Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫއެސް އޯޕަން ޓެނިސް މުބާރާތް

ޖޮކޮވިޗް ބަލިކޮށް ޗެމްޕިއަންކަން މެޑްވެޑޭވަށް

13 ސެޕްޓެމްބަރު 2021 | ހޯމަ 10:29

މިއީ މެޑްވެޑޭވްގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ސެޕްޓެމްބަރު 2021 | ހޯމަ 10:29
ޑެނީލް މެޑްވެޑޭވް، ޔޫއެސް އޯޕަންގެ ތަށި ހިފައިގެން

ޑެނީލް މެޑްވެޑޭވް، ޔޫއެސް އޯޕަންގެ ތަށި ހިފައިގެން

ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ބަލިކޮށް މި ފަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ރޭންކިންގެ ދެވަނައިގައި އޮތް ރަޝިއާގެ ޑެނީލް މެޑްވެޑޭވް ހޯދައިފިއެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗު މެޑްވެޑޭވް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އޭނާ ސެޓުތައް ކާމިޔާބުކުރީ 6-4، 6-4 އަދި 6-4 އިންނެވެ.

މިއީ އުމުރުން 25 އަހަރުގެ މެޑްވެޑޭވް ކާމިޔާބުކުރި ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތެވެ. އެއާއެކު އޭނާ ވެފައިވަނީ ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރި ރަޝިއާގެ ތިންވަނަ ކުޅުންތެރިޔާއަށެވެ. މި ފަހަރުގެ ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން މެޑްވެޑޭވް ހޯދިއިރު، އޭނާ ވަނީ 2019 އަހަރުވެސް މި މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައެވެ. އެ ފަހަރު މެޑްވެޑޭވް ބަލިވީ ޓެނިސް ލެޖެންޑް ރަފައެލް ނަޑާލް އަތުންނެވެ.

މި އަހަރުގެ ޔޫއެސް އޯޕަންގެ ފައިނަލުން ބަލިވުމާއެކު އުމުރުން 34 އަހަރުގެ ޖޮކޮވިޗަށް ވަނީ ޓެނިހުގެ ބޮޑު ރިކޯޑެއް ހެދުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިފައެވެ. މި އަހަރު ޖޮކޮވިޗް ވަނީ ޔޫއެސް އޯޕަން ފިޔަވައި ގްރޭންޑް ސްލޭމުގެ އަނެއް ތިން މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ އޮސްޓްރޭލިއަން އޯޕަން އާއި، ފްރެންޗް އޯޕަން އަދި ވިމްބަލްޑަން ޓެނިސް މުބާރާތެވެ.

އެއާއެކު ޖޮކޮވިޗް ވަނީ ޓެނިހުގެ ދެ ލެޖެންޑުން ކަމަށްވާ ސްޕެއިނުގެ ރަފައެލް ނަޑާލާއި ސްވިޓްޒަލެންޑްގެ ރޮޖާ ފެޑެރާގެ ރިކޯޑާ ހަމަކޮށްފައެވެ. އެ ތިން ކުޅުންތެރިންނަށްވެސް މިހާރު ވަނީ 20 ގްރޭންޑް ސްލޭމް ތަށި ލިބިފައެވެ.

އަދި ޔޫއެސް އޯޕަނުގެ ފައިނަލުން ބަލިވުމާއެކު 52 އަހަރު ފަހުން އެއް އަހަރު ތެރޭ ގްރޭންޑް ސްލޭމްގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި ކުޅުންތެރިޔާގެ ޝަރަފު ހޯދުމުގެ ފުރުސަތުވެސް ޖޮކޮވިޗަށް ވަނީ ގެއްލިފައެވެ. މީގެ ކުރިން އެއް އަހަރު ތެރޭ ގްރޭންޑް ސްލޭމް ހުރިހާ މުބާރާތެއް ކާމިޔާބުކުރި ކުޅުންތެރިޔަކީ 1969 އަހަރުގެ ހުރިހާ ގްރެންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރި އޮސްޓްރޭލިއާގެ ރޮޑް ލާވާއެވެ.

ޔޫއެސް އޯޕަން ޓެނިސް މުބާރާތްނޯވަކް ޖޮކޮވިޗްޑެނީލް މެޑްވެޑޭވް

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2025

ސަބަލެންކާ ޔޫއެސް އޯޕަން ވިދިވިދިގެން ދެވަނަ ފަހަރަށް ހޯދައިފި

07 ސެޕްޓެމްބަރު 2025
ސަބަލެންކާ ޔޫއެސް އޯޕަން ވިދިވިދިގެން ދެވަނަ ފަހަރަށް ހޯދައިފި
12 ސެޕްޓެމްބަރު 2022

ޔޫއެސް އޯޕަން ކާމިޔާބުކޮށް ޒުވާން އަލްކަރާޒް ދުނިޔޭގެ އެއްވަނައަށް

12 ސެޕްޓެމްބަރު 2022
ޔޫއެސް އޯޕަން ކާމިޔާބުކޮށް ޒުވާން އަލްކަރާޒް ދުނިޔޭގެ އެއްވަނައަށް
11 ސެޕްޓެމްބަރު 2022

ފުރަތަމަ ފަހަރަށް ސްވިއަޓެކް ޔޫއެސް އޯޕަން ކާމިޔާބުކޮށްފި

11 ސެޕްޓެމްބަރު 2022
ފުރަތަމަ ފަހަރަށް ސްވިއަޓެކް ޔޫއެސް އޯޕަން ކާމިޔާބުކޮށްފި
11 ޖެނުއަރީ 2022

ވިސާގެ މައްސަލައިގައި ކޯޓުން ނިންމީ ޖޮކޮވިޗާ އެއްކޮޅަށް

11 ޖެނުއަރީ 2022
ވިސާގެ މައްސަލައިގައި ކޯޓުން ނިންމީ ޖޮކޮވިޗާ އެއްކޮޅަށް
06 ޖެނުއަރީ 2022

ވެކްސިން ނުޖަހާތީ ޖޮކޮވިޗަށް އޮސްޓްރޭލިއަން އޯޕަން ގެއްލިއްޖެ

06 ޖެނުއަރީ 2022
ވެކްސިން ނުޖަހާތީ ޖޮކޮވިޗަށް އޮސްޓްރޭލިއަން އޯޕަން ގެއްލިއްޖެ
12 ސެޕްޓެމްބަރު 2021

18 އަހަރުގެ އެމާ: ތާރީޚީ ރިކޯޑުތަކަކާއެކު ޗެމްޕިއަނަކަށް

12 ސެޕްޓެމްބަރު 2021
18 އަހަރުގެ އެމާ: ތާރީޚީ ރިކޯޑުތަކަކާއެކު ޗެމްޕިއަނަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް