Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމުގެ މުސާރައިގެ މައްސަލަ

އެފްއޭއެމުގައި މުސާރަ ނުދޭ މުވައްޒަފަކު ނުހުންނާނެ: ޖަވާ

29 ޑިސެމްބަރު 2021 | ބުދަ 16:53

މުސާރަ ދިނުމުގައި ލަސްތަކެއް ހުރިކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވި

އަތޫފް އާތިފް
އަތޫފް އާތިފް | 29 ޑިސެމްބަރު 2021 | ބުދަ 16:53
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް (ޖަވާ)

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް (ޖަވާ)

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި މުސާރަ ނުދޭ މުވައްޒަފަކު ނުހުންނާނެ ކަމަށް އެ އިދާރާގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވެއްޖެއެވެ.

ޖަވާ މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ އޮންލައިން ނޫސް "މިހާރު" ގައި އެފްއޭއެމުގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ދެ މަސްވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނިކޮށެވެ.

ރާއްޖެ އެމްވީއަށް ޖަވާ ވިދާޅުވީ އެފްއޭއެމުގައި މުސާރަ ނުދޭ މުވައްޒަފަކު ނުހުންނާނެ ކަމަށާއި، އެހެންނަމަވެސް މުސާރަ ދިނުމުގައި ލަސްތަކެއް ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މުސާރަ ދިނުމުގައި ލަސްތަކެއް ހުރީ ކޮންކޮން ސަބަބުތަކަކާހުރެކަން އެފްއޭއެމުގެ މުވައްޒަފުންނަށް އެގޭނެ ކަމަށް ޖަވާ ވިދާޅުވިއެވެ.

ޖަވާ ވިދާޅުވީ، ނޮވެމްބަރު މަހާއި ޑިސެމްބަރު މަހުގެ މުސާރަވެސް މުވައްޒަފުންނަށް ދީފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ، މިއީ ވަކި ނޫހަކުން އެފްއޭއެމުގެ އަގު ވައްޓާލާ ހަގީގަތާއި ހިލާފު ވާހަކަތަކެއް ދެއްކުމުގެ ބޭނުމުގައި ކުރަމުންދާ ކަމެއް ކަމަށާއި، މިއީ ފުޓުބޯލަ އާއިލާއިން ވަކި ނޫހަކާ މެދު ހިތްހަމަ ނުޖެހޭ ސަބަބުކަމަށް ވެދާނެ ކަމަށެވެ.

ޖަވާގެ ފޭސްބުކް ސްޓޭޓަސްގައި ވިދާޅުވީ، ހަގީގަތާ ޚިލާފު ވާހަކަ ފެތުރުމަކީ ނޫސްވެރިކަމެއް ނޫން ކަމަށާއި، އެކަން ފުޓުބޯޅަ އާއިލާއިން ކުށްވެރިކުރާ ކަމަށެވެ.

މީގެ ކުރިން އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލްވެސް ވަނީ މިހާރު ނޫސްއިން ފުޓުބޯޅަ ކްލަބްތަކަކީ ގޭންގުތައް ކަމަށް ދޭހަވާ އިބާރާތް ބޭނުންކުރަމުން ދާތީ އެކަން ކުށްވެރި ކުރައްވާފައެވެ.

ފުޓުބޯޅަ ކުލަބުތަކުން "މިހާރު" ނޫސް ބޮއެކޮޓް ކޮށްފައިވަނިކޮށް ބައްސާމް ސޯޝަލް މީޑިއާގައި ވިދާޅުވީ ކުލަބުތަކަކީ ދިވެހި ފުޓުބޯޅައިގެ މައިބަދަ ކަމުގައެވެ. އަދި ކުލަބުތަކަށް ދިމާވާ އެކިކަހަލަ ގޮންޖެހުންތަކާއެކު ވެސް ކުރަމުންގެންދާ މަސައްކަތް ފާހަގަކުރައްވާ ކަމަށް ބައްސާމް ވިދާޅުވިއެވެ.

ދާދިފަހުން ފުޓުބޯޅަ ކުލަބުތަކުން ވަނީ "މިހާރު" ނޫސް ބައިވެރިވާ ނޫސްވެރިންގެ ބައްދަލުވުންތައް ބޮއެކޮޓް ކުރުމަށް ނިންމާފައެވެ. އަދި ފުރަތަމަ ޑިވިޝަނުގެ ބައެއް ކޯޗުން ވަނީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ކޯޗުން ދައްކާ ވާހަކަ ބަދަލުކޮށްގެން "މިހާރު" ނޫހުން ގެނަސްދެމުންދާ ކަމަށް ބުނެފައެވެ.

"ރާއްޖެ.އެމްވީ" އަށް އެނގިފައިވާ ގޮތުން ކުލަބުތަކުން މިހާރު ނޫސް ބޮއިކޮޓްކުރީ އެ ނޫހުގައި ކޮލަމް ލިޔުއްވަމުން ގެންދަވާ ހާމިދު އަބްދުލްޣަފޫރު ލިޔުއްވާ ކޮލަމާ މެދު ހިތްހަމަނުޖެހިގެންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

26 މާރިޗު 2018

100 އިންސައްތަ ނުދޭ ކުޅުންތެރިންނަށް ފުރުސަތެއް ނުދޭނަން: ސެގެޓް

26 މާރިޗު 2018
100 އިންސައްތަ ނުދޭ ކުޅުންތެރިންނަށް ފުރުސަތެއް ނުދޭނަން: ސެގެޓް
28 ނޮވެމްބަރު 2017

ނަސްލީ ތަފާތުކުރުމާއި މަނާ ބޭސް ބޭނުންކުރުމުގެ ފުރުސަތު ވާރލްޑް ކަޕުގައި ނުދޭނަން: އިންފަންޓީނޯ

28 ނޮވެމްބަރު 2017
ނަސްލީ ތަފާތުކުރުމާއި މަނާ ބޭސް ބޭނުންކުރުމުގެ ފުރުސަތު ވާރލްޑް ކަޕުގައި ނުދޭނަން: އިންފަންޓީނޯ
16 ނޮވެމްބަރު 2017

ގައުމީ ޓީމު ކުޅުންތެރިންނަށް ދޭން ބުނި ބޯނަސް ފައިސާ އަދިވެސް ނުދޭ!

16 ނޮވެމްބަރު 2017
ގައުމީ ޓީމު ކުޅުންތެރިންނަށް ދޭން ބުނި ބޯނަސް ފައިސާ އަދިވެސް ނުދޭ!
09 އޮކްޓޯބަރު 2017

ގައުމީ ޓީމުން ދެން މެސީ އަށް ފުރުސަތެއް ނުދޭނަން: ގައުމީ ކޯޗު

09 އޮކްޓޯބަރު 2017
ގައުމީ ޓީމުން ދެން މެސީ އަށް ފުރުސަތެއް ނުދޭނަން: ގައުމީ ކޯޗު
12 މެއި 2017

މުސާރަ ބޮޑުކޮށް ކޮންޓޭއަށް އާ ކޮންޓްރެކްޓެއް

12 މެއި 2017
މުސާރަ ބޮޑުކޮށް ކޮންޓޭއަށް އާ ކޮންޓްރެކްޓެއް
18 މާރިޗު 2017

މޮރީނިއޯ އަށް އަހަރެން ކަމަކު ނުދޭ: ޑިޕޭ

18 މާރިޗު 2017
މޮރީނިއޯ އަށް އަހަރެން ކަމަކު ނުދޭ: ޑިޕޭ
09 މާރިޗު 2017

މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި

09 މާރިޗު 2017
މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި
09 މާރިޗު 2017

މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ

09 މާރިޗު 2017
މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ
08 މާރިޗު 2017

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް