Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނ ލަންދޫ ބަނދަރު ހުޅުވުން

މި ސަރުކާރަކީ ރައްޔިތުންގެ އަޑު ކަނުލައި އަހައި ކަންކަން ކޮށްދޭ ސަރުކާރެއް- މިނިސްޓަރ އަސްލަމް

ލަންދޫ ބަނދަރު މަޝްރޫއުގެ އަގަކީ 32.4 މިލިއަން ރުފިޔާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2022 | އަންގާރަ 10:39
ނ ލަންދޫ ބަނދަރު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރ އަސްލަމް ވާހަކަ ދައްކަވަނީ

ނ ލަންދޫ ބަނދަރު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރ އަސްލަމް ވާހަކަ ދައްކަވަނީ

މި ސަރުކާރަކީ ރައްޔިތުންގެ އެދުންތައް ރަނގަޅަށް ސާފުވުމުން، އެކަމަށް ކަނުލައި އަޑުއަހާ ސަރުކާރެއް ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ނ ލަންދޫ ބަނދަރު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރ އަސްލަމް ވިދާޅުވީ، ރާއްޖޭގައި އުމްރާނީ ތަރައްގީގެ މަސައްކަތްތައް ގިނަ ރަށްތަކެއްގައި ނުހަނު ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ. އަދި އެކަންކަން ކުރުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާވެސް ހޯއްދަވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިއަދުގެ ސަރުކާރަކީ ރައްޔިތުންގެ އެދުންތައް ރަނގަޅަށް ސާފުވުމުން، އެކަމަށް ކަނުލާ އަޑުއަހާ ސަރުކާރެއް ކަމަށެވެ. އެގޮތުން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާނީ ވެސް އެގޮތުގެ މަތިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ އެއް މިސާލެއްގެ ގޮތުން ނ ލަންދޫ ބަނދަރުގެ މަޝްރޫއަށް މިނިސްޓަރ އަލިއަޅުވާލެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ބަނދަރުގެ މަޝްރޫތަކާއެކު ގުދުރަތީ ބައެއް މައްސަލަތައްވެސް ފެންމަތިވާ ކަމަށާއި، އެކަންކަންވެސް ހައްލު ކުރުމަށް ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއި އިރުޝާދާއެކު މަސައްކަތް ކުރައްވާ ކަމަށެވެ. ނަމަވެސް މިހާރު މަޝްރޫއުތައް ހިންގާއިރު ތިމާވެއްޓަށް ސަމާލުކަން ބަހައްޓައިގެން މަޝްރޫއުތައް ބައްޓަން ކުރަމުން ގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ބަނދަރުތައް ގިނަ ދުވަސްތަކެއް ވަންދެން ހުންނާނެކަމަށް އުއްމީދު ކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

ލަންދޫއަކީ ބިންބޮޑު، ބިމުގެ ޖާގަ އޮތް ރަށެއްކަން ފާހަގަ ކުރައްވައި މިނިސްޓަރ އިތުރަށް ވިދާޅުވީ، ޕަބްލިކް ފެރީ ނިޒާމުގެ މަސައްކަތްވެސް އަންނަ އަހަރު ނިމުމަކާއި ގާތްވާނެ ކަމަށެވެ. އެއާއެކު ރަށުގައި ކުރެވިދާނެ އިގްތިސާދީ މަސައްކަތްތަކަށްވެސް ފުންކޮށް ވިސްނައި، އެކަމަށް މަސައްކަތްތައް ފެށިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި އުމްރާނީ ތަރައްްގީ ސަރުކާރަކުން ގެނެސްދިނުމުން، ކުރިއަރައި ދިއުމުގެ ވިސްނުން ރައްޔިތުންގެވެސް ހުރުން މުހިއްމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނ ލަންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ރައީސް ސާލިހުގެ ތަރައްގީގެ މަޝްރޫއުތައް ރައްޔިތުން ބަލައިގަންނަ މަންޒަރު ފެންނަމުންދާ ކަމަށެވެ. އެގޮތުން ވަގުތެއް ނެތް ކަމަށާއި، ރައީސްގެ ވައުދުފުޅުތައް ފުއްދެވުމަށް ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ގިނަ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ފާއިތުވި 2 އަހަރުގެ ތެރޭގައި ނ އަތޮޅުގައިވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އާޒިމް ވަނީ ރައީސްގެ ވައުދުފުޅުތަކާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންގޮސް ނިންމަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މަޝްރޫއުތައް ނިންމުމުގައި ހައުސިން މިނިސްޓަރ ވެދެއްވާ އެއްބާރުލެއްވުންވެސް އާޒިމްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

ލަންދޫ ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ސާލިޙެވެ. ނ ލަންދޫ ބަނދަރުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަގަކީ 32.4 މިލިއަން ރުފިޔާއެވެ. މި މަޝްރޫއުގެ ދަށުން، 227 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 1690 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، މޫރިންގް ރިންގ ސަޕްލައިކޮށް ހަރުކުރުމާއި ރޭމްޕެއް ހެދުމުގެ މަސައްކަތް ކޮށްފައިވެއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން ބޮޑު ހިލަ ބޭނުންކޮށްގެން 401 މީޓަރުގެ ބޭރު ތޮށި ހެދުމާއި، 256 މީޓަރުގެ އެއްގަމު ތޮށި ހެދުމާއި، 13 މޫރިން ބުލޮކް ލުމާއި، 13 ބަނދަރު ބައްތި ހަރުކުރުމާއި، 2 ނެރުބައްތި ހަރުކުރުމާއި، 1280 ސްކެއަރ މީޓަރު ޕޭވްމަންޓެއް ހެދުމާއި، 23000 ކިއުބިކް މީޓަރު ބަނދަރު ފުންކުރުމާއި، 2000 ކިއުބިކް މީޓަރު ނެރު ފުންކުރުމާއި، 60 މީޓަރު ރިވެޓްމަންޓް ޖެހުމާއި އަދި 65 މީޓަރު ގުރޯއިން ޖެހުން ކުރިއަށް ގެންގޮސްފައިވެއެވެ.

މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމްލަންދޫ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލަންދޫގައި ކުރިއަށްގެންދިޔަ މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފި

ލަންދޫގައި ކުރިއަށްގެންދިޔަ މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފި

11 ސެޕްޓެމްބަރު 2025
ނިސްބަތުން ތަރައްގީ ގެނެސްދިނުމުގެ ވިސްނުމެއް ނެތް - އަސްލަމް

ނިސްބަތުން ތަރައްގީ ގެނެސްދިނުމުގެ ވިސްނުމެއް ނެތް - އަސްލަމް

30 އޯގަސްޓު 2023
ޕީޕީއެމްއަށް ވެސް ފައިދާ ހުރި ގޮތަކީ ރައީސްއަށް ދެވަނަ ދައުރެއް ދިނުން: އަސްލަމް

ޕީޕީއެމްއަށް ވެސް ފައިދާ ހުރި ގޮތަކީ ރައީސްއަށް ދެވަނަ ދައުރެއް ދިނުން: އަސްލަމް

29 އޯގަސްޓު 2023
ދިވެހިން ވެއްޖެ، ރައީސަކު އިންތިޚާބުކުރަން ވޯޓެއް ލާން: އަސްލަމް

ދިވެހިން ވެއްޖެ، ރައީސަކު އިންތިޚާބުކުރަން ވޯޓެއް ލާން: އަސްލަމް

08 އޯގަސްޓު 2023
ގޯތި ލިބޭ މީހުން ކަނޑައެޅިއިރު، ދިރިއުޅުމުގެ ޙާލަތު ބަލަން ނުދިޔަ ސަބަބުތައް މިނިސްޓަރު ކިޔާދެއްވައިފި

ގޯތި ލިބޭ މީހުން ކަނޑައެޅިއިރު، ދިރިއުޅުމުގެ ޙާލަތު ބަލަން ނުދިޔަ ސަބަބުތައް މިނިސްޓަރު ކިޔާދެއްވައިފި

27 ޖޫން 2023

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު