Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

ކެންޑިޑޭޓެއް އިހްތިޔާރުކުރުމުގެ ގައިޑް!

ކެންޑިޑޭޓާ ގުޅޭ މައުލޫމާތުތައް އެއް ކުރަންޖެހޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2018 | ހުކުރު 06:41
ރައީސް އަބްދުﷲ ޔާމީން އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް އަބްދުﷲ ޔާމީން އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު

ސެޕްޓެމްބަރު 23 ވަނަ ދުވަހު ރިޔާސީ އިންތިހާބު މި ވަނީ ބޯމަތިވެފައެވެ. ދިވެހިންނަށް އޮތީ ދެ ޗޮއިސްއެކެވެ. ޕީޕީއެމްގެ ފަރާތުން ރައީސް އަބްދުﷲ ޔާމީނެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. ސިޔާސީ ދާއިރާގައި ތަޖުރިބާކާރު ދެ ބޭފުޅުންނެވެ. ވެރިކަމުގައި ފަސް އަހަރުގެ ދައުރެއް އަދަކުރެއްވި ބޭފުޅަކާއި މަޖިލީހުގައި 25 އަހަރެއްހާ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅެކެވެ.

އިންތިހާބުގައި އެންމެ ރަނގަޅު ކެންޑިޑޭޓަކީ އެ ކެންޑިޑޭޓު ކަމަށް ކޮންމެ ބަޔަކު ވެސް ދަނީ ބުނަމުންނެވެ. އެކަން ސާބިތު ކޮށްދިނުމަށް ވަރަށް ގިނަ ވާހަކަތައް ވެސް ދަނީ ދައްކަމުންނެވެ. އިންތިހާބުގައި އެންމެ ރަނގަޅު ކެންޑިޑޭޓަކު ހޮވުމުގައި ކޮންމެ މީހަކު ވެސް ވިސްނަންޖެހޭ މުހިއްމު ކަންތައްތަކެއް ވެއެވެ.

އެގޮތުން ފާހަގަކޮށްލެވޭ ފަސް ކަމެއް ބަލައިލާނަމެވެ.

  1. ކެންޑިޑޭޓެއްގެ ކިބައިގައި ތިމާ ބޭނުންވާ ފަދަ ސިފަތަކެއް ހުރިތޯ ބަލާށެވެ.
  2. ކެންޑިޑޭޓާ ގުޅޭ މައުލޫމާތުތައް އެއް ކުރާށެވެ.
  3. ތަފާތު އެކި މައްސަލަތަކުގައި ކެންޑިޑޭޓްގެ ސްޓޭންޑް ބަލާށެވެ.
  4. ކެންޑިޑޭޓްގެ ލީޑަރޝިޕް ކުއަލިޓީ ހުރީ ކިހާ މިންވަރަކަށްތޯ ބަލާށެވެ.
  5. އެހެން މީހުން ކެންޑިޑޭޓާ މެދު ދެކޭ ގޮތް އޮޅުން ފިލުވާށެވެ.
  6. ކެންޑިޑޭޓްގެ މާޒީ އަށް ރިއާޔަތްކުރާށެވެ.

ކެންޑިޑޭޓެއްގެ ކަންކަން ދެނެގަތުމުގައި ދެގޮތަކަށް ބެލިދާނެއެވެ. އެއް ކަމަކީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ގެންގުޅޭނެ އުސޫލުތައް ބަލުމެވެ. އަދި ސިޔާސީ ދާއިރާގައި މީގެ ކުރިން ކޮށްފައިވާ މަސައްކަތްތަކާއި ސިޔާސީ ގޮތުން ކޮށްފައިވާ ކަން ކަމަށް ވެސް ބެލިދާނެއެވެ. ރޭހުގައި ތިއްބެވި ދެ ބޭފުޅުންނާ ގުޅުވައިގެން ދެކެވޭ ވާހަކަތަކާ މެދު ފުންކޮށް ވިސްނަންޖެހެއެވެ. ކޮރަޕްޝަނާއި މާޒީގައި ހިނގާފައިވާ ކަންކަމާ ގުޅުވައިދެކެވޭ ވާހަކަތަކާ މެދު ވިސްނާށެވެ. ނުވަތަ އެފަދަ މައްސަލައެއްގެ ތަހުގީގެއް ކުރެވިފައިވޭތޯ އާއި ތުހުމަތެއް ކުރެވޭ ނަމަ އެތުހުމަތުތަކަކީ ކޮބައިތޯ ވެސް ބެލިދާނެއެވެ. މީގެ އިތުރުން ލީޑަރޝިޕް ކުއަލިޓީތައް ހުރީ ކިހާ މިންވަރަކަށްތޯ ވެސް ބަލަންޖެހެއެވެ. ކެންޑިޑޭޓަކަށް ވޯޓުލުމުގައި މީގެ ކުރިން މީހުން ގޮވައިގެން އުޅުނު އިރުގައި ދިމާވެފައިވާ ކަންކަމާއި މީހުން ގޮވައިގެން ގައުމުގެ ކަންކަން ހައްލު ކުރުމުގައި އުޅެފައި ވަނީ ކިހާވަރަކަށްތޯ ވެސް ބަލަންޖެހެއެވެ. އަދި އެއީ މީހުންނަށް ގެންގުޅެން އެނގޭ މީހެއްތޯ މިހާތަނަށް އެކުގައި އުޅުނު މީހުންނާ މެދު ކަންކަން ކޮށްފައިވާ ގޮތާއި ޓީމް ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ ކިހިނެއްތޯ ބެލުން މުހިންމެވެ. ލީޑަރުންގެ އެންމެ ފާހަގަކޮށްލެވޭ އެއް ކޮލިޓީއަކީ ތިމާއާ ފިކުރު ތަފާތުވި ނަމަވެސް ގިނަ ބަޔަކު ގިނަ ދުވަސްތަކެއް ވަންދެން ވަފާތެރިކަމާ އެކު ކައިރީގައި ގެންގުޅުމެވެ. ތިމާ ތާއީދުކުރާ ކެންޑިޑޭޓްގެ ކިބައިގައި މިފަދަ ސިފަތައް ހުރީ ކިހާ ވަރަކަށްތޯ ވިސްނާލުން މުހިންމެވެ.

ފުރަތަމަ ކަމަކީ ގައުމަށް ތިމާ ބޭނުންވަނީ ކޮން ބަދަލެއްތޯ ދެނެގަތުމެވެ. ގައުމުގައި ހައްލުކުރަން ޖެހޭ މައްސަލަތަކަކީ ކޮބައިކަމާއި އެ މައްސަލަތައް ހައްލު ކުރުމަށް ކެންޑިޑޭޓުން ގެންގުޅޭ އެޕްރޯޗްތައް ބަލައިލަންޖެހެއެވެ. މިސާލަކަށް ގައުމުގެ އާމްދަނީ އިތުރުކުރުމަށް ދެ ކެންޑިޑޭޓުން ކުރުމަށް ނިންމާ މަސައްކަތްތަކާއި، ތައުލީމީ ދާއިރާއިން ފުރުސަތުތައް އިތުރުކޮށް ފެންވަރު ރަގަޅު ކުރުމަށް ކުރާނެ ކަންކަމާއި ސިއްހީ ދާއިރާގެ ހިދުމަތްތައް ފުޅާ ކުރުމަށް ކުރާނެ ކަންކަމާއި ދަތުރުފަތުރުގެ ނިޒާމު ރަގަޅު ކުރުމަށް ކުރާނެ ކަންކަން ބެލިދާނެއެވެ. އަދުލުވެރިކަމާ އެކު ވެރިކަން ކުރެވިދާނެތޯ އާއި ޝަރުއީ ދާއިރާ އަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގައި ގެންގުޅޭނެ ސިޔާސަތުތަކާ މެދު ވިސްނަންޖެހެއެވެ.

ވެރިއެއްގައި ހުންނަންޖެހޭނެ ލީޑަރޝިޕް ކުއަލިޓީތަކަށް ބަލާއިރު އެމީހެއްގެ ވިސްނުންތެރިކަމާ، ތެދުވެރިކަމާއި ތަފާތު ވިސްނުންތަކުގެ މީހުން ގޮވައިގެން އުޅެވޭނެ މީހެއްތޯ ބަލަންޖެހެއެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުގެ ވަނަވަރު ކޮބައިކަން ބަލަންޖެހެއެވެ. މީހަކު ދައްކާ ވާހަކައަކަށް ބަރޯސާވުމުގެ ބަދަލުގައި ނޫސް ކޮންފަރެންސްތަކާއި ދެއްވާ ސްޕީޗްތަކައި ނޫސްތަކުންނާއި އެނޫން ގޮތްގޮތަށް ވެސް ހުރި މައުލޫމާތުތައް ބަލަންޖެހެއެވެ. ކެންޑިޑޭޓަށް ސަޕޯޓުކުރާ ފަރާތްތަކުގެ ވާހަކަ އާއި ކެންޑިޑޭޓަށް ސަޕޯޓްނުކުރާ ފަރާތްތަކުން ދައްކާ ވާހަކަތައް ބަލައި އެކަންކަން އަމިއްލަ ސިކުނޑިން އަޅާކިޔާލެވިދާނެއެވެ.

މީގެ އިތުރުން ކެމްޕެއިން ހަރަކާތްތައް ވަރަށް ކައިރިން ކުރިއަށްގެންދާ ގޮތް ބަލަންޖެހެއެވެ. ބަހުސްތަކުގައި ބައިވެރިވޭތޯ އާއި ކެމްޕެއިން ހަރަކާތްތަކަކީ ހަމައެކަނި ޕްރޮމޯޓްވުމަށް ކުރިއަށްގެންދާ ހަރަކާތްތަކެއްތޯ އާއި ނުވަތަ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުން ފިލުވުމަށް ބާއްވާ ހަރަކާތްތަކެއްތޯ ބަލަންޖެހެއެވެ.

މިކަންކަން ބެލުމަށް ފަހުގައި ކެންޑިޑޭޓުންނާ މެދު އެހެން މީހުން ދެކޭ ގޮތް ބެލިދާނެއެވެ. އާއިލާ މީހުންގެ އިތުރުން ތަފާތު މުއައްސަސާތަކުގައި އެޅޭ ފަރާތްތަކާއި ސިޔާސީ ފަރާތްތަކާއި މަސްވެރިންނާއި ދަނޑުވެރިކަން ކުރާ ފަރާތްތަކުގެ ބަސް ހޯދިދާނެއެވެ.

މީގެ އިތުރުން ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންދިއުމުގައި ހަރަދު ކުރަނީ ކިހިނެތްތޯ އާއި އެ ފައިސާ ހޯދަނީ ކިހިނެއްތޯ ބެލިދާނެއެވެ.

އިންތިހާބުގައި ވޯޓުލާނެ ކެންޑިޑޭޓަކު އަމިއްލައަށް ނިންމުމުގައި ވިސްނަންޖެހޭ އިތުރު ކަމެއް ވެސް ވެއެވެ.ސިޔާސީ ފަރާތްތަކުން ރައްޔިތުން ކުރިމަށްޗަށް އައިސް ވާ ވައުދުތަކަކީ ފުއްދިދާނެ ވަރުގެ ވައުދުތެކެއްތޯ ބަލަންޖެހެއެވެ. އެކަންކަމަކީ ހަމައެކަނި ރައްޔިތުންގެ ވޯޓުހޯދުމަށް ބުނެލާ ބުނެލުމެއްތޯ ވެސް ބަލައިލަންޖެހެއެވެ.

ވަކި ފިކުރަކަށް ގޮސް ހުސްވުމުގެ ބަދަލުގައި ތިމާ އަށް ލިބޭ ވޯޓުކަރުދާހުގައިވާ ނަންތަކުގެ ތެރެއިން ތިމާ ހެޔޮ ފާހަގަ ޖަހާ ފަރާތަކީ ތިމާގެ އިހްތިޔާރުކަމުގައި ހެދުން މުހިންމެވެ. ހަމައެކަނި ވަކި މީހަކު ބުނީތީ ނުވަތަ އަމިއްލަ ޒާތީ ފައިދާއަކަށްޓަކައި ވޯޓު ނީލަމުގައި ވިއްކާލުމުގެ ބަދަލުގައި ވޯޓުން ވެރިކަމަށް އިހްތިޔާރުކުރާ ފަރާތަކީ ތިމާގެ އަމިއްލަ ޒަމީރުގައި ވެސް އެކަން ކުރެވިދާނެ ފަދަ ގާބިލް ފަރާތެއްތޯ ޔަގީންކުރުން މުހިންމެވެ. ވޯޓު ލާން ވާނީ ހަމައެކަނި ވޯޓެއް ލުމުގެ ބޭނުމުގައެއް ނޫނެވެ. ހަވާލުކުރަން ތިއުޅެނީ ތިމާގެ ކުރިއަށް އޮތް ފަސް އަހަރުގެ އިތުރުން މުސްތަގުބަލަށް ކަނޑައަޅާ ޕްލޭންތަކުގެ މޭސްތިރިޔާގެ ޒިންމާކަން ވިސްނަންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވާދަކުރަނީ ދެ ކެންޑިޑޭޓެއް، މިނެކިރާލެވެނީ ބާރާއި ތާއީދު އޮތް މިންވަރު

ވާދަކުރަނީ ދެ ކެންޑިޑޭޓެއް، މިނެކިރާލެވެނީ ބާރާއި ތާއީދު އޮތް މިންވަރު

15 ފެބުރުއަރީ 2022
އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބުކުރިޔަށް ގެންދިޔުމަށް 94 މިލިއަން ރުފިޔާ ބޭނުންވޭ، ބަޖެޓް ނުލިބި އިންތިޚާބު ނުބޭއްވޭނެ

އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބުކުރިޔަށް ގެންދިޔުމަށް 94 މިލިއަން ރުފިޔާ ބޭނުންވޭ، ބަޖެޓް ނުލިބި އިންތިޚާބު ނުބޭއްވޭނެ

03 މާރިޗު 2021
ވުޖޫދުގައި ނެތް ޕާޓީއަކުން ރިޔާސީ ކެންޑިޑޭޓެއް ނެރެވިދާނެތަ؟

ވުޖޫދުގައި ނެތް ޕާޓީއަކުން ރިޔާސީ ކެންޑިޑޭޓެއް ނެރެވިދާނެތަ؟

04 އޯގަސްޓު 2018
އެއް ކެންޑިޑޭޓެއްގެ އުންމީދު!؟

އެއް ކެންޑިޑޭޓެއްގެ އުންމީދު!؟

16 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު