Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ކޮވިޑްގެ ހާލަތު

އެކްޓިވް ކޭހުގެ އަދަދު 2702ގައި، ފާއިތުވި 24 ގަޑިއިރު 228 މީހުން ޕޮޒިޓިވްވި

ރިސޯޓްތަކުން 97 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ޖެނުއަރީ 2022 | އަންގާރަ 18:19
ކޮވިޑްއަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން

ކޮވިޑްއަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން

ފާއިތުވި 24 ގަޑިއިރު ރާއްޖެއިން 228 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު, މާލެ ސަރަހައްދުން ވަނީ 66 މީހުން ޕޮޒިޓިވްވެފައެވެ. އަތޮޅުތަކުން 60 މީހުން ޕޮޒިޓިވްވިއިރު ހިނގަމުންދާ ރިސޯޓްތަކުން 97 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ލިވް އެބޯރޑްތަކުން 5 މީހުން ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 96،522ށް އަރާފައެވެ. 93،544 މީހުން ބަލިން ފަސޭހަވެފައިވާއިރު މިވަގުތު 2702 ކޭހެއް އެކްޓިވް ކޭހުގެ ގޮތުގައި އަންނަނީ ގުނަމުންނެވެ. 12 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.

Advertisement - newsAdvertisement

މިހާތަނަށް 263 މީހުން ވަނީ މިބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި މިފަހަކުން ވަނީ ކޮވިޑްގެ ހާލަތު ގޯސްވާން ފަށާފައެވެ. އެގޮތުން ފާއިތުވި ހަފުތާގެ ތެރޭގައި ކޭސްތައް ފެންނަމުންދިޔަ މިންވަރު ވަނީ އިތުރުވާން ފަށާފައެވެ. ޑިސެމްބަރ މަހުގެ 28 ވަނަ ދުވަހު ރާއްޖެއިން 190 މީހުން ކޮވިޑަށް ޕޮޒިޓިވްވިއިރު ޑިސެމްބަރ މަހުގެ 29 ވަނަ ދުވަހު އެއަދަދު ހުރީ 198 ގައެވެ. ޑިސެމްބަރ 30ގައި 120 މީހުން ކޮވިޑަށް ޕޮޒިޓިވްވިއިރު ޑިސެމްބަރ 31ގައި 160 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު 191 މީހުން ކޮވިޑަށް ޕޮޒިޓިވްވިއިރު ޖެނުއަރީ 2 ވަނަ ދުވަހު 161 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ޖެނުއަރީ 3 ވަނަ ދުވަހު 242 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު