Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފާއިޒުގެ އޯޑިއޯގެ މައްސަލަ

ފާއިޒުގެ އޯޑިއޯ ޞައްހަނޫން ކަމަށް ފޮރެންސިކް ރިޕޯޓުން ހާމަވާތީ ސަސްޕެންޝަން އުވާލައިފި

މެލޭޝިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާގެ ޑިޖިޓަލް ފޮރެންސިކް ޑިޕާޓްމަންޓުން ހެދި ފޮރެންސިކް ރިޕޯޓުން އެއީ ފާއިޒުގެ އަޑު ނޫންކަމަށް ވަނީ ބުނެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 ޑިސެމްބަރު 2021 | ހޯމަ 02:21
ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދު

ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދު

ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި ދެ މަސް ދުވަހުގެ ސަސްޕެންޝަންގައި ހުންނެވި ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ ސަސްޕެންޝަން އުވާލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)ން ނިންމައިފިއެވެ.

އެކަމާ ގުޅިގެން ޖޭއެސްސީން ބުނީ މޯލްޑިވްސް ޕޮލިސް ސަރިވެސްގެ ފަރާތުން މެލޭޝިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާގެ ޑިޖިޓަލް ފޮރެންސިކް ޑިޕާޓްމަންޓުން ހައްދާފައިވާ ފޮރެންސިކް ރިޕޯޓުގައި ލީކްވި އޯޑިއޯތަކުގައިވާ އަޑާއި ގާޒީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އަޑާ ދިމާނުވާކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން ޑިސެންބަރު 26 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި ފާއިޒުގެ ސަސްޕެންޝަން އުވާލުމަށް ނިންމާފައިވާކަމަށް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ޖޭއެސްސީން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގ ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލައިގައި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ޑިޕާރޓްމަންޓުން ހަދައި، އެ އޯޑިއޯތަކުގައިވާ އަޑުތަކުގެ ތެރެއިން އެއް އޯޑިއޯ ގާޒީ ފާއިޒުގެ އަޑާ ދިމާވާކަމަށް އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައި ފާއިޒްއާ ގުޅޭގޮތުން ތަޙުޤީޤު ކުރަމުންދާ މައްސަލައިގެ ބާވަތަށާއި، ތަޙުޤީޤަށް ހޯދިފައިވާ މަޢުލޫމާތަށް ބަލައި، ދެ މަސްދުވަހުގެ ސަސްޕެންޝަނެއް ކަނޑައަޅާފައިވަނީ ނޮވެމްބަރ މަހުގެ 05 ވަނަ ދުވަހުއެވެ. އެގޮތުން، ޤާޒީ ފާއިޒް މަސައްކަތުން ސަސްޕެންޑުކޮށްފައިވަނިކޮށް، މެލޭޝިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާގެ ޑިޖިޓަލް ފޮރެންސިކް ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ޑިޖިޓަލް ފޮރެންސިކް ކޭސް ރިޕޯޓެއް ފުލުހުން ވަނީ ޖޭއެސްސީ އާ ހިއްސާކޮށްފައި ކަމަށް ޖޭއެސްސީން ބުނެއެވެ.

އެ ރިޕޯޓުގައި މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއިން އެ އޯޑިއޯ ގައިވާ އަޑާއި ގާޒީ ފާއިޒު ރަޝާދުގެ އަޑާ ދިމާނުވާކަމަށް ބަޔާންކޮށްފައިވެއެވެ. މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއް ނޫންކަމަށާއި، އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް ގާޒީ ފާއިޒު ރަޝާދު މި މައްސަލައާ ގުޅިގެން ކޮމިޝަންގައި ވިދާޅުވެފައިވާކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.

ފަނޑިޔާރުންގެ އޯޑިއޯގެ މައްސަލައިގައި ފުލުހުންގެ ފަރާތުން އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސް ހެދުމަށްފަހު، އޭގެ ނަތީޖާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ފޮނުވާފައިވާކަން އެކޮމިޝަނުން ހާމަކޮށްފައިވަނީ ނޮވެމްބަރ މަހުގެ 2 ވަނަ ދުވަހުއެވެ. އެކަމާގުޅިގެން ޖޭއެސްސީން އޭރު ނެރުނު ބަޔާނެއްގައި ބުނީ އޯޑިއޯ އެނާލިސިސްގެ ނަތީޖާއިން އެނގޭ ގޮތުގައި ބައެއް މީޑިއާތަކުން ތުހުމަތު ރައްދުކުރި ތިން ފަނޑިޔާރުންގެ ތެރެއިން، ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޒު ޢަލީ އާދަމްއާއި ޑްރަގް ކޯޓުގެ ގާޒީ މުޙައްމަދު ސަމީރުގެ އަޑާ, އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ދިމާނުވާކަން ކަށަވަރުވާ ކަމަށެވެ. އަދި ގާޒީ ޢަލީ އާދަމްއާއި ގާޒީ މުޙައްމަދު ސަމީރުގެ މައްޗަށް އުފައްދާފައިވަނީ ދޮގު ތުހުމަތުތަކެއްކަން ފާހަގަކޮށް, އެ ދެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް ނެތްކަމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

ފޮރެންސިކް ތަހުލީލަށް ފޮނުވި ތިން އޯޑިއޯއަކީ ވެސް ޓެމްޕަރކޮށް ރެކޯޑިންގގައިވާ ވަކި ބައެއް ޑިލީޓްކޮށް ނުވަތަ ވަކިވަކި ކްލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލިސިސްއިން އެނގޭކަމަށް ޖޭއެސްސީން އޭރު ބުނެފައިވެއެވެ.

ޖޭއެސްސީން ބުނީ,ކްރިމިނަލް ކޯޓުގެ ގާޒީ ޙުސައިން ފާއިޒު ރަޝާދުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯއަކީ ވެސް ޓެމްޕަރ ކޮށްފައިވާ އޯޑިއޯއެއްކަމުގައި ވިޔަސް، އެ އޯޑިއޯގައިވާ އަޑާއި އެ ބޭފުޅާގެ އަޑާ ދިމާވާކަމަށް އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައިވާ ކަމަށެވެ.

ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯތަކެއް ކަމަށް ބުނެ، ބަޔަކު ހަދައިގެން ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކޮށް ދައުރުކުރި ޞައްޙަ ނޫން އޯޑިއޯތަކާއި، އޭގެ މައްޗަށް ބިނާކޮށް ފަނޑިޔާރުންގެ މައްޗަށް މަތިކުރި ދޮގު ތުހުމަތުތައް ޖޭއެސްސީން ވަނީ ކުށްވެރިކޮށްފައެވެ. މީގެ އިތުރުން، ކޯޓުތަކާއި ފަނޑިޔާރުންނާ ގުޅޭ ގޮތުން މީޑިއާތަކުން ޚަބަރު ގެނެސްދޭއިރު، އެ މައުލޫމާތު އާންމުކުރުމުގެ ކުރިން އެ މައުލޫމާތަކީ އިތުބާރު ކުރެވޭ މަސްދަރުން ލިބޭ މައުލޫމާތުކަން ޒިންމާދާރުކަމާއެކު ކަށަވަރުކުރުމަށް ޖޭއެސްސީން ވަނީ އޭރު ނެރުނު ބަޔާނުގައި އިލްތިމާސްކޮށްފައެވެ.

އިތުރަށް ކިޔާލަން

14 މެއި 2017

ނާދީ އާއި އޯޑިއޯންގެ މައްސަލައިގައި އާބިޓްރޭޝަނަށް ދާން އަންގައި، ބޮމްބޭ ހައިކޯޓުން ވަގުތީ އަމުރެއް ނެރެދީފި

14 މެއި 2017
ނާދީ އާއި އޯޑިއޯންގެ މައްސަލައިގައި އާބިޓްރޭޝަނަށް ދާން އަންގައި، ބޮމްބޭ ހައިކޯޓުން ވަގުތީ އަމުރެއް ނެރެދީފި
11 މެއި 2017

ރިޔާޒުގެ އަތުން އަތުލީ އައިފޯން 6 ޕްލަސްއެއް، ފޮރެންސިކް ރިޕޯޓް ހަދާ ނިމުނުއިރު އައިފޯން 6 އެސް އަކަށް!؟

11 މެއި 2017
ރިޔާޒުގެ އަތުން އަތުލީ އައިފޯން 6 ޕްލަސްއެއް، ފޮރެންސިކް ރިޕޯޓް ހަދާ ނިމުނުއިރު އައިފޯން 6 އެސް އަކަށް!؟
09 މެއި 2017

ފުލުހުންގެ ފޮރެންސިކް ޚިދުމަތް ލާމަރުކަޒީކޮށް، އަތޮޅުތަކަށް!

09 މެއި 2017
ފުލުހުންގެ ފޮރެންސިކް ޚިދުމަތް ލާމަރުކަޒީކޮށް، އަތޮޅުތަކަށް!
29 އެޕްރީލު 2017

ފޮރެންސިކް ޑިޕާޓްމެންޓް އިސް އޮފިސަރަކު ބަދަލުކޮށްފި

29 އެޕްރީލު 2017
ފޮރެންސިކް ޑިޕާޓްމެންޓް އިސް އޮފިސަރަކު ބަދަލުކޮށްފި
19 އެޕްރީލު 2017

ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ

19 އެޕްރީލު 2017
ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު