Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިނގިރޭސިވިލާތުގެ ހާލަތު

އޮމިކްރޯން ފެތުރުން ކޮންޓްރޯލްކުރަން އިތުރު ފިޔަވަޅުތަކެއް ބޭނުމެއްނުވޭ: ބޮރިސް

ކޮވިޑްގެ އެހެން ވޭރިއަންޓުތަކާއި އަޅާބަލާއިރު އޮމިކްރޯން ވޭރިއަންޓުން ކުރާ އަސަރު ކުޑަ.

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ޖެނުއަރީ 2022 | އަންގާރަ 04:54
އިނގިރޭސި ބޮޑުވަޒީރު ވެކްސިން ޖަހާ ސެންޓަރަކަށް ވަޑައިގެން

އިނގިރޭސި ބޮޑުވަޒީރު ވެކްސިން ޖަހާ ސެންޓަރަކަށް ވަޑައިގެން

އޮމިކްރޯން ވޭރިއަންޓް ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުން މިހާރު މުހިންމު ނޫންކަމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު މި މޭރުމުން ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮވިޑްގެ އެހެން ވޭރިއަންޓްތަކާއި އަޅާބަލާއިރު އޮމިކްރޯން ވޭރިއަންޓުން ކުރާ އަސަރު ކުޑަކަމަށެވެ. މިހާރު އަޅާފައިވާ ފިޔަވަޅުތައް ގާތުން ބަލަމުން ދާނެކަމަށާއި ނަމަވެސް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ވުރެ އިތުރު ފިޔަވަޅުތައް އެޅުން ކޮންމެހެން މިވަގުތަށް ބޭނު ނޫންކަމަށް ބޮރިސް ވިދާޅުވިއެވެ.

އިނގިރޭސިވިލާތަށް ކޮވިޑްގެ އައު ސަރޖެއް ކުރިމަތިވެފައިވާއިރު، ބޮރިސް ގެންދަވަނީ އިތުރު ފިޔަވަޅުތައް ނާޅުއްވާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. ޔޫކޭގެ އާބާދީގެ 80 އިންސައްތަ މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. ސްކޮޓްލެންޑް، ވޭލްސް، އަދި ނޮތަރން އަޔަރލެންޑުން ވަނީ އައު ފިޔަވަޅުތަކެއް އަޅާފައެވެ.

ބޮރިސް ވިދާޅުވީ ހޮސްޕިޓަލްތަކަށް އޮތް ބާރު ކުރިޔަށް އޮތް ހަފްތާ ތަކުގައިވެސް ބޮޑުވެގެން ދާނެކަމަށެވެ. ނަމަވެސް ކުރިއާ އަޅާބަލާއިރު ޕެންޑަމިކަށް ގައުމު އޮތީ ތައްޔާރުވެފައި ކަމަށް ބޮރިސް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގައި މިހާރު ކުރިޔަށްދާ ބޫސްޓަރ ޑޯޒް ކެމްޕެއިނަށް އަލިއަޅުވާލައްވައި ބޮރިސް ވިދާޅުވީ އިނގިރޭސިވިލާތުގައި ވެކްސިން ޖަހާފައިވަނީ ވަރަށް މަތީ ލެވެލް އަކަށް ކަމަށެވެ.

ބޮރިސް ވަނީ މިދިޔަ މަހު އިނގިތޭސިވިލާތުގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ވަރުގަދަ ކުރައްވައިފައެވެ. އެގޮތުން ޕަބްލިކް ޓްރާންސްޕޯޓް ގަޔާއި ފިހާރަތަކުގައި އުޅޭއިރު މާސްކު އެޅުމަށް ވަނީ އަންގާފައެވެ.

އާދިއްތަ ދުވަހު ސަރުކާރުން ބުނެފައިވަނީ މަތީ ގްރޭޑްތަކުގެ ކުދިން ކްރިސްމަސް ބްރޭކަށްފަހު ސްކޫލަށް ނިކުންނައިރު މާސްކު އަޅަންޖެހޭނެ ކަމަށެވެ.

ކޮވިޑް-19އިނގިރޭސިވިލާތް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު