Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް ދެއްވި އިންޒާރާއެކުވެސް ފިޔަވަޅެއް ނޭޅުނު...

މީގެ ކުރިން ހާލަތު ގޯސްވާހެން ހީވުމުން އެޗްއީއޯސީން މީޑިއާ މެދުވެރިކޮށް ދެމުން ދިޔަ ނަސޭހަތުގެ އަޑު ވަނީ ކެނޑިފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2022 | ބުރާސްފަތި 14:11
ކުރިއަށް އޮތް ތިން ހަފްތާގައި ކޮވިޑްގެ ހާލަތު ގޯސް ކަމުގެ އިންޒާރު ރައީސް ދެއްވި

ކުރިއަށް އޮތް ތިން ހަފްތާގައި ކޮވިޑްގެ ހާލަތު ގޯސް ކަމުގެ އިންޒާރު ރައީސް ދެއްވި

އައު ވޭރިއަންޓާއެކު ކޮވިޑް ފެތުރޭ މިންވަރު މިވަނީ އިތުރުވެފައެވެ. ނަމްބަރުތައް 200 އިން މަތީގައި މިހާރު ދަނީ ގުނަމުންނެވެ. ކޮވިޑްގެ ހާލަތު ގޯސްވެދާނެ ކަމުގެ ނިޝާންތައް ފެންނަމުން ދަނިކޮށް ރާއްޖޭގައި ކުރިއަށް އޮތް ތިން ހަފުތާއަކީ ހާލަތު އަނެއްކާވެސް ވަރަށް ބޮޑަށް ގޯސްވެދާނެ ތިން ހަފުތާ ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޮވިޑްގެ އައު ވޭރިއެންޓެއް ފެނިފައިވާތީ އެކަމުގެ ނުރައްކާ ރާއްޖެއަށް ކުރާނެއެވެ. އެހެންކަމުން ހުރިހާ ރައްޔިތުން ރައްކާތެރިވުމުގެ ގޮތުން މާސްކް އެޅުމަށާއި ސިއްހީ މާހިރުން ދެއްވާ ލަފައާއި އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮވިޑްގެ ހާލަތު ގޯސްވެދާނެ ކަމުގެ އިންޒާރު ރައީސް ދެއްވި ނަމަވެސް ހާލަތު ގޯސްވެދާނެ ކަމުގެ ބިރަށް މިހާތަނަށް އަޅާފައިވާ އެއްވެސް ފިޔަވަޅެއް ނެތެވެ. ކުރިން އަޅާފައި އޮތް ފިޔަވަޅެއްވެސް ތަންފީޒު ކުރެވޭ ތަނެއް ނުފެނެއެވެ. މާސްކު މަޖުބޫރު ކޮށްފައި އޮތް ނަމަވެސް މާސްކު އަޅަނީ މަދު ބައެކެވެ. މާލެ ސަރަހައްދުގައި މާސްކު ނާޅާ ބޭރުގައި އުޅުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. މާސްކު އަޅާ މީހުންނަށްވުރެ މާސްކު ނާޅާ މީހުންގެ އަދަދު މިހާރު ގިނަހެން ހީވެއެވެ. އެކަމާ ގުޅިގެން އަޅާ ފިޔަވަޅެއް އަދި ހޭލުންތެރިކުރުވަން ކުރާ މަސައްކަތެއްވެސް ނެތެވެ.

މީގެ ކުރިން ހާލަތު ގޯސްވާހެން ހީވުމުން އެޗްއީއޯސީން ކޮންމެ ރެއަކު މީޑިއާ މެދުވެރިކޮށް ދެމުން ދިޔަ ނަސޭހަތްތަކުގެ އަޑު ކެނޑިއްޖެއެވެ. ރަށްތައް މޮނިޓަރިންގއަށް ލަނީ ނަމެއްގައެވެ. ބޭނުން އިރަކު ބޭނުން ބަޔަކަށް އަރާ ފޭބެއެވެ. އެކަމަށް އެއްވެސް ހުރަހެއް ނެތެވެ. ލުއިތައް ދީފައި އޮންނަނީ އާބާދީގެ ބޮޑު ބައެއް ވެކްސިން ފުރިހަމަ ކޮށްފައިވާތީ ކަމަށް ބުނެއެވެ.

ރިސޯޓްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މައްޗަށް ދިޔަނަމަވެސް އެއީ ކޮން ރިސޯޓަކުން ޕޮޒިޓިވްވާ މީހެއްކަން އަދި ކޮން ވޭރިއަންޓެއްތޯ ބުނެ ނުދެވެއެވެ. ކުޑަމިނުން ދިވެއްސެއްތޯ ނުވަތަ ފަތުރުވެރިއެއްތޯވެސް އެނގޭނެ ގޮތެއް ނޯވެއެވެ. އެހެންނަމަވެސް ކޮންމެ ރެއަކު ދިހައެއް ޖެހުމުން އެޗްޕީއޭން ތަފާސްހިސާބުތަކެއް އާއްމު ކުރެއެވެ. އެއިން މާބޮޑު އެއްޗެއް ސާފެއް ނުވެއެވެ.

ސްކޫލް ބަންދާ ދިމާކޮށް އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރުމާއި ކޮވިޑްގެ ހާލަތު ގޯސްވުމަށް އޮތް ފުރުސަތެކެވެ. މިހެން މިކަންކަމަށް ފުރުސަތުދީގެން ތިއްބާ ހާލަތު ގޯސްވެ ބަލިމަޑުކަމުގައި އިތުރު ވޭންދެނިވި ހިތްދަތި ދުވަސްތަކެއް ވތުކުރަން ޖެހިދާނެއެވެ.

ކޮވިޑްގެ ނުރައްކަލުގެ އިންޒާރު ދިންނަމަވެސް މީގެ ކުރިން އެޅި ހަރުކަށި ފިޔަވަޅުތައް އަޅާތަނެއް ނުފެނެއެވެ. ކުރިއަށް އޮތް ތިން ހަފުތާއަކީ ކޮވިޑްގެ އައު ވޭރިއަންޓާއެކު ނުރައްކާތެރި ތިން ހަފުތާކަމަށް ވިދާޅުވެ ރައީސް ދެއްވި އިންޒާރާއެކުވެސް ތަފާތެއް ނުފެނެއެވެ. މިހެން މިކަން އޮތް އިރު ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ފާއިތުވި ދުވަސްތަކުގެ ނަންބަރު ހުރީ 200 އިން މަތީގައެވެ. އެހެން ކަމުން ކުރިއަށް އޮތް ތިން ހަފުތާއަކީ ހާލަތު އަނެއްކާ ވެސް ވަރަށް ބޮޑަށް ގޯސްވެދާނެ ތިން ހަފުތާ ކަމަށް ސިއްހީ މާހިރުން އެ ވިދާޅުވާ ވާހަކައަށް އިތުރު ބާރެއް ލިބެއެވެ.

ރާއްޖެއިން "އޮމިކްރޯން" ގެ ކޭސްތައް ފެންނަ މިންވަރު އިތުރުވީ ބާއެވެ. އެ ވައިރަހާއެކު ބާރު ސްޕީޑްގައި ބަލި ފެތުރެނީ ހެއްޔެވެ. އެއިން ކަމެއް ކަމާ ބެހޭ ފަރާތްތަކުން ސާފުކޮށް ނުދެއެވެ. އެކަށީގެންވާ ފިޔަވަޅު ނާޅާ ތިބެ ބަލި ޖެހުމުގެ ފުރުސަތު ދީގެން ތިބެންވީ ހެއްޔެވެ.

ކުރީންވެސް ހާލަތު ގޯސްވެ މަސް ދުވަސްތެރޭ ތިރީސް ހާހުން, ސާޅީސް ހާހުން މީހުންނަށް ބަލި ޖެހި 100 ވުރެ ގިނަ މީހުން މަރުވީ ކޮވިޑްގެ ފިޔަވަޅުތަކަކީ ޖޯކެއްގެ ގޮތުގައި އާންމުންނަށް ސިފަވާ މިންވަރަށް ކަންކަން ގެންދިއުމުންނެވެ. ކަން އޮތްގޮތް ސާފުކޮށް ރައްޔިތުންނަށް އަންގައިދޭން އެބަ ޖެހެއެވެ.

ކޮވިޑް-19ކޮވިޑް-19 ވެކްސިންއޮމިކްރޯން ވޭރިއަންޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު