Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކީލިއަން އެމްބާޕޭ

އެމްބާޕޭއަށް ރެއާލުން ބިޑް ކުރާނީ ހޫނު މޫސުމުގައި

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ރެއާލުން އެމްބާޕޭ ހޯދުމަށް ތިން ބިޑެއް ކޮށްފައިވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 3 ޖެނުއަރީ 2022 | ހޯމަ 13:48
ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ

ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ކީލިއަން އެމްބާޕޭއަށް ރެއާލުން ބިޑް ކުރާނީ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިދިޔަ ހޫނު މޫސުމުގައިވެސް އެމްބާޕޭ ހޯދަން ރެއާލުން ވަނީ  ތިން ބިޑެއްކޮށްފައެވެ. އެ ފަހަރު ރެއާލުން ވަނީ އެމްބާޕޭ ހޯދުމަށް 220 މިލިއަން ޕައުންޑްގެ ބިޑެއްވެސް ކޮށްފައެވެ. އެހެންނަމަވެސް ޕީއެސްޖީއިން ވަނީ އެމްބާޕޭ ވިއްކާލުމަށް ދެކޮޅު ހަދާފައެވެ. މިއީ ޕީއެސްޖީން 2018 ވަނަ އަހަރު އެމްބާޕޭގެ އެއްބަސްވުން ދާއިމީ ކުރަން މޮނާކޯއަށް ދެއްކި އަދަދާ ދާދި އެއް އަދަދެކެވެ.

ޕީއެސްޖީގެ އެއްބަސްވުމުގައި އެމްބާޕޭ ހުރީ އަންނަ ހޫނު މޫސުމުގެ ނިޔަލަށެވެ. އެހެންކަމުން އެމްބާޕޭއަށް މިހާރު އޭނާ ބޭނުން ކްލަބަކަށް ކުރީބައިގައި ސޮއި ކުރުމުގެ ފުރުސަތު އޮންނާނެއެވެ. އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން ޕީއެސްޖީއިން އަދިވެސް އަންނަނީ އެމްބާޕޭގެ ކޮންޓްރެކްޓް އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމްބާޕޭ ހޯދަން ފިނި މޫސުމުގައި ރެއާލުން މަސައްކަތްފަށަން ކުރިން ނިންމި ނަމަވެސް މިހާރު ވަނީ ހޫނު މޫސުމުގައި އެމްބާޕޭއާ ވާހަކަ ދައްކަން ނިންމާފައެވެ.

ރެއާލުން އެމްބާޕޭގެ ސޮއި ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ހޫނު މޫސުމަށް ފަސްކުރަން ނިންމާފައި މިވަނީ ދާދި ފަހުން އެމްބާޕޭ މި ސީޒަނުގައި އިތުރު ކްލަބަކަށް ސޮއި ކުރަން ނުވިސްނާ ކަމަށް ބުނެފައިވަނިކޮށެވެ.

ދާދި ފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ ބުނީ އޭނާގެ ހުރިހާ ވެސް ވިސްނުމެއް މިވަގުތު ހުރީ ޕީއެސްޖީއަށް ކާމިޔާބު ހޯދައިދިނުމަށް ކަމަށާއި، ޚާއްސަކޮށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަކީ އަމާޒެއް ކަމަށެވެ. އަދި އިތުރު ކްލަބަކަށް ބަދަލުވުމާމެދު ގޮތް ނިންމާނީ ސީޒަން ނިމުމުން ކަމަށް އެމްބާޕޭ ވަނީ ބުނެފައެވެ.

މި ސީޒަނުގައި އެމްބާޕޭ ޕީއެސްޖީގައި މަޑުކުރާއިރު، އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދުން 175 މެޗުގައި 135 ލަނޑު ޖަހާފައެވެ. އަދި ވަނީ ޕީއެސްޖީއާއެކު ފްރެންޗް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ޒުވާން އުމުރުގައި އެމްބާޕޭ ވަނީ ފްރާންސާއެކު ފީފާ ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

ޕީއެސްޖީކީލިއަން އެމްބާޕޭ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
17 ސެޕްޓެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑުން، ފަހަތުން އަރައި ރެއާލް މޮޅުވެއްޖެ

17 ސެޕްޓެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑުން، ފަހަތުން އަރައި ރެއާލް މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު