Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނާދީ-އޯޑިއޯން

ނާދީ އާއި އޯޑިއޯންގެ މައްސަލައިގައި އާބިޓްރޭޝަނަށް ދާން އަންގައި، ބޮމްބޭ ހައިކޯޓުން ވަގުތީ އަމުރެއް ނެރެދީފި

4 ކަމެއް ހުއްޓުވުމަށް ވަގުތީ އަމުރު ނެރުނު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 14 މެއި 2017 | އާދީއްތަ 18:43
ނާދީ ސަރަޙައްދުގައި ހަދާ އިމާރާތް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ނާދީ ސަރަޙައްދުގައި ހަދާ އިމާރާތް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ލަގްޒަރީ ހައުސިން ޔުނިޓް އެޅުމަށް އިންޑިއާގެ އޭޕެކްސް ރިއަލްޓީ ކުންފުންޏާއި ހަވާލުކޮށްފައިވާ ނާދީ އާއި އޯޑިއޯން ބިން އަތުލައި، އެ އެއްބަސްވުން އުވާލުމަށް ދިވެހި ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން، އޭޕެކްސް ރިއަލްޓީން ބޮމްބޭ ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރެއް ނެރެ، މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް އޭޕެކްސް ކުންފުންޏަށް އަންގައިފިއެވެ.

މި މަހުގެ 4 ވަނަ ދުވަހު، ބޮމްބޭގެ ހައިކޯޓުގެ ގާޒީ ޖީ އެސް ޕަޓޭލް ނެރުއްވާފައިވާ އަމުރުގައިވަނީ، މަސައްކަތުގެ މި މަރުހަލާގައި އެގްރިމެންޓް ބާތިލްކުރުމަށް ނިންމުމަކީ ކުރެވިދާނެ ކަމެއްކަން ޤަބޫލުކުރަން ދަތިވާ ކަމަށެވެ.

Advertisement - newsAdvertisement

އަމުރުގައި ބުނެފައިވަނީ، މި ނިންމުމުގެ ސައްހަކަމާއި، ކޮންޓްރެކްޓާއި، ހަމަހަމަކަމުގެ ނިޒާމުން ބަލާއިރު، މިއީ ޤާނޫނީގޮތުން ކިހާ ބުރަދަނެއް ހުރި ނިންމުމެއްތޯ ކަނޑައަޅާނީ މަސައްކަތުގެ ކޮންޓްރެކްޓްގައި ބުނާ ޑިސްޕިއުޓް ރެޒޮލިއުޝަންގެ މަރުހަލާގައި ކަމަށެވެ. ނަމަވެސް މިފަދަ މަރުހަލާއަކާއި ހަމައަށް ދެވެންދެން މައްސަލައިގައި ފިޔަވަޅުތަކެއް ނާޅައިފިނަމަ، އޭޕެކްސް ކުންފުންޏަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ވެދާނެކަމަށް ޤާބޫލުކުރެވޭތީ، އޭޕެކްސް ކުންފުނިން އެދުނު 4 ކަމަކަށް ރިއާޔަތްކޮށް، ފިޔަވަޅުތަކެއް އެޅުމަށް ކޯޓުން ވަނީ ނިންމާފައެވެ.

އޭޕެކްސްއިން މި މައްސަލައިގައި ހޯދުމަށް އެދިފައިވާ 4 ވަގުތީ ހައްލު:

  • އެގްރިމެންޓް ބާތިލްކުރުމަށް ނިންމާފައިވާ ނިންމުމާއި ގުޅިގެން، އޯޑިއޯން އާއި ނާދީގެ މަސައްކަތް ދިވެހި ސަރުކާރުން، ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް އިތުރު ފަރާތަކާއި ހަވާލު ކުރުން ހުއްޓުވައިދިނުން.
  • އޯޑިއޯން އާއި ނާދީ ހުރި ބިމުގައި ކުރަމުންދާ މަސައްކަތް އެއްވެސް ސިފައެއްގައި ހުއްޓުވައި، ސަރުކާރުން އެތަން އަތުލުން ހުއްޓުވައިދިނުން.
  • އޭޕެކްސްއިން ނާދީ އާއި އޯޑިއޯން ބިމުގައި ކުރަމުންދާ މަސައްކަތް ހުއްޓުވުން، ނުވަތަ ސަރުކާރުން އެ މަސައްކަތަށް އެއްވެސް ގޮތަކަށް ހުރަސްއެޅިޔަ ނުދިނުން، އަދި،
  • ނާދީ އާއި އޯޑިއޯން ބިމުގައި އަޅާ ހައުސިންގ ޔުނިޓްތަކާއި، ކޮމަރޝަލް ޔުނިޓްތައް، އަދި ލަގްޒަރީ ވިލާތައް ވިއްކުމަށް އޭޕެކްސްއިން ކުރާ މަސައްކަތަށް އެއްވެސް ގޮތަކަށް ސަރުކާރުން ހުރަސް އެޅިޔަ ނުދިނުން

މި ހައްލުތަކުގެ ތެރެއިން ފުރަތަމަ ދެ ނުކުތާއަށް މި އަހަރުގެ އޭޕްރީލް 27 ވަނަ ދުވަހު ވަގުތީ ހައްލެއް ހޯދައިދީފައިވާއިރު، ކޯޓުން ނިންމާފައިވަނީ ޝަރުތުތަކަކާއިއެކު އެދިފައިވާ 4 ނުކުތާގައިވެސް ވަގުތީ އަމުރު ނެރެދިނުމަށެވެ.

މި އަމުރުގެ މުއްދަތެއް ގާޒީ ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން އިންޑިއާގެ އާބިޓްރޭޝަން ޤާނޫނުގެ 9 ވަނަ މާއްދާގައިވާގޮތަށް، މި މައްސަލައިގައި ފުރަތަމަ ޕްރޮޓެކްޓިވް އޯޑަރ ނެރެދިން ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ރަސްމީކޮށް، މައްސަލަ އާބިޓްރޭޝަންއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެހެންކަމުން ގާޒީ ވަނީ އެންމެ ލަސްވެގެން 15 ޖޫން 2017 ގެ ކުރިން މި މައްސަލަ ރަސްމީކޮށް އާބިޓްރޭޝަނަށް ހުށަހެޅުމަށް އޭޕެކްސް ރިއަލްޓީ ކުންފުނީގެ މައްޗަށް އަމުރުކުރައްވާފައެވެ. އަދި އެގޮތަށް ހުށަހެޅޭ ހުށަހެޅުމުން، އުފެދޭ އާބިޓްރޭޝަން ޓްރައިބިއުނަލް އުފެދޭ ތާރީހުން ފެށިގެން 8 ހަފްތާގެ މުއްދަތު ހަމަވަންދެން މި އަމުރު ހިނގާނެ ކަމަށް އެ ކޯޓުން ވަނީ ނިންމާފައެވެ.

ކޯޓުން ވަނީ، މި އަމުރުގެ މުއްދަތު އިތުރުކުރުމާއި، އަމުރަށް ބަދަލުގެނައުމާއި، އަމުރު އުވާލުމުގެ ބާރު އާބިޓްރޭޝަން ޓްރައިބިއުނަލަށް ދީފައެވެ. އަމުރުގެ މުއްދަތު އިތުރުކުރުމަށް އާބިޓްރޭޝަން ޓްރައިބިއުނަލުން ނުނިންމައިފިނަމަ، ބުނެވިދިޔަ 8 ހަފްތާ ހަމަވުމުން، ކޯޓުގެ އިތުރު ބަހެއް ނެތި، މި އަމުރު އަމިއްލަ ޒާތުގައި ނިމުމަކަށް އަންނާނެ ކަމަށްވެސް އަމުރުގައިވަނީ ބުނެފައެވެ.

މި އަމުރުން އެނގޭ ގޮތުގައި މި މައްސަލައިގައި ދިވެހި ސަރުކާރު ތަމްސީލު ކުރައްވަނީ އިންޑިއާގެ ލެކްސްއާބިޓްރައި ގެ ބާނީ، މަދުރް ބާޔާއެވެ.

ނާދީ އާއި އޯޑިއޯން އިމާރާތުގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ފްލެޓް އަޅަން ދިން މުއްދަތު ފާއިތުވުމާއި ގުޅިގެން، އޭގެ ފަހުން ދިން ނޯޓިސްގެ މުއްދަތު ހަމަވި އިރު ވެސް މަސައްކަތް ފަށާފައި ނުވާ ކަމަށް ބުނެއެވެ. އެއްބަސްވުން ބާތިލްކުރިކަން ހާމަކުރެއްވީ ނިމިގެންދިޔަ އޭޕްރިލް މަހުގެ 199 ވީ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުން އޭޕެކްސް ރިއަލްޓީއަށް ގިނަ ލުއިތަކެއް ދިން ކަމަށާއި، ނަމަވެސް ލުއިތަކާއެކު ވެސް އެފަރާތުން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އެކަމުގެ ސަބަބުން ސަރުކާރަށާއި އެ ކުންފުންޏަށްވެސް ގެއްލުމެއް ލިބުމުގެ ފުރުސަތު ދޭން ބޭނުންނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެއްބަސްވުން ބާތިލްކޮށް، މިހާރު އެކަން އެ ކުންފުންޏަށްވެސް އަންގާފައިވާ ކަމަށެވެ. އަދި އެ ކުންފުންޏަށް ފެލްޓް އެޅުމުގެ ފުރުސަތު ދެން ނުލިބޭނެ ކަމަށާއި ކުރަންޖެހޭ މަޝްވަރާތައް ކޮށް، ސެޓްލްމެންޓް އެގްރީމެންޓެއް ހަދާނެ ކަމަށެވެ.

އޭޕެކްސް ރިއަލްޓީ ކުންފުންޏަކީ، އިންޑިއާގެ ޓާޓާ ހައުސިންގ ޑިވެލޮޕްމެންޓް ކޮމްޕެނީގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެކުންފުނި ރާއްޖޭގައި މަސައްކަތް ކުރަނީ، އެ ކުންފުނީގެ ޕާޓްނަރު، ރާއްޖޭގެ ހޮޓެލްސް އެންޑް ރިސޯޓްސް ކޮމްޕެނީ (އެޗްއާރުސީ)އާ ގުޅިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު