Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ވެކްސިން

އިތުރު 247 މީހުން ބޫސްޓަރ ޑޯޒް ޖަހައިފި

ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 26،448ށް އަރާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 ޖެނުއަރީ 2022 | އަންގާރަ 04:02
ކޮވިޑް-19 ވެކްސިން ކާޑު

ކޮވިޑް-19 ވެކްސިން ކާޑު

ރާއްޖެއިން އިތުރު 247 މީހުން ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެންމެ ފަހުން އާންމުކޮށްފައިވަނީ އާދިއްތަ ދުވަހު ވެކްސިން ޖަހާފައިވާ މީހުންގެ ތަފާސްހިސާބެވެ. އެގޮތުން އާދިއްތަ ދުވަހު ބޫސްޓަރ ޑޯޒް ޖެހި 341 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖެހި 71 މީހުންނާއި އަތޮޅުތަކުން ބޫސްޓަރ ޑޯޒް ޖެހި 176 މީހުންނެވެ. މިއާއެކު ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 26،448ށް އަރާފައެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް 20 މީހަކު ވަނީ ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 13 މީހުންނާއި އަތޮޅުތަކުން 7 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 396،822ށް އަރާފައެވެ.

ދެވަނަ ޑޯޒް ޖަހާފައިވަނީ 72 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 54 މީހުންނާއި އަތޮޅުތަކުން 18 މީހުންނެވެ. މިއާއެކު ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 367،672ށް އަރާފައެވެ.

ސަރުކާރުން ގެންދަނީ އުމުރުން 12 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހައިދެމުންނެވެ. އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންނަށާއި، 60 އަހަރުން މަތީގެ މީހުންނަށާއި، ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ބޫސްޓަރ ޑޯޒް ޖަހައިދެމުންދެއެވެ. ނަމަވެސް މި މަހުގެ 15ން ފެށިގެން ބޫސްޓަރ ޑޯޒް ޖެހުން އާންމުންނަށް ހުޅުވާލާނެކަމަށް މީގެ ކުރިން އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މި މަސައްކަތް އަދިވެސް ނުފެށިވާއިރު، ފައިޒަރ ވެކްސިންގެ 100،620 ޑޯޒު ވަނީ ރާއްޖެއަށް ލިބިފައެވެ. މިހާރު އާންމުނަށް ބޫސްޓަރ ޑޯޒް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް އެޗްޕީއޭއިން ބުނެއެވެ. ނަމަވެސް ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖްގެ ގްލޯބަލް ސްޓޯރޭޖް ޝޯޓޭޖެއް އުޅޭތީ، ވެކްސިނާއެކު ލިބެންޖެހޭ ސިރިންޖް ޝިޕްމެންޓް ލިބުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ސިރިންޖް ލިބި، އެހެނިހެން ތައްޔާރީތައް ނިމުމުން ވެކްސިން ޖަހާނެ ދުވަހެއް އިއުލާން ކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19 ވެކްސިން

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
17 އޯގަސްޓު 2022

އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު

17 އޯގަސްޓު 2022
އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު
17 އޯގަސްޓު 2022

ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި

17 އޯގަސްޓު 2022
ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި
16 އޯގަސްޓު 2022

ޑުއަލް ވެކްސިންއެއް ހުއްދަކުރި ފުރަތަމަ ގައުމަކަށް ޔޫކޭ

16 އޯގަސްޓު 2022
ޑުއަލް ވެކްސިންއެއް ހުއްދަކުރި ފުރަތަމަ ގައުމަކަށް ޔޫކޭ
15 އޯގަސްޓު 2022

ބޫސްޓަރގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 1،054އަށް

15 އޯގަސްޓު 2022
ބޫސްޓަރގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 1،054އަށް
01 އޯގަސްޓު 2022

ފާއިތުވި ހަފުތާގައި ބޫސްޓަރ ދެވަނަ ޑޯޒު ޖެހީ 96 މީހުން

01 އޯގަސްޓު 2022
ފާއިތުވި ހަފުތާގައި ބޫސްޓަރ ދެވަނަ ޑޯޒު ޖެހީ 96 މީހުން
07 ޖުލައި 2022

އީދު ބަންދާ ގުޅިގެން ވެކްސިން ސެންޓަރުތައް ބަންދުވާނެ: އެޗްޕީއޭ

07 ޖުލައި 2022
އީދު ބަންދާ ގުޅިގެން ވެކްސިން ސެންޓަރުތައް ބަންދުވާނެ: އެޗްޕީއޭ
04 ޖޫން 2022

އެމެރިކާއިން ރާއްޖެއަށް 100،000އަށްވުރެ ގިނަ ކޮވިޑް ވެކްސިން ހަދިޔާކޮށްފި

04 ޖޫން 2022
އެމެރިކާއިން ރާއްޖެއަށް 100،000އަށްވުރެ ގިނަ ކޮވިޑް ވެކްސިން ހަދިޔާކޮށްފި
25 އެޕްރީލު 2022

ރޯދަ މަހާއި ދިމާކޮށް ވެކްސިން ޖަހަން އަންނަ މީހުންގެ އަދަދު މަދު

25 އެޕްރީލު 2022
ރޯދަ މަހާއި ދިމާކޮށް ވެކްސިން ޖަހަން އަންނަ މީހުންގެ އަދަދު މަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު