Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މަޔާމީ އޯޕެން

މަޔާމީ އޯޕަން ޓެނިސް މުބާރާތް ފެޑެރާ ކާމިޔާބުކޮށްފި

މިހާތަނަށް 20 މެޗު 19 މެޗު މޮޅުވެފައި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 3 އެޕްރީލު 2017 | ހޯމަ 12:03
މަޔާމީ އޯޕެން ފަައިނަލު މެޗުގެ ފަހު ޕޮއިންޓް ހޯދުމަށް ފަހު ފެޑެރާ ސަޕޯޓަރުންނާއެކު އުފާކުރަނީ

މަޔާމީ އޯޕެން ފަައިނަލު މެޗުގެ ފަހު ޕޮއިންޓް ހޯދުމަށް ފަހު ފެޑެރާ ސަޕޯޓަރުންނާއެކު އުފާކުރަނީ

އަނިޔާއިން ސަލާމަތްވުމަށް ފަހު ރަނގަޅު ކުޅުނުމެއް ދައްކަމުން އަންނަ، ރޮޖަރ ފެޑެރާ އެމެރިކާގައި ކުރިއަށްދިޔަ މަޔާމީ އޯޕެން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ޓެނިހުގެ ދުނިޔޭގައި މިހާރު 6 ވަނާގައި ރޭންކުކުރެވިފައިވާ ސްވިޒިލެންޑްގެ ފެޑަރާ މިއަހަރުގެ މަޔާމީ އޯޕެން ކާމިޔާބުކުރީ ދުނިޔޭގެ ރޭންކިން 7 ވަނާގައި ސީޑް ކުރެވިފައިވާ ސްޕެއިންގެ ރަފައެލް ނަޑާލް ބަލިކުރުމަށް ފަހުއެވެ.

ފެޑަރާއަށް އަނިޔާއާ ކުރިމަތިވީ މިދިޔަ އަހަރުގެ ތެރޭގައެވެ. އަދި ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާއި ދުރުގައި އޭނާއަށް ވަނީ މަޑުކުރަން ޖެހިފައެވެ.

މަޔާމީ އޯޕެންގެ ފައިނަލުގައި ނަޑާލްގެ މައްޗަށް ފެޑެރާ ކުރި ހޯދީ 6-3 6-4 އިން ސެޓުތައް ގެންގޮސްގެންނެވެ.

މަޔާމީ އޯޕެންގެ އިތުރުން ފެޑެރާ ވަނީ މި އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިދިޔަ މަހު އޮތް އިންޑިއަން ވެލްސް މުބާރާތް ވެސް ކާމިޔާބު ކޮށްފައި ވަނީ ފެޑަރާއެވެ. އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުގައި ވެސް ފެޑެރާ ކުޅެފައިވަނީ ނަޑާލްއާ ދެކޮޅަށެވެ.

މިހިނގާ 2017 ވަނަ އަހަރުގެ ފެޑެރާގެ ޕަރފޯމަންސްއަށް ބަލާއިރު މިހާތަނަށް ކުޅުނު20 މެޗުގެ ތެރެއިން ފެޑެރާ ވަނީ 19 މެޗުން މޮޅުވެފަ އެވެ.

މަޔާމީ އޯޕަން ފައިނަލް މެޗަކީ ފެޑަރާއަށް ވަރަށް ޚާއްސަ މެޗެކެވެ. އެއީ ނަޑާލް އަތުން މިދިޔަ 13 އަހަރުގެ ތެރޭގައި ފެޑެރާ ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވި ފުރަތަމަ ފަހަރު ކަމަށްވާތީއެވެ.

ފެޑެރާ ބުނެފައިވާ ގޮތުގައި މިއަހަރަކީ ހުރިހާ ގޮތަކުން ވެސް އޭނާއަށް ވަރަށް ގިނަ ކާމިޔާބީތައް ހާސިލްކުރެވެމުންދާ އަހަރެކެވެ.

މިއީ މަޔާމީ އޯޕަން ފައިނަލަކުން ނަޑާލް ބަލިވި ފަސް ވަނަ ފަހަރެވެ. އަދި ނަޑާލާއި ފެޑެރާ އެންމެ ފުރަތަމަ ވާދަކުރީ 2004 ވަނަ އަހަރުގެ މަޔާމީ އޯޕަންގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު