Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑިއާ ހެލިކޮޕްޓަރ

ހެލިކޮޕްޓަރުން ޖާސޫސްކުރުމުގެ ވާހަކަ:އާ ގޮތަކަށް ބާ ފަރިއްސެއް!

ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމާއި، ހިއުމަނިޓޭރިއަން އެސިސްޓެންޓް ގްރައުންޑްގައި ހެލިކޮޕްޓަރު ބޭނުންކުރަނީ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2018 | ބުރާސްފަތި 02:26
އިންޑިޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު

އިންޑިޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު

އިންޑިޔާގެ ޖީއެމްއާރް ކުންފުންޏަށް ރާއްޖޭގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީ ކުރަން 25 އަހަރަށް ދިނުމުން ބަޔަކަށް ހީވީ ފަޔަށް ހިނި އެރިހެނެވެ. ރާއްޖޭގެ އެއާޕޯޓަކީ ފައިސާ އުފެއްދޭ "މެޝިނެއް"ކަން ބަޔަކަށް ވިސްނުނީ، އަދި ފެނުނީ ޖީއެމްއާރުން ހިންގަން ފެށިފަހުންނެވެ. އެއީ މައިދޮރާށި ކަމަށާއި އެއާޕޯޓް ދޫކޮށްލުމަކީ ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލާއި މިނިވަންކަމަށް އޮތް ގެއްލުމެއް ކަމަށް ބުނެ، މުޒާހަރާކޮށް، އެންމެ ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެސް ބަދަލުކުރި އެވެ. އެއަށް ފަހު ޖީއެމްއާރު ވެސް ބޭރުކުރި އެވެ. ޖީއެމްއާރަށް ފައިސާ ދެއްކުމަށް ދައުލަތް ދަރުވާލި އެވެ.

ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާއެކު، އަނެއްކާ ވެސް ގައުމިއްޔަތޭ، ސިޔާދަތޭ، އިސްތިގުލާލޭ، މިނިވަންކަމޭ ކިޔާފައި އާ ގޮތަކަށް، އާ ރާގަކަށް ފަރިހި ކިޔަން ފަށައިފި އެވެ. މިފަހަރު ޖީއެމްއާރުގެ ވާހަކަ އަށް ނުވިޔަސް، އެ ކިޔަނީ ބާ ފަރިއްސެކެވެ. އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރުތަކުގެ ވާހަކަ އެވެ. އަޅެ ފަހެ، މީހަކު މޮޔަ ނުވިއްޔާ ރަނގަޅެވެ. ރައީސް ނަޝީދުގެ ވެރިކަން ފެބްރުއަރީ 7, 2012 ވަނަ އަހަރު ބަދަލުކުރި ފަހުން، ވޭތުވެދިޔަ ދެ ވެރިކަމުގައި ވެސް އިންޑިއާގެ ހެލިކޮޕްޓަރުތައް ހުއްޓެވެ. ބޭނުންވެސްކުރި އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ދާދި ފަހަކާ ޖެހެންދެން ބޭނުންކުރި އެވެ. އޭރު އެ ކިޔާ އިސްތިގުލާލު ނެތީ ހެއްޔެވެ؟ މިނިވަން ކަމުގެ ފަހުރުވެރި ވާހަކަތައް ނެތީހެއްޔެވެ.

ރައީސް ޔާމީންގެ ވެރިކަން ބަދަލުވިތާ މަހެއްގެ ތެރޭގައި، އެބައި މީހުންނަށް ފެނުނީ އިންޑިއާގެ ހެލިކޮޕްޓަރުން ޖާސޫސްކުރާ ތަނެވެ. އެވެރިން ބުނާ ގޮތުގައި އިންޑިޔާގެ ހެލިކޮޕްޓަރުތައް ބަލަހައްޓަން ރާއްޖޭގައި އިންޑިޔާ ސިފައިން ތިބެނީ "ސްޕައި" ކުރަން ނުވަތަ ޖާސޫސްކުރުމަށެވެ. އަދިވެސް ދިވެހިން މޮޔައިންނަށް ހަދަނީ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އަދި އޭގެ ކުރިން ވެސް މި ގައުމު ދިފާއުކޮށް ދިން ސިފައިން އެ ބުނާ ވާހަކަ އެނގޭހެއްޔެވެ. ސިފައިން ތިބީ ގައުމު ހިމާޔަތްކުރަން ހުވާކޮށްގެން ކަމަށާއި އެބުނާފަދަ ކަންތައްތަކެއް ހިނގާނަމަ އަތްއުރާލައިގެން ނުތިބޭނެ ކަމަށެވެ. އަދި ހެލިކޮޕްޓަރުތަކުން ޖާސޫސުކުރާ ވާހަކަ ދައްކަނީ ރުޅިވެރިކަން ބޮޑުކުރަން ކަމަށެވެ.

އިންޑިޔާގެ ހެލިކޮޕްޓަރު ރާއްޖޭގައި ބޭނުންކުރަން އެންމެ ފުރަތަމަ ފަށާފައިވަނީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުގައެވެ. އޭރުން ފެށިގެން 2013 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުގައިވެސް އިންޑިޔާގެ ހެލިކޮޕްޓަރު ރާއްޖޭގައި ދިޔައީ އޮޕަރޭޓް ކުރަމުންނެވެ.އިންޑިއާގެ ހެލިކޮޕްޓަރު ބޭނުންކުރުން ހުއްޓާލީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހުކޮޅުގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުގެ ގުޅުން ގޯސްވި ދުވަސްވަރުއެވެ.

ހެލިކޮޕްޓަރުގެ ފައިސާ ބޮޑު

އިންޑިޔާގެ ހެލިކޮޕްޓަރު ރާއްޖޭގައި ބޭނުންކުރަމުން އަންނަނީ މައިގަނޑު ދެ ބޭނުމަކަށެވެ. އެއީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމާއި، ހިއުމަނިޓޭރިއަން އެސިސްޓެންޓް ގްރައުންޑްގައި ހެލިކޮޕްޓަރުތައް ބޭނުންކުރުމެވެ. އެގޮތުން ބަލި ހާލު ބޮޑުވެގެން އެތައް ބަޔަކު އުފުލައި، އެ މީހުންގެ ފުރާނަ ސަލާމަތްކުރަން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. މިދިޔަ އަހަރު އެކަނި ވެސް ސާޅީހަކަށް ދަތުރު ހެލިކޮޕްޓަރުގައި ކުރި އެވެ.

އިންޑިޔާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު

ދިވެހި އަސްކަރިއްޔާއިން "ސްޕައި" ކުރަން ފުރުސަތު ދޭނެތޯ؟

ހެލިކޮޕްޓަރާއިއެކު އިންޑިޔާ ސިފައިން ރާއްޖޭގައި ތިބިކަމުގައިވިޔަސް އެއީ އެމީހުން ބޭނުން ގޮތަކަށް ބޭނުންކުރެވޭ އެއްޗެއް ނޫނެވެ. މޭޖާރ އަހްމަދު ފާތިހް ވިދާޅުވީ ހެލިކޮޕްޓަރުތައް ބޭނުންކުރަމުން ދާނީ އެމްއެންޑީއެފް އިން އިރުޝާދު ދިނުމުން، އެމްއެންޑީއެފްއިން ބޭނުންވާ ގަނޑިއެއްގައި ބޭނުންވާ ތާކަށް ކަމަށެވެ. އަދި ހެލިކޮޕްޓަރުގެ ދަތުރުތައް އަޅާއިރު، އަބަދުވެސް ދިވެހި އަސްކަރިއްޔާގެ ސިފައިން ހެލިކޮޕްޓަރުތަކުގައި ތިބޭނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ދުނިޔޭގެ އެއްވެސް ގައުމެއްގައި ބޭރުގެ ރަހްމަތްތެރިންނަށް ނުވަތަ އެހެނިހެން އާންމު ފޯސަސްގެ އެހީތެރިކަން ނެތި އެއްވެސް ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ނުބެލެހެއްޓެއެވެ. ލާ މެހިފައިވާ ދުނިޔެއެއްގައި ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް މިކަން ކުރަމުންދަނީ މި އުސޫލުންނެވެ.

އިންޑިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު

ރާއްޖޭގެ ސަލާމަތާއި ނުރައްކާތެރި ބަލަހައްޓަނީ ވަކި ބަޔަކު ގައުމުގެ ވެރިކަމުގައި ތިބެގެނެއް ނޫނެވެ. އެމްއެންޑީއެފްގެ ސިފައިން ޔުނިފޯމް އަޅައިގެން ތިބެނީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. އެ ޔުނިފޯރމް އަޅައިގެން ދިވެހި އަސްކަރިއްޔާ އޮންނަ ކޮންމެ ވަގުތެއްގައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދިވެހި އަސްކަރިއްޔާއިން ދިވެހިރައްޔިތުންނަށް ކަށަވަރުކޮށްދޭން ދޭންޖެހެއެވެ.

ބްރިގޭޑިއަރ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވީ އިންޑިޔާގެ އަސްކަރިއްޔާގެ މީހުން ރާއްޖޭގައި ތިބެނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި ކަމަށާއި، އެމީހުން ކަންތަށް މޮނީޓަރ ކުރާނެ ކަމަށާއި، ފިޔަވަޅު އަޅަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ފިޔަވަޅުވެސް އަޅާނެ ކަމަށެވެ.

"އެމީހުން އެ ތިބެނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި އެ މީހުން މަސައްކަތް ކުރަމުންދަނީ. ބުނީމައި ބުނާ ކަމެއް ކުރާނެ، އަޅުގަނޑުމެން ހުރިހާ އޮޕަރޭޝަނަލް ކޮންޓްރޯލްތަކެއް ގެންގުޅެނީ.އެފަދަ ކަމެއް ކުރާނަމަ އަޅުގަނޑުމެންނަށް އިގޭނެ. ތި ހުރިހާ ފަރާތްތަކަށް އެޝުއަރކުރަން އެފަދަ ނުރައްކަލެއް ރާއްޖެއަށް އަންނަ ކަމުގައި ވެއްޖިއްޔާމު އަޅުގަނޑުމެން މިހެން މަޑަކުން ނުތިބޭނެ. އަޅަންޖެހޭ ފިޔަވަޅުތަށް އަޅާނަން" ބްރިގޭޑިއަރ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވިއެވެ.

މިވަރުން ވެސް ނުވިސްނޭނަމަ ދެން ތިބާމެންނަށް ނުވިސްނޭނެ އެވެ. ނުވިސްނޭނަމަ ތިޔަ އުޅެނީ ގައުމިއްޔަތު މުހިންމުވެގެނެއް ނޫނެވެ. އަމިއްްލަ މަސްލަހަތުގަ އެވެ. ނުވަތަ ސިޔާސީ ބޭނުމެއްގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟

އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟

19 މެއި 2024
ސަރުކާރުން "ރަނޑުގޮތަކަށް" މީޑިއާތައް އޮބިއަޅަނީ

ސަރުކާރުން "ރަނޑުގޮތަކަށް" މީޑިއާތައް އޮބިއަޅަނީ

09 މެއި 2024
ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޒުކުރުމަކީ ބަޔަކު ބޭނުންވި ގޮތަކަށް ބޭނުންވި މިންގަނޑަކަށް ކުރަން އޮންނަ ކަމެއްތޯ؟

ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޒުކުރުމަކީ ބަޔަކު ބޭނުންވި ގޮތަކަށް ބޭނުންވި މިންގަނޑަކަށް ކުރަން އޮންނަ ކަމެއްތޯ؟

12 މާރިޗު 2024
ވަޒީރުންނަށް ރުހުންދިނުން - ކޮމިޓީ ރިޕޯޓް އޮތީ މަޖިލީހުގެ ޤަވާއިދާއި އެއްގޮތަކަށް ނޫން!

ވަޒީރުންނަށް ރުހުންދިނުން - ކޮމިޓީ ރިޕޯޓް އޮތީ މަޖިލީހުގެ ޤަވާއިދާއި އެއްގޮތަކަށް ނޫން!

18 ޑިސެމްބަރު 2023
މޫޑުފުޅު ހުރިގޮތަކަށް މަޖިލީހުގެ ހުންގާނު!

މޫޑުފުޅު ހުރިގޮތަކަށް މަޖިލީހުގެ ހުންގާނު!

18 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު