Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާޒުގެ ޝަރީއަތް

ރިޔާޒުގެ އަތުން އަތުލީ އައިފޯން 6 ޕްލަސްއެއް، ފޮރެންސިކް ރިޕޯޓް ހަދާ ނިމުނުއިރު އައިފޯން 6 އެސް އަކަށް!؟

އިތުރު ފުރުސަތުގެ ފޯމް އަދި ހުށަނާޅާ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 11 މެއި 2017 | ބުރާސްފަތި 18:20
ކިނބިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ރިޔާޒު

ކިނބިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ރިޔާޒު

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ރިޔާޒިގެ ފޯނުގެ ފޮރެންސިކް ރިޕޯޓާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިއްޖެ އެވެ.

ފުލުހުންގެ ފޮރެންސިކް ރިޕޯޓާ މެދު ސުވާލު އުފެދުނީ، ކޯޓް އަމުރެއްގެ ދަށުން ރިޔާޒުގެ އަތުން އަތުލި ފޯނާއި ފޮރެންސިކް ރިޕޯޓުގައި ބުނެފައިވާ ފޯނުގެ މޮޑެލް ދިމާނުވުމުންނެވެ. ކޯޓް އަމުރެއްގެ ދަށުން ރިޔާޒުގެ އަތުން ފުލުހުން އަތުލީ އައިފޯން 6 ޕްލަސްއެކެވެ. ނަމަވެސް ފުލުހުންގެ ފޮރެންސިކް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރިޔާޒުގެ އަތުން އަތުލީ އައިފޯން 6 އެސް މޮޑެލްގެ ފޯނެކެވެ.

ރިޔާޒުގެ ޝަރީއަތުގައި ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ގާނޫނީ ވަކީލުން ވަނީ އެ ނުކުތާ ފާހަގަކުރައްވާފަ އެވެ. ރިޔާޒުގެ ވަކީލު ހިސާން ހުސެއިން ވިދާޅުވީ އެ ފޮރެންސިކް ރިޕޯޓުގައި ފުށުއެރުންތަކެއް ހުރިއިރު އެ ރިޕޯޓް ޝަރީއަތަށް ބަލައިގަނެގެން ނުވާނެ ކަމަށެވެ.

ރިޔާޒުގެ މައްޗަށް ހިންގާ ޝަރީއަތުގައި ބުރާސްފަތި ދުވަހު އަޑުއެހުމެއް ބޭއްވީ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކާއި ދައުވާއިން ދިފާއުވުމަށް ރިޔާޒުގެ ފަރާތުން ހުށަހެޅި ކިތާބީ ހެކިތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށެވެ.

ރިޔާޒުގެ ފޯނު ބެލުމުގެ ދަށަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ ކޯޓުގެ އަމުރުގައި ބުނެފައި އޮތީ ރިޔާޒުގެ ފޯނުން ކޮށްފައިވާ އެންމެހާ މުއާމަލާތްތައް ބެލުމަށާއި ފުލުހުން ބޭނުންވާ އެންމެހާ މައުލޫމާތަކާއި ތަކެތި ދިނުމަށް ކަމަށެވެ. އެހެންކަމުން އަމުރުގައި ބުނެފައިވާ "އެންމެހާ މައުލޫމާތުގެ" ތެރޭގައި ފޯނުގެ ލޮކްކޯޑް ވެސް ހިމެނޭ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. ވަކީލު ވިދާޅުވީ ފޯނުގެ ލޮކް ކޯޑް ނުޖަހައި ފޯނުގައި ހުރި މައުލޫމާތު ނުނެގޭނެ ކަމަށާއި އަމުރުގެ ދަށުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ލޮކްކޯޑް ދީ ފޯނު ހުޅުވުން ކަމަށެވެ.

ރިޔާޒުގެ ވަކީލު ވިދާޅުވީ "އެންމެހާ މައުލޫމާތުގެ" ތެރޭގައި ފޯނުގެ ލޮކްކޯޑް ނުހިމެނޭ ކަމަށާއި ލޮކްކޯޑް ދޭންޖެހޭ ނަމަ އަމުރުގައި ސާފުކޮށް އެ އިބާރާތް އޮންނާނެ ކަމަށެވެ. އަދި ކުރިން ނެރެފައިވާ ބައެއް އަމުރުތަކުގައި އެގޮތަށް ބަޔާންކޮށްފައިވާ ކަމަށާއި، ފޯނަކީ ޒާތީ މައުލޫމާތު ހިމެނޭ އެއްޗަކަށްވާއިރު ޒާތީ ދިރިއުޅުމަކީ ގާނޫނު އަސާސީގެ ދަށުން ރައްކާތެރިކުރެވިފައިވާ އެއްޗެއް ކަމަށް ރިޔާޒުގެ ފަރާތުން ފާހަގަކުރާ ނުކުތާ ތަކުރާރު ކުރެއްވި އެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވަނީ އިތުރު ފުރުސަތުގެ އުސޫލުގެ ދަށުން، އިތުރު ފުރުސަތެއްދީ ދައުވާ އަނބުރާ ގެންގޮސްދިނުމަށް އެދި ބުރާސްފަތި ދުވަހު ފޯމް ހުށަހަޅަން މަސައްކަތް ކުރި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އެއިރު އެކަމަށް އެދޭ ގަޑި ޖެހިފައިވާ ކަމަށާއި އެހެންކަމުން ވީ އެންމެ އަވަހަކަށް އެ ފޯމް ހުށަހަޅާނެ ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ.

އިތުރު ފުރުސަތު ދިނުމާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ގޮތެއް ކަނޑައަޅަން ދެން އަޑުއެހުންތައް މެދުކަނޑާލަ ދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އިތުރު ފުރުސަތަކަށް އެދުނު ނަމަވެސް ޝަރީއަތްތައް މެދުކަނޑާލުމަށް ޝަރީއަތުން ނުނިންމާނެ ކަމަށާއި، އިތުރު ފުރުސަތު ދީފި ހާލާތެއްގައި ދައުލަތުން އެކަން ކޯޓުގައި ފާހަގަކުރާނެ ކަމަށެވެ.

މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި އޮންނާނީ ޚުލާސާ ބަޔާން ހުށަހެޅުމެވެ. އެ އަޑުއެހުމަށްފަހު އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށް ބެލެވެ އެވެ.

ކިނބިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ރިޔާޒުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ ރިޔާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:39 ހާއިރު ކޯޓް އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނުގައި ހުރި މައުލޫމާތުތައް ބެލުމަށް ފޯނުގެ ލޮކް ކޯޑް ދިނުމަށް އެދުމުން ލޮކް ކޯޑް ދިނުމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާތީ، ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަބްދުﷲ ރިޔާޒުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރާ ކަމަށް ތުހުމަތުކޮށްފި

އަބްދުﷲ ރިޔާޒުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރާ ކަމަށް ތުހުމަތުކޮށްފި

03 އެޕްރީލު 2017
ވިލާ ކުންފުނީގެ އަތުން ތ. އެލާ އަތުލި މައްސަލަ ސުޕްރީމް ކޯޓަށް!

ވިލާ ކުންފުނީގެ އަތުން ތ. އެލާ އަތުލި މައްސަލަ ސުޕްރީމް ކޯޓަށް!

23 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ޑޮމެސްޓިކް ފްލައިޓަކުން ދަތުރުކުރި އަންހެނެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

ޑޮމެސްޓިކް ފްލައިޓަކުން ދަތުރުކުރި އަންހެނެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

21 މާރިޗު 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު