Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއާމިރު ޚާން

ނާކާމިޔާބީއަކީ އަހަރެންގެ ކާމިޔާބު: އާމިރު ޚާން

އާމިރު މިހާރު ދަނީ "ތަގްސް އޮފް ހިންދުސްތާން" ގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 31 މެއި 2017 | ބުދަ 10:31
އާމިރު ޚާން

އާމިރު ޚާން

ކެރިއަރުގެ ފުރަތަމަ ކޮޅުގައި ލިބުނު ނާކާމިޔާބީތަކަކީ މިހާރު ލިބެމުންދާ ކާމިޔާބީގެ އަސްލު ކަމަށް ބޮލީވުޑްގެ ތަރި އާމިރު ޚާން ބުނެފިއެވެ.

މިހާރު އުމުރުން 52 އަހަރުގެ އާމިރު ޚާން ބުނީ އޭނާގެ ކެރިއަރުގައި ހޭދަވި 27 އަހަރު ދުވަހުގެތެރޭ ކުރީކޮޅުގައި އޭނާއަކީ މާ ކާމިޔާބު އެކްޓަރެއް ނޫން ކަމަށެވެ.

ޔޫރަޕްގެ ގައުމެއް ކަމަށްވާ މޯލްޓާގައި މިހާރު ހުރި އާމިރު އިންޑިއާގ ޕީޓީއައި ނޫހަށް ދިން ފޯނު އިންޓަވިއުއެއްގައި ބުނީ އޭނާއަކީ ނާކާމިޔާބީއާ ކުރިމަތިލާފައިވާ މީހެއް ކަމަށާއި އޭނާ ހިތްވަރު ލިބިގަތީ ކެރިއަރުގައި ލިބުނު ނާކާމިޔާބީން ކަމަށެވެ.. އަދި އޭނާގެ ކެރިއާގެ ކުރިމަގު ބިނާ ކުރީ އެ ނާކާމިޔާބީގެ މައްޗަށް ބިނާކޮށް ކަމަށް އާމިރު ބުންޏެވެ.

އާމިރު މިހާރު ހުރީ ޔޫރަޕްގެ މޯލްޓާގައެވެ. އެއީ މިއަންނަ ޖޫންމަހުގެ 5 ވަނަ ދުވަހު ޝޫޓިން ފަށާ އޭނާގެ އެންމެ ފަހުގެ ފިލްމު "ތަގްސް އޮފް ހިންދުސްތާން" ގެ އެންމެ ފަހުގެ ތައްޔާރީތައް ވުމަށެވެ. ޚަބަރުތައް ބުނާގޮތުގައި "ތަގްސް އޮފް ހިންދުސްތާން" ގެ ބޮޑުބައެއް މޯލްޓާގައި ޝޫޓް ކުރާނެއެވެ. އާމިރު ބުނީ އަމީތާބާ އެކު ފުރަތަމަ ފަހަރަށް ފިލްމަކުން އެކްޓު ކުރުމަށް ލިބުމުން ވަރަށް އުފާވެފައި ހުރިކަމަށާއި އަމީތާބަކީ އޭނާގެ ވަރަށްބޮޑު ފޭނެއް ކަމަށެވެ. "ތަގްސް އޮފް ހިންދުސްތާނުގައި" އަމީތާބުގެ އިތުރުން "ޑަންގަލް" އިން ފެނިގެން ދިޔަ ފާތިމާ ސަނާ ޝައިޚް ވެސް ފެނިގެންދެއެވެ. އަދި ކެޓްރީނާ ކައިފް ވެސް ފެނިގެންދާނެއެވެ.

އާމިރުޚާންގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ލަގާން"، "ތާރޭ ޒަމީން ޕަރް"، "ގަޖިނީ"،"ތްރީ އިޑިއަޓްސް"، "ޕީކޭ"، "ފަނާ" އަދި "ޑަންގަލް" ހިމެނެއެވެ. މީގެ އިތުރުން ވެސް އޭނާ ވަނީ ކާމިޔާބު ގިނަ ފިލްމްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި
28 ފެބުރުއަރީ 2017

އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!

28 ފެބުރުއަރީ 2017
އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!
25 ފެބުރުއަރީ 2017

"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ

25 ފެބުރުއަރީ 2017
"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ
24 ފެބުރުއަރީ 2017

"ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

24 ފެބުރުއަރީ 2017
 "ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ
22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު