Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
130 ކިލޯގެ މަސްތުވާތަކެތި

130 ކިލޯގެ މަސްތުވާތަކެތި: ބަންދާ މެދު ގޮތެއް ނިންމާނީ އެންމެ ފަހުގެ ލިޔެކިޔުންތައް ލިބުމުން

ޝަރުތުތަކާއެކު ދެމީހުން ވެސް ގެއަށް ބަދަލު ކޮށްދިނުމަށް ދިފާއީ ވަކީލު އެދިވަޑައިގެންނެވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2021 | ހޯމަ 10:36
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހަތް މީހަކު ހައްޔަރުކުރުން

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހަތް މީހަކު ހައްޔަރުކުރުން

ދިވެހިންގެ ބަޔަކު ބޭރު ބަޔަކާ ގުޅިގެން ރާއްޖެއަށް އެތެެރެކުރި ކަމަށް ތުހުމަތު ކުރެވޭ 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންގެ ތެރެއިން މި މައްސަލައިގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުވާ 2 މީހުންގެ ބަންދާމެދު ގޮތެއް ނިންމާނީ އެންމެ ފަހުގެ ލިޔެކިޔުންތައް ލިބުމުން ކަމަށް ގާޒީ ނިންމަވައިފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް ތިބީ ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ހޯމަދުވަހު ކުރިއަށް ގެންދިޔައީ މި ދެމީހުންގެ ބަންދު މުރާޖަޢާ އަޑުއެހުމެކެވެ. މި މައްސަލަ ބައްލަވަނީ ގާޒީ އަހުމަދު ޝަކީލެވެ.

މި އަޑު އެހުން ފެއްޓެވުމުގެ ގޮތުން ގާޒީ ޝަކީލް ވިދާޅުވީ، އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ބަންދު މުރާޖަޢާ ފޯމު ލިބިފައި ނުވާކަމަށް ދިފާއީ ވަކީލު ވިދާޅުވި ނަމަވެސް އެ ފޯމް ދިފާއީ ވަކީލުންނާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި ދެ ވަކީލުން އުޅުއްވާއިރު އެއް ވަކީލަކަށް ލިބޭ ލިޔުން އެހެން ވަކީލުންނާ ހިއްސާ ކުރައްވަންވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. ގާޒީ ވިދާޅުވީ، ކުރީ ދުވަހު ބަންދު މުރާޖަޢާ އަޑުއެހުމުގެ ބައެއް ގެންދެވުނު ނަމަވެސް އޭގެ ފަހުން ދުވަސްތަކެއް ގޮސްފައިވާތީ އަލުން ބަންދު މުރާޖަޢާ ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމެވީ، މިދިޔަ ދުވަސްތަކުގައި ދައުވާ ލިބޭ ފަރާތުގެ ހާލަތަށް ބަދަލު އައިސްފައި ހުރެދާނެތީ ކަމަށް ގާޒީ ޝަކީލް ވިދާޅުވިއެވެ.

ދައުލަތުން ވިދާޅުވީ، ދައުވާލިބޭ އެއްވެސް މީހެއްގެ ހާލަތަށް ބަދަލު އައިސްފައި ނުވާކަމަށާއި ބޭސް ފަރުވާ ވެސް ރަނގަޅަށް ކުރިއަށްދާ ކަމަށެވެ. އެހެންކަމުން ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަ ކަމަށެވެ.

ޝަހީބު އިބްރާހިމްގެ ދިފާއީ ވަކީލް ވިދާޅުވީ، އޭނާގެ ބަލި ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދާކަމަށެވެ. މެޑިކަލް ރިޕޯޓްތައް ޝަރީއަތާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ. ކޮލެސްޓްރޯލް ވެސް މަތިކަމަށާއި، ހިތުގެ މައްސަލަ ހުރިކަމަށް މެޑިކަލް ރިޕޯޓް ތަކުން ދައްކާ ކަމަށެވެ. ޝަރުތުތަކާއެކު ގެއަށް ބަދަލު ކޮށްދިނުމަށް ދިފާއީ ވަކީލު އެދިވަޑައިގެންނެވިއެވެ.

ވާހަކަދައްކަން ދިން ފުރުސަތުގައި ޝަހީބު ބުނީ، މައިބަދައިގެ މައްސަލައިގައި ކަސްރަތު ކުރަންޖެހޭ ކަމަށް ޑޮކްޓަރު ލަފާދީފައިވާއިރު އެ ފުރުސަތު ނުލިބޭ ކަމަށެވެ. ނަފްސާނީ މައްސަލައިގައި ބޭސް ދިނުމުން ފާޑަކަށް މަސްތުވާ ކަމަށާއި، އެ ބޭސް ބޭނުން ކުރުމުން އިތުރަށް ހާލަތު ގޯސްވާކަމަށެވެ.

ބޭސް ފަރުވާއާ ބެހޭ ގޮތުން ދައުލަތުން ބުނީ ޝަހީބު އިބްރާހިމް 3 ކަމެއްގައި ޑޮކްޓަރަށް ދައްކާ ޓެސްޓް ހަދާފައިވާއިރު، ސާރޖަރީއެއް ހެދުމަށް ލަފާ ދީފައި ނުވާ ކަމަށެވެ. ފިޒިއޮތެރަޕީ ހެދުމަށް ލަފާ ދީފައިވާތީ 2 ފަހަރަކު ފިޒިއޯ ހަދާފައިވާ ކަމަށެވެ. ނާރުގެ މައްސަލައެއް ނެތް ކަމަށް ޑޮކްޓަރުގެ ލިޔުމުން އެނގެން އޮތް ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. ހިތުގެ ބައްޔަށް ޑޮކްޓަރު ޑައިގްނޯޒް ކޮށްފައި ނުވާކަމަށާއި، ނަފްސާނީ ބައްޔަށް ކޮންމެ 3 މަަހަކުން ޑޮކްޓަރަށް ދައްކައި ބޭސް ނަގާކަމަށާއި، ކައުންސިލިން ދިނުމަށް ލިސްޓްގައި ނަން ނޯޓް ކުރެވިފައިވާކަަމަށް ދައުލަތުން ފާހަގަކުރިއެވެ. ޝަހީބުގެ ލިޔުންތަކުގައި ޑޮކްޓަރު ލިޔުއްވާފައިވަނީ "މައިލްޑް ޑިޕްރެޝަން" ކަމަށް ވެސް ދައުލަތުން ފާހަގަކުރިއެވެ. ދައުލަތުން ބުނީ، 10 ޖޫންގައި ޑައިޓް ބަދަލުކުރަން އެންގުމުން 12 ޖޫން އިން ފެށިގެން ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް ޑައިޓް ބަދަލު ކުރެވިފައިވާ ކަމަށް ކަރެކްޝަނުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ޝަހީބު ބުނީ އެންމެފަހުން ކޮލެސްޓްރޯލް ޓެސްޓް ހެދީ ޑިސެމްބަރ 17 ވަނަ ދުވަހުކަމަށެވެ. އެޓެސްޓުން ކޮލެސްޓްރޯލް މަތިކަމަށާއި، އެއާ ގުޅިގެން އިތުރު ޓެސްޓްތައް ހަދާފައިވާ ކަަމަށް ޝަހީބު ބުނެފައިވެއެވެ. އެކަމާ ގުޅޭގޮތުން ދައުލަތުން ބުނީ އެ ޓެސްޓްތަކަށް ފަހު ޝަހީބަށް 3 މަސް ދުވަހުގެ ބޭސް ދީފައިވާ ކަމަށެވެ.

އަހުމަދު މޫސާގެ ވަކީލު އާދަމް ޝަމީމް ވިދާޅުވީ، ނޭވާއަށް އުނދަގޫ ކުރުމުގެ ޝަކުވާ ކޮންމެ ދުވަހަކު ވެސް އަހުމަދު މޫސާގެ ފަރާތުން ލިބޭ ކަމަށެވެ. ވާރޭ ވެހުނު ދުވަހެއްގައި ބޭރުގައި ކޮށްޓަކަށް ލާފައި ވާރޭގައި ބެހެއްޓިކަމަށް އަހުމަދު މޫސާ ބުނެފައިވާ ކަމަށް ވަކީލު ވިދާޅުވިއެވެ. ފުރާނައަށް ނުރައްކާވާ ހާލަތަށް ބަލާއިރު އަވަށް ފަރުވާ ލިބޭނެ ކަމާމެދު ޔަގީން ކަމެއް ނެތް ކަމަށް ވަކީލު ވިދާޅުވިއެވެ. އެފަދަ ކަމެއް ދިމާވެ ފުރާނަ ގެއްލިގެންދާ ހާލަތުގައި އެ ޒިންމާ ނަގާނެ ފަރާތެއް ވެސް ނުހުންނަކަމަށާއި، ޝަރުތުތަކަކާއެކުނަމަވެސް ކަނޑައެޅޭ މުއްދަތަކަށް އަހުމަދު މޫސާ ބަންދުން ދޫކޮށްލަ ދިނުމަށް އެދޭ ކަމަށެވެ. ދައުވާ ލިބޭ އަހުމާދު މޫސާ ބުނީ، ނޭވާލާން އުނދަގޫވާ ކަމަށާއި، އެކަމަށް ހައްލު ނާންނަކަމަށެވެ.

މިކަމާ ގުޅިގެން ދައުލަތުން ބުނީ، ވާރޭގައި ބެހެއްޓިކަމަށް އަހުމަދު މޫސާ ބުނި ނަމަވެސް އެކަން އެހެން ހިނގާފައި ނުވާކަމަށެވެ. އެކަން ކަރެކްޝަނުން ސާފުކޮށްދީފައިވާނެ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ދެފަރާތުގެ ވާހަކަތަކަށްފަހު ގާޒީ ޝަކީލް ވިދާޅުވީ، މި މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ ތާވަލެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން ޖެނުއަރީ 11، ޖެނުއަރީ 24، ފެބްރުއަރީ 10، އަދި ފެބްރުއަރީ 27ގައި އަޑުއެހުންތައް ތާވަލް ކޮށްފައިވާ ކަމަށެވެ.

ގާޒީ ވިދާޅުވީ، ދެމީހުންގެ ވެސް ބަލި ހާލަތު ހިއްސާ ކޮށްފައިވާތީ، ޑޮކްޓަރަށް ދެއްކި ލިޔުންތައް ޝަރިއަތަށް ހުށަހެޅިދާނެ ކަމަށެވެ. ގާޒީ ވިދާޅުވީ، އެންމެ ފަހުގެ ލިޔުންތައް ހޯދައި، ކަން ހިނގާ ގޮތް ރަނގަޅަށް ދައުލަތުން ބަލަން ޖެހޭ ކަމަށެވެ. އެ ނޫން ގޮތަކަށް ދައުވާ ލިބޭ ފާރާތުން ދައްކާ ވާހަކައާއި ދައުލަތުން ދައްކާ ވާހަކައާ ދިމާކުރާނެ ގޮތެއް ޝަރީއަތަށް ނޯންނާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އެހެންކަމުން އެންމެ ފަހުގެ ލިޔެ ކިޔުންތައް ދައުލަތާ ދިފާއުން ހިއްސާ ކުރުމަށް ގާޒީ އެދިވަޑައިގެންނެވިއެވެ. އެ ލިޔެ ކިޔުންތައް ލިބުމުން ބަންދާމެދު ގޮތެއް ނިންމުމަށް ގާޒީ ނިންމެވިއެވެ.

ޝަހީބް އިބްރާހީމާއި އަހްމަދު މޫސާގެ އިތުރުން 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައިވަނީ، ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރާއި ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިންގެ އިތުރުން، ބަންގްލަދޭޝް ދެ މީހެއް ކަމަށްވާ މުހައްމަދު ރިޔާޒާއި އިގްބާލްގެ މައްޗަށެވެ.

އެ ހަ މީހުންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ރާއްޖެ އެތެެރެކުރުމުގެ ކުށުގެ ދައުވާއަކާއި ޖަދުވަލް 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއަކާއި އަދި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެވެ. މި 3 ދައުވާ ސާބިތުވެއްޖެނަމަ އެމީހުންގެ މައްޗަށް 75 އަހަރުގެ ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު