Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑްރަގް ފައިސާއިން މަނީ ލޯންޑަރ ކުރުން

ޑްރަގް ފައިސާއިން މަނީ ލޯންޑަރ ކުރިކަމަށް ބުނެ ދައުވާ އުފުލާފައިވާ ރާމިޒާއާ ދެކޮޅަށް ގިނަ ހެކިތަކެއް

ރާމިޒާ ވަނީ ޖަަވާބުދާރީވެ ދައުވާއަށް އިންކާރު ކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2022 | އަންގާރަ 07:53
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ފިރިމީހާގެ ޑްރަގް ފައިސާ ބޭނުންކުރި ކަމަށް ބުނެ އަނބިމީހާއަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލި މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ ގދ. ތިނަދޫ ރާމިޒާ އަލީގެ މައްޗަށެވެ. އެގޮތުން ވަކި ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝައްކުކުރެވޭ ހާލަތުގައި ވެސް އަތުގައި ބަހައްޓައިފި ނަމަ ނުވަތަ އެއިން މުއާމަލާތުކޮށްފި ނަމަ އެއި މަނީ ލޯންޑަރިން ކަމަށް ބެލެއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރާމިޒާ ވަނީ ދައުވާއަށް ޖަަވާބުދާރީވެ، ދައުވާއަށް އިންކާރު ކޮށްފައެވެ. އެއާއެކު އަންގާރަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ހެކި ހުށައެޅުމަށް ތާވަލުކުރި އަޑުއެހުމެކެވެ.

މި އަޑުއެހުން ފައްޓަވަމުން ދައުލަތުން ވަނީ ދައުލަތުން ހުށައަޅާފައިވާ ދައުވާގެ އިބާރާތަށް އިތުރު ތާރީޚުތަކެއް އިތުރުކުރަން ބޭނުންވާކަން ފާހަގަކޮށް އެކަމުގެ ހުއްދައަށް އެދިފައެވެ. އެގޮތުން "14 ޖެނުއަރީ 2021 އާއި، 26 ޖެނުއަރީ 2021 ގައި ފައިސާ ނަގައި ބޭނުން ކޮށްފައިވާކަމަށް" ދައުވާއަށް އިތުރު ކޮށްދިނުމަށް ދައުލަތުން އެދެއެވެ.

އެހެންނަމަވެސް ދިފާއުން ވަނީ އެކަމަށް އިންކާރު ކޮށްފައެވެ. ދިފާއީ ވަކީލު އަލީ ޝާހު ވިދާޅުވީ، ދައުލަތުން އެދިފައިވަނީ ދައުވާ ފޯމުގެ ކުށެއް އިސްލާޙު ކުރުމަށް ނޫން ކަމަށާއި، ދައުވާއަށް އިތުރު ތަފްސީލެއް އިތުރު ކުރުމަށް ކަމަށެވެ. އެއީ މި މަރުޙަލާގައި ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ދައުލަތަށް އެ ފުރުސަތު ދިނުމަކީ ނިޒާމާ ބީރައްޓެހި ކަމެއް ކަމަށް ވަކީލު ވިދާޅުވިއެވެ. ވަކީލު ވަނީ އެކަމަށް ފާޅުގައި ދިފާއުން އިންކާރު ކުރާކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅޭގޮތުން ދެފަރާތުން ދެއްކެވި ވާހަކައަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމްވެސް ވަނީ ދައުވާގެ ސީޣާއަށް އިތުރު ތަފްސީލެއް އިތުރު ކުރުމުގެ ފުރުސަތު ނުދެވޭނެކަމަށް ވިދާޅުވެފައެވެ. އެއާއެކު ހެކި ހުށައެޅުމުގެ ބައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މައްސަލައިގައި ދައުލަތުން ވަނީ 28 ޝަފަހީ ހެއްކެއް ހުށައަޅާފައެވެ. އަދި ގިނަ ކިތާބީ ހެކިތަކެއްވެސް ހުށައަޅާފައިވެއެވެ. އެއަށްފަހު ދިފާއުން ހެކި ހުށައެޅުމުގެ ބައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެއަށްފަހު ގާޒީ ވަނީ މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ނިންމަވާފައެވެ. އަދި ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައެޅުމަށް 15 ދުވަހުގެ މުއްދަތެއް ގާޒީ ވަނީ ދެއްވާފައެވެ. އެގޮތުން 25 ޖެނުއަރީވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ހުށައެޅުންތައް ހުށައެޅުމަށް ގާޒީ ވަނީ ފުރުސަތު ދެއްވާފައެވެ. މި މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއް އޮންނާނީ އެ މުއްދަތަށް ފަހުއެވެ.

މި މައްސަލަ ގުޅެނީ 12 ޖަނަވަރީ 2021 ވަނަ ދުވަހު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާއެވެ. އެގޮތުން އެ މައްސަލައިގައި ހިމެނޭ ފަރާތްތަކެއްގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން، މަނީ ލޯންޑަރިންގެ ދައުވާވެސް އުފުލާފައިވާއިރު، އެ މައްސަލައަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާކުރުމަށް ހުށަހެޅި ފުރަތަމަ މައްސަލަކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ. އަދި އެ މައްސަލައިގައި ރާމިޒާގެ ފިރިމީހާވެސް ހިމެނެއެވެ.

އެ މައްސަލާގައި ފުލުހުން ބަލައިފާސްކުރި ތަންތަނުން ޖުމްލަ 1،542،675ރ (އެއްމިލިއަން ފަސްލައްކަ ސާޅީސް ދެހާސް ހަސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ ފެނިފައިވާކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ރާމިޒާގެ ޕަރހެއް ކަމަށްބުނާ ޕަރހަކުން ފެނިފައިވާ 61،500 ރުފިޔާއެއްވެސް ހިމެނެއެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު