް ގެންދިޔައީ 6-2 އަދި 7-6 (7-5) އިންނެވެ. އެކަމަކު އޭގެ ފަހުން ކުޅުނު އަނެއް ދެ ސެޓުގައިވެސް ނަޑާލް މޮޅު ކުޅުމެއް ދެއްކިއިރު، އެ ދެ ސެޓު އޭނާ ގެންދިޔައީ 6-4 އަދި 6-4 އިންނެވެ. އަދި މެޗުގެ ފަހު ސެޓު 7-5 އިން ކާމިޔާބުކޮށް، ނަޑާލް ވަނީ މި މެޗުން މޮޅުވެފައެވެ.

މިއީ ނަޑާލް އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އޭނާ އެންމެ ފުރަތަމަ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފައިވަނީ 2009 ވަނަ އަހަރުއެވެ. އަދި މި ކާމިޔާބީއާއެކު ނަޑާލް ވަނީ ޓެނިހުގެ ތާރީޚުގައި ގްރޭންޑް ސްލޭމް ހަތަރު މުބާރާތް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ހޯދި ހަތަރު ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައެވެ.

އޮސްޓްރޭލިއަން އޯޕަންރަފައެލް ނަޑާލް

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2022

ރޮޖަރ ފެޑެރާ ކުޅުން ހުއްޓާލުމަކީ ކުޅިވަރަށް ލިބޭ ދެރައެއް- ނަދާލް

16 ސެޕްޓެމްބަރު 2022
ރޮޖަރ ފެޑެރާ ކުޅުން ހުއްޓާލުމަކީ ކުޅިވަރަށް ލިބޭ ދެރައެއް- ނަދާލް
07 ޖޫން 2022

ވިމްބަލްޑަންގައި ނަޑާލް ނުފެނިދާނެ

07 ޖޫން 2022
ވިމްބަލްޑަންގައި ނަޑާލް ނުފެނިދާނެ
06 ޖޫން 2022

ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ނަޑާލް ހޯދައިފި

06 ޖޫން 2022
ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ނަޑާލް ހޯދައިފި
23 މާރިޗު 2022

ނަޑާލް މަހެއްހާ ދުވަހަށް ކުޅުމާއި ދުރަށް!

23 މާރިޗު 2022
ނަޑާލް މަހެއްހާ ދުވަހަށް ކުޅުމާއި ދުރަށް!
11 ޖެނުއަރީ 2022

ވިސާގެ މައްސަލައިގައި ކޯޓުން ނިންމީ ޖޮކޮވިޗާ އެއްކޮޅަށް

11 ޖެނުއަރީ 2022
ވިސާގެ މައްސަލައިގައި ކޯޓުން ނިންމީ ޖޮކޮވިޗާ އެއްކޮޅަށް
06 ޖެނުއަރީ 2022

ވެކްސިން ނުޖަހާތީ ޖޮކޮވިޗަށް އޮސްޓްރޭލިއަން އޯޕަން ގެއްލިއްޖެ

06 ޖެނުއަރީ 2022
ވެކްސިން ނުޖަހާތީ ޖޮކޮވިޗަށް އޮސްޓްރޭލިއަން އޯޕަން ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް