Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް އޯޕަން

10 ވަނަ ފްރެންޗް އޯޕަން ތައްޓާއިއެކު ނަޑާލް ތާރީޙުގެ ތެރެއަށް

މި މުބާރާތް ނަޑާލް ކާމިޔާބުކުރީ އެއްވެސް މެޗަކުން އެންމެ ސެޓެއްވެސް ނުގެއްލި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 12 ޖޫން 2017 | ހޯމަ 15:19
ނަޑާލް ފްރެންޗް އޯޕަން ތައްޓާއިއެކު

ނަޑާލް ފްރެންޗް އޯޕަން ތައްޓާއިއެކު

ސްވިޒަލޭންޑްގެ ސްޓެން ވަވްރިކާ ބަލިކޮށް، ރަފައެލް ނަޑާލް 10 ވަނަ ފަހަރަށް ފްރެންޗް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފިއެވެ.

މި ކާމިޔާބީ އާއިއެކު އޭނާ ވެގެންގޮސްފައިވަނީ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާއަށެވެ. އެގޮތުން އޭނާއަކީ ޓެނިސް އޯޕަން އީރާ ތާރީހުގައިވެސް ގްރޭންޑް ސްލޭމް މުބާރާތެއް 10 ފަހަރު ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއަށެވެ.

އާދިއްތަ ދުވަހު ކުޅުނު ފައިނަލް މެޗުގެ ސެޓުތަށް ނަޑާލް ގެންގޮސްފައިވަނީ 6-2 ، 6-3 އަދި 6-1 އިންނެވެ. މި މުބާރާތް ނަޑާލް ކާމިޔާބުކޮށްފައި މިވަނީ އެއްވެސް މެޗަކުން އެންމެ ސެޓެއްވެސް ނުގެއްލިއެވެ.

މުބާރާތުގެ ފައިނަލަށް ވަވްރިކާ ދަތުރުކޮށްފައިވަނީ ސެމީގައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ އޭންޑީ މަރޭ ބަލިކުރުމަށް ފަހުގައެވެ. އަދި މިއީ 2014 ވަނަ އަހަރުގެފަހުން ނަޑާލް ކާމިބުކުރި ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތެވެ. އެ އަހަރުވެސް އޭނާ ކާމިޔާބުކޮށްފައިވަނީ ހަމަ މި މުބާރާތެވެ. ނަޑާލްގެ ކެރިއަރުގައި މިހާތަނަށް ފްރެންޗް އޯޕަން މުބާރާތުގައި އޭނާ ކުޅުނު 81 މެޗުގެ ތެރެއިން 79 މެޗް ކާމިޔާބުކޮށްފައެވެ.

ފާއިތު ދެ އަހަރެއްހާ ދުވަހު އަނިޔާގެ ސަބަބުން މާ އެދެވޭ ކުޅުމެއް ނަޑާލްއަށް ދެއްކިފައި ނުވި ނަމަވެސް ފަހަކަށް އައިސް އޭނާ އަންނަނީ އޭނާގެ އަސްލު ފެންވަރު ދައްކަމުންނެވެ. ޙާއްސަކޮށް އޭނާއަކީ ކްލޭކޯޓު މުބާރާތްތަކުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ.

އިތުރަށް ކިޔާލަން

11 ޖުލައި 2017

ވިމްބަލްޑަން އިން ކުއާޓާއަށް ނުގޮސް މިފަހަރުވެސް ނަޑާލް ކަޓައިފި

11 ޖުލައި 2017
ވިމްބަލްޑަން އިން ކުއާޓާއަށް ނުގޮސް މިފަހަރުވެސް ނަޑާލް ކަޓައިފި
16 ޖޫން 2017

ޝުގާރ ކޯން ބަލިކޮށް އޯޕަން ޓޭޕްބޯލް ބައިގެ ޗެމްޕިއަންކަން ވަންއޯވަން ހޯދައިފި

16 ޖޫން 2017
ޝުގާރ ކޯން ބަލިކޮށް އޯޕަން ޓޭޕްބޯލް ބައިގެ ޗެމްޕިއަންކަން ވަންއޯވަން ހޯދައިފި
11 ޖޫން 2017

އޯޕަން ޓޭޕްބޯލް ބައިން ޝުގާރ ކޯން އާއި ވަންއޯވަން ފައިނަލަށް

11 ޖޫން 2017
އޯޕަން ޓޭޕްބޯލް ބައިން ޝުގާރ ކޯން އާއި ވަންއޯވަން ފައިނަލަށް
16 މެއި 2017

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

16 މެއި 2017
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި
08 އެޕްރީލު 2017

ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ

08 އެޕްރީލު 2017
ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު