Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޖުޑީޝަރީ އިސްލާހްކުރުމުގެ ހަނގުރާމަ: މިއީ އެންމެ ރަނގަޅު ދަނޑިވަޅުތަ؟

ޖުޑީޝަރީ އިސްލާހްކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެއް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 2 ޖެނުއަރީ 2019 | ބުދަ 13:50
ޖުޑީޝަރީ އިސްލާހްކުރުމަށް ގޮވާލާ ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ޖުޑީޝަރީ އިސްލާހްކުރުމަށް ގޮވާލާ ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ޖުޑީޝަރީ އިސްލާހްކުރުމުގެ ވާހަކައަކީ، އިއްޔެއަކު މިއަދަކު ދެކެވުނު ވާހަކައެއް ނޫނެވެ. 2008 ވަނަ އަހަރު ރައްޔިތުންގެ ފުރިހަމަ، އަޤުލަބިއްޔަތަކުން އިންތިހާބުކުރި، ފުރަތަމަ އިންތިހާބީ ވެރިކަން ބަދަލުވުމުގެ އަސްލަކީ ވެސް ޖުޑީޝަރީ އިސްލާހްކުރުމަށް ކުރެވުނު މަސައްކަތޭ ބުނެވިދާނެއެވެ.

ކުރިއަށް ވުރެ ވެސް ޖުޑިޝަރީގެ ހާލަތު މިހާރު ގޯހެވެ. އޭގެ 10 އަހަރު ފަހުން އައު ސަރުކާރެއް އެކުލަވާލެވުނުއިރު ވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންމެ ބޮޑު ވައުދަކަށްވެފައި އޮޮތީ ޖުޑީޝަރީ އިސްލާހްކުރުމުގެ ވައުދެވެ. ނުފޫޖުގައި ޖެހިވަޑައިގެން ހުކުމްތައް ނެރުއްވި ކަމަށް ފާޅުގައި އިއުތިރާފްވެފައިވާ ފަނޑިޔާރުންނާއި، ބޭއިންސާފުން ހުކުމްތައް އިއްވަމުންގެންދެވި ފަނޑިޔާރުންނާއި، ކޮރަޕްޓް ފަނޑިޔާރުން، ފަނޑިޔާރު ގެތަކުން ނެރެ ސާފުކުރުމުގެ ވައުދެވެ.

ރައީސް ސޯލިހާއެކު މިވަގުތު މަސައްކަތް ކުރައްވަމުންގެންދަވާ ގިނަ ބޭފުޅުންނަކީ ވެސް ޖުޑީޝަރީ އިސްލާހްކުރުމުގެ ވާހަކަ ވަރަށް ގަދަޔަށް ދެއްކެވި ބޭފުޅުންނެވެ. ނަމަވެސް ރައީސް ސޯލިހްގެ ވެރިކަމަށް 50 ދުވަސްވުމާއި ގާތްވެފައިިވާއިރު، ޖުޑީޝަރީ އިސްލާހްކުރުމުގެ ވާހަކަ އޮތީ ފަސްއެޅި ފޮރުވިފައެވެ. އެ ވާހަކަ މާގަދަޔަކަށް ދައްކައި، އެކަމުގައި ބަޔަކު އެޅޭ ތަނެއް ފެނިގެންގޮސްފައެއް ނުވެއެވެ.

އެކަމަށް ކުއްލި ސިހުމެއް ގެނުވީ ރައީސް ސޯލިހުގެ ޤަރާރަކުން އުފެއްދެވި ރިިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު، "ފަސާދަވެފައިވާ" ފަނޑިޔާރު ގެޔާއި ދެކޮޅަށް ފެއްޓެވި "ހަނގުރާމަޔާ" އެކުގައެވެ. އެންމެންނަށް އެނގޭ ބޮޑު ސިއްރުގެ ގޮތުގައި، ނުދައްކައި ހުރި ވާހަކަތަކެއް ތިލަކޮށް، ކޯޓުތަކުގައި ތިއްބެވި ފަނޑިޔާރުންގެ އަސްލު ސޫރަ ހާމަކޮށް، ރައްޔިތުންނަށް ތިލަކޮށްދެއްވި ހިސާބުންނެވެ.

ރައީސް ސޯލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ސުވާލަކީ މިއީ ޖުޑިޝަރީއާ ދެކޮޅަށް "ހަނގުރާމަ" ފަށަން އެންމެ ރަނގަޅު ވަގުތުތޯއެވެ؟ އަދި ހަނގުރާމަ އެ ފެއްޓެވި އެންމެ ރަނގު ހިސާބުންތޯއެވެ؟

މިކަމުގައި ގިނަ ބޭފުޅުންގެ ހިޔާލު ތަފާތުވި ނަމަވެސް، ހުރިހާ ބޭފުޅުން ވެސް އިއްތިފާޤުވާ އެއްކަމެއް އޮވެއެވެ. އެއީ ކޮންމެ ފަދަ އުދަނގުލަކާއި ކުރިމަތިވި ނަމަވެސް، ޖުޑީޝަރީ އިސްލާހްކުުރުމުގެ "ހަނގުރާމަ"އާ ރައީސް ސޯލިހްގެ ސަރުކާރުން ކުރިމަތިލާން ޖެހޭނެ ކަމެވެ. އަދި "ހަނގުރާމަ" ކާމިޔާބުކުރުމަކީ ވެސް ރައީސް ސޯލިހްގެ ސަރުކާރަށް ފަސޭހަކަމަކަށް ނުވާނެ ކަމެވެ. ނަމަވެސް ޖުޑީޝަރީގެ އިސްލާހްކުުރުމުގެ މަސައްކަތް ފެށި ހިސާބަކީ ގިނަ ބަޔަކަށް މާގަބޫލުކުރެވުނު ހިިސާބަކަށް ނުވިއެވެ.

ތެދެކެވެ! ސުއޫދު ދެއްކެވި ވާހަކައަކީ މުޅިން ވެސް ކަން ހިނގާ ގޮތުގެ ވާހަކައަށް ވެދާނެއެވެ. އަދި ކަން އޮތީ އެގޮތަށް ކަން ވެސް އެއީ ގިނަ ރައްޔިތުން ގަބޫލުކުރާ ކެމެވެ. އެ ވާހަކަތަކުން ފަނޑިޔާރު ގެތަކުގެ އިތުރަށް ގެއްލޭނެ އިތުބާރު ވެސް ނޯންނާނެއެވެ. އެއީ މީގެ ކުރިން ވެސް ތުންތުން މަތިން ދެކެވޭ އެންމެންނަށް އެނގޭ ވާހަކަތަކެކެވެ. ތަފާތަކަށްވީ ރައީސްގެ ބާރު ލިބިގެން ވުޖޫދުވެފައި އޮތް ކޮމިޝަނަކުން އެ ވާހަކަ ދެއްކުމެވެ. ގޭންގުތަކުން، ފަނޑިޔާރުން ކޮންޓްރޯލްކުރާ ކަމާއި، ގޭންގްތަކުން ބޭނުން ގޮތަކަށް ހުކުމްތައް ނެރޭ ކަމާއި، ކިތަންމެ ރަނަގަޅަކަށް މައްސަލަ ތަހުޤީޤްކޮށްފަ ހުށަހެޅި ނަމަވެސް ޤޭންގުތަކުން ބެނުން ގޮތަކަށް ނޫނީ މައްސަލަތައް ނުނިންމާކަން އެއީ ދުރު ނޫން ތާރީހްތަކުގައި ވެސް ރާއްޖެ ފަނޑިޔާރުގެން ކިބައިން ފެނިފައިވާ މަންޒަރުތަކެވެ. 2009، 2010، އަދި 2011 ގައި ފަނޑިޔާރު ގެތަކުން އެ މަންޒަރު ވަރަށް ސާފުކޮށް ފެނިގެެންގޮސްފައި ވެއެވެ. އަދި ނިމިގެންދިޔަ ސަރުކާރުގައި ވެސް ފަނޑިޔާރު ގެތައް ބޭނުންކުރަމުން ދިޔައީ ސިޔާސީ ހުކުމްތައް ނެރޭ "ޖަގަހަތަކެއް"ގެ ގޮތުގައި ކަން ނޭނގޭ މީހަކު ނެތެވެ.

ޖުޑީޝަރީއާ ދެކޮޅަށް ކުރާ "ހަނގުރާމަ" އާއި، ފަނޑިޔާރު ގެތައް އިސްލާހްކުރުމުގެ މަސައްކަތަކީ ބުރަ، އަދި އުދަނގޫ މަސައްކަތަކަށް ވުމާ އެކު، އެ މަސައްކަތް ފަށަންޖެހޭނީ ވަރަށް ބޮޑަށް ތައްޔާރުވެ، ރަނގަޅު ޕްލޭނަކާ އެކުގައި ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެހެނީ އޭގެ ތެރެއިން ފަނޑިޔާރުންނަކީ މި ސަރުކާރުގެ ތެރޭގައި ތިބި މަހުޖަނުންނާއި، އަދިި ބާރުގަދަ ފަރާތްތަކުގެ ވެސް ނިވަލުގައި ތިބި ބަޔަކަށް ވުމުންނެވެ. އެ ފައިސާވެރިންނާއި، ބާރުގަދަ ފަރާތްތަކުން ފަނޑިޔާރު ގެތައް، އެ މީހުން ބޭނުން ނޫން ގޮތަކަށް ދިޔުމަށް ނޭދޭތީއެވެ. އެހެންކަމުން ކޮންމެ ކޮންމެ ގޮތަކަށް ޖުޑީޝަރީ އިސްލާހްކުރުމުގެ މަސައްކަތް ފަށައިފިކަމުގައި ވާނަމަ، ސަރުކާރު ބަލިކަށިވުމުގެ ފުރުސަތު ބޮޑުވެދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ޖުޑީޝަރީ އިސްލާހްކުރުމަށް ނިކުންނައިރު، މާޒީން އިބުރަތް ވެސް ލިބިގަންނަންޖެހެއެވެ. އޭރުގައި ހެދުނު ގޯސްތައް ރަނގަޅު ވެސް ކުރަންޖެހެއެވެ. އެހެން ނޫން ކަމުގައިވާ ނަމަ ކުރިން ހެދި ގޯސްތައް އަނެއްކާ ވެސް ތަކުރާރުވެ، ރައްޔިތުން އެދޭ ބަދަލު ނުފެނި ދިޔުމަކީ ގާތުގައިިވާ ކަމެކެވެ. އެކަމަކީ ވަރަށް ހިކުމަތްތެރިކަމާ އެކުގައި ކުރަންޖެހޭނެ ކެމެކެވެ. ބައިނަގްއަގުވާމީ ދުނިޔެއަށް ބަލައިލިޔަސް ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ކުރާ މަސައްކަތުގައި އަބަދު ވެސް ސަރުކާރުތަކަށް އޮންނަނީ ލޮޓީއެއް ލިބިފައެވެ. އަދި ޖުޑިޝަރީގެ ތެރެއިން ސަރުކާރުތައް ބަދަލުކޮށްފައި ހުރީ ވެސް މަދެއްކޮށެއް ނޫނެވެ. އެހެން ނަމަވެސް، ޖުޑީޝަރީ އިސްލާހްނުކޮށް، ލަސްވުމަކީ ވެސް އޮތް އިހްތިޔާރެއް ނޫނެވެ. ރައްޔިތުންނަށް އިންސާފު ކަށަވަރުކޮށްދިނުމަކީ ލަސްނުކޮށް، ކުރަން ވެސް ޖެހޭނެ ކަމެކެވެ. ނަމަވެސް ރޭވުންތެރިކަމާ އެކުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

27 ޖޫން 2017
މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

18 ޖޫން 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
"މިއީ ލޯތްބަކީ" ކާމިޔާބު ފިލްމެއްތަ؟

"މިއީ ލޯތްބަކީ" ކާމިޔާބު ފިލްމެއްތަ؟

13 މެއި 2017
ސީރިޔާ ހަނގުރާމައިގެ މިސްރާބު ބަދަލުވަނީތަ؟

ސީރިޔާ ހަނގުރާމައިގެ މިސްރާބު ބަދަލުވަނީތަ؟

11 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު