Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެއްބައިވަންތަކަމުގެ ދުވަސް

ބައިބައިވުމުން ދުރުވެ ތިބުމަށް، އެމްޑީޕީއާއި އެމްޑީޕީގެ ވާދަވެރިންނަށް ނަޝީދު ގޮވާލައްވައިފި

26 ޑިސެމްބަރު 2021 | އާދީއްތަ 15:51

އެމްޑީޕީއާއި އެމްޑީޕީގެ ވާދަވެރިންވެސް، ބައިބައިވުމާއި ނަފުރަތު އުފެދޭ ކަންކަމާ ދުރުވެ، ސުލްހަވެރި ސިޔާސީ ހަރަކާތުގައި ދެމިތިބުމަށް ގޮވާލެއްވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 ޑިސެމްބަރު 2021 | އާދީއްތަ 15:51
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ބައިބައިވުމާއި ނަފުރަތު އުފެދޭކަންކަމުން ދުރުވެ ތިބުމަށް، އެމްޑީޕީއަށާއި އެޕާޓީގެ ވާދަވެރިންނަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރާއްޖޭގައި ފާހަގަކުރަމުންދާ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2004 ވަނަ އަހަރުގެ ސުނާމީގެ ބިރުވެރި ހާދިސާއަށްފަހު ރާއްޖޭގައި މިދުވަސް ފާހަގަކުރަންފެށީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައިކަމަށެވެ. އެމްޑީޕީއާއި އެމްޑީޕީގެ ވާދަވެރިންވެސް، ބައިބައިވުމާއި ނަފުރަތު އުފެދޭ ކަންކަމާއި ދުރުވެ ސުލްހަވެރި ސިޔާސީ ހަރަކާތުގައި ދެމިތިބުމަށް ގޮވާލައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައި ނަޝީދު މިމޭރުމުން ޓްވީޓްކުރެއްވިއިރު، އެމްޑީޕީގެ އެތެރޭގައި ނަޝީދަށް ތާއީދުކުރާ މީހުންނާއި ރައީސް ސާލިހަށް ތާއީދުކުރާ މީހުންގެ ދެމެދު ފެކްޝަން އުފެދި އެކަން ވަރަށް ބޮޑަށް ފެންނަ ހިސާބަށްވެސް ކަންކަން ގޮސްފައިވެއެވެ. ވަކިން ޚާއްސަކޮށް ނަޝީދު ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުންފުޅުވުމާއި ރައީސް ނަޝީދަށް އަމާޒުކޮށް، ދިން ބޮމުގެ ހަމަލާގައި ޕާޓީގެ ތެރޭގައި ދެ ފެކްޝަންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރެވެމުން ދިޔަތަން ފެނުނެވެ. ސޯޝަލް މީޑިޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުންވެސް އެކަން ވަނީ ފެނިގެންގޮސްފައެވެ. ނަމަވެސް އޭގެފަހުން މިހާރު މަސްރަހުން ފެންނަމުންދަނީ ކަންކަން ހައްލުވެފައިވާކަމެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު 26 ވަނަ ދުވަސް މީގެ 17 އަހަރު ކުރިން ފެށިގެން ރާއްޖޭގައި ފާހަގަ ކުރަމުން އަންނަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ. ދުވަސް ނިސްބަތްވަނީ 26 ޑިސެންބަރު 2004ގައި ރާއްޖެއަށް ކުރިމަތިވި ގުދުރަތީ އެންމެބޮޑު ކާރިސާއަށެވެ. 2004 ވަނަ އަހަރު ހިނގައިދިޔަ ސުނާމީ ކާރިސާގައި ރާއްޖޭގެ ގިނަ ރަށްރަށަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ. 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ސުނާމީގެ އަސަރު ކޮށްފައިވާއިރު، މި ހާދިސާގައި 82 މީހަކު ނިޔާވެ، 24 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. 

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރެވެނީ ހިތާމަޔާއި ބިރުވެރިކަމުގެ އެދުވަހު އެންމެހައި ދިވެހިން ގުޅިގެން ދެއްކި އެއްބައިވަންތަކަމުން ފިލާވަޅު ލިބިގަނެ ގައުމީ ޖޯޝާއި އެއްބައިވަންތަަކަން އިތުރުކޮށް ދެމެހެއްޓުމަށް ބާރުއަޅައި ހިތްވަރު ދިނުމަށެވެ. ‫

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
04 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް