Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތަރައްގީގެ މަޝްރޫއުތައް

ތަރައްގީ ގެނެސްދެއްވުމުގައި، މި 5 އަހަރަށްވުރެ އިތުރަށްވެސް ރައީސް ދެމިހުންނަވާނެ: އަސްލަމް

މި ދައުރުގައި 18 ބިލިއަން ރުފިޔާގެ އުމްރާނީ ތަރައްގީގެ މަސައްކަތް ކޮށް ނިމޭނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2021 | އަންގާރަ 16:23
ކ. މާފުށީގައި އަލަށް އިތުރުކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް، ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތު

ކ. މާފުށީގައި އަލަށް އިތުރުކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް، ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތު

ރާއްޖެއަށް ބޭނުންވާ ތަރައްގީ ގެނެސްދެއްވުމުގައި, މި ދައުރަށްފަހު އިތުރު ދައުރެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރާއްޖޭގެ ވެރިކަމުގައި ހުންނަވާނެ ކަމަށް މިނިސްޓަރ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ކ. މާފުށީގައި އަލަށް އިތުރުކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް މާފުށި ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ މި ދައުރުގައި 18 ބިލިއަން ރުފިޔާގެ އުމްރާނީ ތަރައްގީގެ މަސައްކަތް ކޮށް ނިމިގެންދާނެ ކަމަށެވެ.

އެހެންނަމަވެސް 18 ބިލިއަން ރުފިޔާގެ މަސައްކަތުން ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކޮށް ނުނިމޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. ތަރައްގީވަމުންދާ ވަރަކަށް އަބަދުވެސް އިތުރު އެހެން މަޝްރޫއުތަކަށް ބޭނުންވާނެ ކަމަށާއި، އަދި ކުރިން ކޮށްފައިހުރި މަސައްކަތްތަކުގެ އަޕްގްރޭޑިންގ މަސައްކަތްތައްވެސް ކުރިއަށްގެންދަންޖެހޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރާއްޖެއަކީ ތަރައްގީ ވެފައިއޮތް ގައުމަކަށް ވަންދެން އެ މަސައްކަތްތައް ކުރަމުން ދާނެކަމަށާއި، މި މަސައްކަތުގައި ދެމިތިބެން ބޭނުންފުޅުވާކަމަށެވެ. އަދި ރާއްޖެއަކީ ތަރައްގީވެފައިއޮތް ގައުމަކާ ހިސާބަށް ގެންދިއުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެމިހުންނަވާނެކަމަށް ޔަގީންކުރައްވާކަމަށާއި، އިރާދަކުރެއްވިއްޔާ މި 5 އަހަރަށްވުރެ އިތުރަށް އެމަނިކުފާނު ރާއްޖޭގައި ވެރިކަން ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ކޮވިޑް-19ގެ ހާލަތުގައިވެސް، ސަރުކާރުން ކުރަމުންދާ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް އެއްވެސް ލަސްކަމެއް އައިސްފައިނުވާކަމަށެވެ. އެގޮތުން ކޮވިޑް-19ގެ ހާލަތުގައި 25 ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާފައިވާކަމަށާއި، 39 ބަނދަރެއްގެ މަސައްކަތް ކުރިއަށްގެންދާ ކަމަށާއި، 13 ރަށެއްގެ ބަނދަރު ކޮންޓްރެކްޓަރާ ހަވާލުކޮށް މޮބިލައިޒް ނުކުރެވި ވާކަމަށާއި، އަދި ޓެންޑަރ މަރުހަލާގައި 8 ރަށުގެ ބަނދަރު ހިމެނޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން، 4 ރަށެއްގެ ބިން ހިއްކައި ނިންމާފައިވާކަމަށާއި، 5 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާކަމަށް އަސްލަމް ވިދާޅުވިއެވެ. 4 ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާފައިވާކަމަށާއި، 11 ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މޮބިލައިޒްކޮށް، ކުރިއަށްދާކަމަށެވެ. މީގެ އިތުރުން ކޮވިޑްގެ ހާލަތުގައި ތާރު އަޅައިގެން 5 ރަށެއްގެ މަގު ހަދައި ނިންމާފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި 12 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް 64 ރަށެއްގައި ކުރިއަށްގެންދާކަމަށެވެ. އަދި 23 ރަށެއްގައި ފެނުގެ ނިޒާމު ގާއިމްކުރުމުގެ އެއްބަސްވުމުގައި ބުދަ ދުވަހު ސޮއިކުރެވިގެންދާނެ ކަމަށެވެ. 57 ރަށެއްގައި ނަރުދަމާގެ މަސައްކަތްތައް ކުރަމުންގެންދާކަމަށާއި، 16 ރަށެއްގެ ނަރުދަމާގެ އެއްބަސްވުމުގައި ބުދަ ދުވަހު ސޮއިކުރެވިގެންދާނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އަދި ބުދަ ދުވަހު ސޮއިކުރެވޭ އެއްބަސްވުންތަކާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި ކުރިއަށްއޮތް ދެ އަހަރުގެ ތެރޭގައި މި މަސައްކަތްތައް ނިންމަވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު