Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓްް

އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ހުއްޓުވަންޖެހޭ!

27 ޑިސެމްބަރު 2021 | ހޯމަ 07:43

ހުއްޓުވަންޖެހޭ އިދާރާތައް ކޮބައިތޯވެސް އާއްމުން ސުވާލުކުރޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 27 ޑިސެމްބަރު 2021 | ހޯމަ 07:43
އިސްލާމްދީނަށް ފުރައްސާރަކުރާ މީހުން ހުއްޓުވައި އެކަށީގެންވާ އަދަބު ދޭން ޖެހޭ

އިސްލާމްދީނަށް ފުރައްސާރަކުރާ މީހުން ހުއްޓުވައި އެކަށީގެންވާ އަދަބު ދޭން ޖެހޭ

މިފަހަކަށް އައިސް ދިވެހި މި މުޖަތަމައުގެ ތެރެއިން ފެނިގެން މިދަނީ ގަބޫލު ކުރަން ދަތި މަންޒަރެކެވެ. ނަމަވެސް ހިނގަމުން އަންނަ ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ. އެހާމެ ބޮޑު ފާފައެއްވެސް މެއެވެ.

ދައްކަން މިއުޅެނީ މުސްލިމް ގައުމެއްގެ ގޮތުގައި އޮވެ ބައެއް ދިވެހިންގެ އަމަލުތައް ހުންނަ ގޮތުގެ ވާހަކައެވެ. ބަޔަކު ކުރާ ހަޑިހުތުރު އަމަލުތަކުގެ ވާހަކައެވެ.  

މިކަންކަމުގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު އަޑުއިވިގެންދަނީ، މިފަދަ އަމަލުތައް ކުރަމުންދަނީ، ވިސްނުމުގައި އުނިކަން ހުރި ކޮންމެވެސް މީހެއް ކަމަށެވެ. ސުވާލަކީ ވިސްނުމުގައި އުނިކަން ހުންނަ މީހާއަށް ހަމައެކަނި ކުރަން އެނގޭ ކަމަކީ، މިސްކިތްތަކަށް ވަދެ ހަޑި މުޑުދާރު ކުރުންތޯއެވެ؟ 

މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު ދިވެހި އަންހެނަކު ރާއްޖެއިން ބޭރުގައި ހުރެ ތިމާ މިއީ ރަސޫލެއް ކަމަށް ދައުވާކޮށް އުޅުނެވެ. އެމީހާއަކީ، މުރުތައްދު ވެފައި ހުރި މީހެއް ކަމަށް ކަމާއި ބެހޭ އިދާރާތަކުން އޭރު ނިންމިއެވެ. އަދި އޭނާ ރާއްޖެއައުމުން ފުލުހުން ހައްޔަރުވެސް ކުރިއެވެ. އެހެން ނަމަވެސް ދެން އަޑުއިވިގެން ދިޔައީ، އެމީހާއަކީ ވިސްނުމުގައި މައްސަލަތަކެއް ހުރި މީހެއްގެ ގޮތުގައި ޑޮކްޓަރުން ނިންމި ވާހަކައެވެ. އެއާއެކު އެމީހާ މުޖްތަމައުގެ ތެރެއަށް ދޫވެގެން ދިޔައީއެވެ.

ގދ އަތޮޅު ތިނަދޫއިންވެސް އިސްލާމް ދީނަށް ހަޖޫޖަހާ ފުރައްސާރަ ކުރި މީހަކު ފުލުހުން ހިފާ ހައްޔަރު ކުރިއެވެ. އެހެން ނަމަވެސް އެމީހާވެސް މުޖްތަމައުގެ ތެރެއަށް ދޫވެގެން ދިޔައީ އެވެ.

އިހައްދުވަހު މާލޭގައި ހުންނަ އިސްލާމީ މަރުކަޒުގެ އިތުރުން، ހުކުރު މިސްކިތުގެ ތެރެއަށް މީހަކު ކުޑަކަމުދިޔައެވެ. އެމީހާވެސްވީ ސިކުނޑީގެ އައިބުކަމެއް ހުރި މީހަކަށެވެ.

އެމީހާ ބަންދުން ދޫކޮށްލުމާއެކު، ދެން އަޑު އިވުނީ ޚަތިމަށް ކުޅުޖެހި މީހެއްގެ ވާހަކައެވެ. މިއީ ކާކުތޯ ބަލާލިއިރު މިއީ ހަމަ އެއްކަލަ މިސްކިތަށް ކުޑަކަމުދިޔަ މީހާއެވެ. ޚަތިމަށް ކުޅުޖެހީ، ދިމާވި "ޓެކްނިކަލް އެރާރ" އެއްގެ ސަބަބުން ސިސްޓަމަށް މައްސަލަ ޖެހިގެން ކަމަށް އޭނާ ބުނާ ވީޑިއޯއްވެސް އާއްމު ވިއެވެ.

ދެން އިވިގެން ދިޔައީ އައްޑޫ ސިޓީ ފޭދޫގެ މިސްކިތަކަށް މީހަކު ބޮޑުކަމުދިޔަ ވާހަކައެވެ. އެމީހާ ބޮޑުކަމު ދިޔައީ، އިމާމުމީހާ ނަމާދު ކުރަން ހުންނަ ތަނަށެވެ. ފޮރުވަން އެމީހާ ވަނީ އެތަނުގައި މުސައްލަ އަޅާފައެވެ. ފުލުހުން ވާޖިބު އަދާކުރުމުގެ ގޮތުން އެމީހާ ހައްޔަރު ކުރި ނަމަވެސް ހަމަ އެދުވަހު އޭނާ ދޫކޮށްލީއެވެ. ބަންދުގައި ބަހައްޓައިފިނަމަ އެމީހާގެ ހާލަތު ގޯސް ވެދާނެ ކަމަށް ބުނެއެވެ. މިސްކިތުގެ ހުރުމަތް ކެނޑުން މައްސަލައަކަށް ނުވިއެވެ. 

މިއީ ފަހުގެ ތާރީޚުގައި ރާއްޖޭގައި ހިނގާފައިވާ ބައެއް ހާދިސާތަކެވެ. ދެން އުފެދޭ ސުވާލަކީ، މިކަންކަން ހުއްޓުވަންޖެހޭ އިދާރާތައް ކޮބައިތޯއެވެ. ނޫނީ ދީނާއި ޚިލާފު ކަންކަން ކުރާ ފަރާތްތަކަށް ގާނޫނު ހިނގާނީ ކިހިނެއްތޯއެވެ.

ހަމަ ޔަގީނުންވެސް ދައުލަތުން ޚަރަދުކޮށްގެން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބެލެހެއްޓުމަށް ތަނެއް އެބަހުއްޓެވެ. އެހެން ކަމުން އެމީހުންގެ ހިމާޔަތުގެ ދަށަށް މި މީހުން ނުގެންދެވެންވީ ކީއްވެތޯއެވެ؟

އިސްލާމް ދީނަށް ހަޖޫޖެހުމުގެ އަމަލުތައް ހިންގާ ފަރާތްތަކަށް އެކަމުގެ ހައްގު އަދަބު ލިބެން ޖެހެއެވެ. އެމީހާ އަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމުގައި ވާނަމަ އެމީހާ ދައުލަތުގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ފަރުވާން ދޭން ޖެހެއެވެ.

އިތުރަށް ކިޔާލަން

02 ޖެނުއަރީ 2019

ޖުޑީޝަރީ އިސްލާހްކުރުމުގެ ހަނގުރާމަ: މިއީ އެންމެ ރަނގަޅު ދަނޑިވަޅުތަ؟

02 ޖެނުއަރީ 2019
ޖުޑީޝަރީ އިސްލާހްކުރުމުގެ ހަނގުރާމަ: މިއީ އެންމެ ރަނގަޅު ދަނޑިވަޅުތަ؟
27 ޑިސެމްބަރު 2018

ހެލިކޮޕްޓަރުން ޖާސޫސްކުރުމުގެ ވާހަކަ:އާ ގޮތަކަށް ބާ ފަރިއްސެއް!

27 ޑިސެމްބަރު 2018
ހެލިކޮޕްޓަރުން ޖާސޫސްކުރުމުގެ ވާހަކަ:އާ ގޮތަކަށް ބާ ފަރިއްސެއް!
12 ޑިސެމްބަރު 2018

ނޫސްވެރިކަމަށް އެންމެ ބޮޑު ފުރައްސާރަކުރި، ޝަހީބަށްވެސް އެވޯޑެއް: ލަދުވެތި މަންޒަރެއް!

12 ޑިސެމްބަރު 2018
ނޫސްވެރިކަމަށް އެންމެ ބޮޑު ފުރައްސާރަކުރި، ޝަހީބަށްވެސް އެވޯޑެއް: ލަދުވެތި މަންޒަރެއް!
07 ސެޕްޓެމްބަރު 2018

ކެންޑިޑޭޓެއް އިހްތިޔާރުކުރުމުގެ ގައިޑް!

07 ސެޕްޓެމްބަރު 2018
ކެންޑިޑޭޓެއް އިހްތިޔާރުކުރުމުގެ ގައިޑް!
17 މާރިޗު 2018

އަނިޔާ ދިނީ ޓާގެޓްކޮށްގެން، އަނިޔާ ކުރުމަށްފަހު ފުރައްސާރަ ކުރި: ޠާލިބު

17 މާރިޗު 2018
އަނިޔާ ދިނީ ޓާގެޓްކޮށްގެން، އަނިޔާ ކުރުމަށްފަހު ފުރައްސާރަ ކުރި: ޠާލިބު
29 ނޮވެމްބަރު 2017

ބައިނަލްއަޤްވާމީ ފަރުތަކުގެ އަހަރާއި ރާއްޖެ ކުރިމަތިލަނީ 20 ފަރު ހަލާކުކުރުމުގެ ޕްލޭނަކާއިއެކު!

29 ނޮވެމްބަރު 2017
ބައިނަލްއަޤްވާމީ ފަރުތަކުގެ އަހަރާއި ރާއްޖެ ކުރިމަތިލަނީ 20 ފަރު ހަލާކުކުރުމުގެ ޕްލޭނަކާއިއެކު!
23 އޮކްޓޯބަރު 2017

ޑިވައިޑް އެންޑް ރޫލް: ބައިބައިކޮށްގެން ވެރިކަން ކުރުމުގެ ފަލްސަފާ!

23 އޮކްޓޯބަރު 2017
ޑިވައިޑް އެންޑް ރޫލް: ބައިބައިކޮށްގެން ވެރިކަން ކުރުމުގެ ފަލްސަފާ!
11 އޮކްޓޯބަރު 2017

ރާއްޖެ ޓީވީ ބަންދު ކުރުމުގެ ސިޔާސީ ހަތިޔާރަކަށް ބްރޯޑްކޮމް

11 އޮކްޓޯބަރު 2017
ރާއްޖެ ޓީވީ ބަންދު ކުރުމުގެ ސިޔާސީ ހަތިޔާރަކަށް ބްރޯޑްކޮމް
21 ޖޫން 2017

ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު

21 ޖޫން 2017
ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު
29 މެއި 2017

ބަންގި ގޮވާ އަޑު އިވިގެން އިސްލާމްދީނަށް ހިތްޖެހުނު އެމެރިކާ މީހެއްގެ ވާހަކަ!

29 މެއި 2017
ބަންގި ގޮވާ އަޑު އިވިގެން އިސްލާމްދީނަށް ހިތްޖެހުނު އެމެރިކާ މީހެއްގެ ވާހަކަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް