Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑްގެ ހާލަތު ގޯސްވުމުގެ ފުރުސަތު

ކުރިއަށް މިއޮތް ތިން ހަފުތާއަކީ ވަރަށް ބޮޑަށް ކޮވިޑް ފެތުރިގެންދިޔުމުގެ ފުރުސަތު އޮތް ތިން ހަފުތާ: ރައީސް

ރައީސް ވިދާޅުވީ މިކަމާއި ގުޅިގެން ސިއްހީ މާހިރުންނާއެކު ބައްދަލުވުމެއް ބޭއްވެވިކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2022 | އަންގާރަ 15:24
ލަންދޫ ބަނދަރު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ

ލަންދޫ ބަނދަރު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ

ސިއްހީ މާހިރުން ލަފާދެއްވާ ގޮތުގައި، ކުރިއަށް މިއޮތް ތިން ހަފްތާއަކީ، އަނެއްކާވެސް ރާއްޖޭގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރިގެންދިޔުމުގެ ފުރުސަތު އޮތް ތިން ހަފްތާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ނ. ލަންދޫ ބަނދަރު ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑްގެ އައު ވޭރިއަންޓެއް މިހާރު ދުނިޔޭގައި ފެތުރެމުން އަންނައިރު ރާއްޖެއިންވެސް އެ ވޭރިއަންޓް ފެނިފައިވާކަމަށެވެ. ހަލުވިކަމާއެކު އެވޭރިއަންޓް ފެތުރެމުންދާކަމަށާއި އަނެއްކާވެސް އިންޒާރެއް ލިބެމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިކަމާގުޅިގެން ސިއްހީ މާހިރުންނާއެކު ބައްދަލުވުމެއް ބޭއްވެވިކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ މަސައްކަތްކުރައްވަނީ ވީވަރަކުން އެކިއެކި ވިޔަފާރިތައް ބަންދުނުކޮށް، އާންމު ހާލަތަކައިގެން މިކަމުގައި ކުރިއަށް ދެވޭތޯކަމުގައެވެ. މިކަން ކުރިއަށް ގެންދެވޭނީ، ކުރިއެކޭވެސް އެއްގޮތަށް ސިއްހީ މާހިރުން ދެއްވާ ލަފަޔާ އެކީގައި އެގޮތަށް އަމަލުކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް މިއޮތް ދެތިން ހަފުތާގައި އަނެއްކާވެސް ވަރަށް ބޮޑަށް އެކަމަށް ސަމާލުވެ، ހުރިހާ ރައްޔިތުން އެކުގައި މިކަމައިގެން ކުރިއަށް ދިޔުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.

ރައީސް ވިދާޅުވީ ސިއްހީ މާހިރުން އެދިވަޑައިގަތީ ކުރިއެކޭވެސް އެއްގޮތަށް މިކަމަށް ސަމާލުވެތިބުމަށް ކަމަށެވެ. ކުރަންޖެހޭ ވަރަށް ކުދިކުދި ކަންތައްތައް ހުރިއިރު އެ ކަންތައްތައް ކޮށްދިނުމަށް ސިއްހީ މާހިރުން އެދިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. ޢާންމު ތަންތާނގައި އުޅޭއިރު ހުރިހާ އެންމެން މާސްކް އަޅައިގެން އުޅުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރާއްޖޭގައި މިފަހަކުން ވަނީ ކޮވިޑްގެ ހާލަތު ގޯސްވާން ފަށާފައެވެ. އެގޮތުން ފާއިތުވި ހަފުތާގެ ތެރޭގައި ކޭސްތައް ފެންނަމުންދިޔަ މިންވަރު ވަނީ އިތުރުވާން ފަށާފައެވެ. ޑިސެމްބަރ މަހުގެ 28 ވަނަ ދުވަހު ރާއްޖެއިން 190 މީހުން ކޮވިޑަށް ޕޮޒިޓިވްވިއިރު ޑިސެމްބަރ މަހުގެ 29 ވަނަ ދުވަހު އެއަދަދު ހުރީ 198 ގައެވެ. ޑިސެމްބަރ 30ގައި 120 މީހުން ކޮވިޑަށް ޕޮޒިޓިވްވިއިރު ޑިސެމްބަރ 31ގައި 160 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު 191 މީހުން ކޮވިޑަށް ޕޮޒިޓިވްވިއިރު ޖެނުއަރީ 2 ވަނަ ދުވަހު 161 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ޖެނުއަރީ 3 ވަނަ ދުވަހު 242 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން މިހާތަނަށް އޮމިކްރޯން ވޭރިއަންޓްގެ ހަތަރު ކޭސް ފެނިފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެއެންމެންނަކީވެސް ރާއްޖެއަށް އައި ފަތުރުވެރިން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއީ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ. އެދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިކަމާ ގުޅިގެން ރިސްކް އެސެސްމެންޓްތައް މިހާރު ހަދަމުން އަންނަކަން ފާހަގަކުރައްވައި އަފްޒަލް ވިދާޅުވީ އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތަކާމެދު މިހާރު މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.

ކޮވިޑް-19ރައީސް ސޯލިހު

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު