Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ތިމާވެށި ހިމާޔަތްކުރުން

ބައިނަލްއަޤްވާމީ ފަރުތަކުގެ އަހަރާއި ރާއްޖެ ކުރިމަތިލަނީ 20 ފަރު ހަލާކުކުރުމުގެ ޕްލޭނަކާއިއެކު!

2018 އަކީ ބައިނަލްއަޤްވާމީ ފަރުތަކުގެ އަހަރު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2017 | ބުދަ 23:30
އޮސްޓްރޭލިއާގެ ގްރޭޓް ބެރިއަރ ރީފް: ގައު ހުދުވުމުގެ މައްސަލަ އިންތިހާއަށް ކުރިމަތިވޭ

އޮސްޓްރޭލިއާގެ ގްރޭޓް ބެރިއަރ ރީފް: ގައު ހުދުވުމުގެ މައްސަލަ އިންތިހާއަށް ކުރިމަތިވޭ

ކުރިއަށް އޮތް 2018ވަނަ އަހަރަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ފަރުތަކުގެ އަހަރެވެ. އިންޓަރނޭޝަނަލް ކޮރަލް ރީފް އިނީޝިއޭޓިވްއިން އިސްނަގައިގެން 3ވަނަ ފަހަރަށް ފަރުތަކުގެ އަހަރެއް މިފާހަގަކުރަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ފަރުތަކަށާއި ފަރުތަކާއި ގުޅިފައިވާ އެހެން އިކޯސިސްޓަމްތަކަށް ލިބެމުންދާ ގެއްލުންތަކާ މެދު މީހުން ހޭލުންތެރިކޮށް، އެކަންކަމަށް ހުއްޓުމެއް ގެނައުމުގެ ބޭނުމުގައެވެ. ފަރުތަކާ ގުޅިފައިވާ އިކޯސިސްޓަމްތަކަކީ ކަނޑުފާތަކާއި، މޫދު ވިނަ އުފެދިފައިވާ ސަރަހައްދުތައް ފަދަ ތަންތަނެވެ.

ފަރުތަކަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ފެށުމަށް ފަރުތަކުގެ އަހަރެއް އެންމެ ފުރަތަމަ ފާހަގަކުރީ 1997ވަނަ އަހަރުއެވެ. އޭގެ ފަހުން 50 އަށް ވުރެ ގިނަ ގައުމުގެ 225އަށްވުރެ ގިނަ ޖަމްއިއްޔާ ޖަމާޢަތްތަކުން ދަނީ މިމަސައްކަތުގައި ބައިވެރިވަމުންނެވެ. ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގެ އިތުރުން ގިނަ އަދަދެއްގެ ދިރާސާތަކެއް ދަނީ ފަރުތަކާއި ގުޅޭ ގޮތުން ކުރެވެމުންނެވެ.

ދެހާސް އަށާރަ ވަނަ އަހަރު ފަރުތަކުގެ އަހަރުގެ ގޮތުގައި ފާހަގަކުރުމަށް ނިންމީ 2016ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފަރަންސޭސީވިލާތުގެ ވެރިރަށް ޕެރިހުގައި ބޭއްވި އިންޓަރނޭޝަނަލް ކޮރަލް ރީފް އިނީޝިއޭޓިވްގެ އާއްމު ޖަލްސާގައެވެ. ތިންވަނަ ފަހަރަށް ފަރުތަކުގެ އަހަރު ފާހަގަކުރުމަށް ނިންމި މައިގަނޑު ސަބަބުތަކުގެ ތެރޭގައި 2014ވަނަ އަހަރުން ފެށިގެން 2016ވަނަ އަހަރާދެމެދު ދުނިޔޭގެ ބޮޑެތި ގިނަ ފަރުތަކަކަށް ދިމާވި ފަރު ހުދުވުމުގެ މައްސަލަ ހިމެނެއެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުންނާއި، އިންސާނުންގެ ސަބަބަން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އަޅުގަނޑުމެންގެ މިކުޑަކުޑަ ރާއްޖެއަކީ ދުނިޔޭގެ އެންމެ ރީތި ފަރުތަކެއް ލިބިގެންވާ އެއް ޤައުމެވެ. އަދި މިފަރުތަކުގެ ރީތކަން ބަލާލައި، މަސްމަހާމެއްސާއިއެކު ފީނާލަން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. މިއީ ރާއްޖެއަށް އާމްދަނީ ލިބޭ މައިގަނޑު އެއް ވަޞީލަތައްވަނީ ވެފައެވެ. އެހެން ނަމަވެސް ފަރުތަކަށް ގެއްލުންދޭ ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި މިހާރު ރާއްޖެ ހިމެނެއެވެ.

ފަރުތަކުގެ އަހަރު ދުނިޔެއިން ފާހަގަކުރާއިރު، އެފަރުތަކަށް އެންމެ ބޮޑަށް ބަރޯސާވާ އެއް ޤައުމުކަމަށްވާ މި ކުޑަކުޑަ ރާއްޖެ 2018ވަނަ އަހަރާ ކުރިމަތިލަނީ ގިނަ އަދަދެއްގެ ފަރުތަކެއް ހަލާކުކޮށްލުމުގެ ޕްލޭނަކާއެކުގައެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓް އިއުލާންކުރިއިރު، ކޮމާޝަލް ބޭނުމަށް 10 ހެކްޓަރަށްވުރެ ބޮޑު 20 ފަޅު ހިއްކަން ސަރުކާރުން ޕްލޭންކޮށްފައިވާއިރު، އޭގެ ސަބަބުން ފަރުތަކަށާއި ޖުމްލަކޮށް މުޅި ކަނޑުގެ ދިރުމަށް ލިބޭނެ ގެއްލުންތަކަށް ސަރުކާރުން ބެލުމެއް ނެތެވެ. 108 މިލިއަން ރުފިޔާގެ ބަޖެޓެއް އެކަމަށް ސަރުކާރުން ކަނޑައެޅިއިރު، ތިމާވެށީގެ އެއްޗެއް ދަންނަ މީހަކު ކުރެން ހޭވެސް އަހާލުމެއް ނެތެވެ.

މިހާރުވެސް ގިނަ އަދަދެއްގެ ފަރުތަކަކަށް ގެއްލުން ދިނުމަށްފަހު ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަޅުތައް ހިއްކަމުންދާއިރު، މިއީ ތަރައްޤީގެ ނަމުގައި ތިމާވެއްޓަށް ދެވޭ ވަރަށް ބޮޑު ގެއްލުމެކެވެ.

ފަރުތަކުގެ އިތުރުން ފަރުތަކާއި ގުޅިފައިވާ ތިމާވެށީގެ ނިޒާމުތަކުގެ ތެރޭގައި ކުޅިތަކާއި ކަނޑޫފާތައް ހިމެނެއެވެ. ރާއްޖޭގެ އެކި ރަށްރަށުގައި އެއާޕޯޓް އެޅުމުގެ ނަމުގައި ކަނޑޫފާތައް ހަލާކުކޮށް، ކުޅިތައް ހިއްކަމުންދާއިރު، ހުއްޖަތެއް ގޮތުގައި ދައްކަނީ އެކުޅިތަކާއި އެފަޅުތައް މިހާ ދުވަސްވަންދެން ހުރި އިރު، އެތަނުން ލިބުނު މާލީ މަންފާއެއް ނެތްކަމަށެވެ. އެހެން ނަމަވެސް އެހެން އެވިދާޅުވާ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ ކަމަކީ ދުނިޔޭގެ ތިމާވެށީގެ ނިޒާމުތައް އެކުލެވިގެންވާ ގޮތުން، އެނިޒާމުގައި ހިމެނޭ ކުޑަ މިންވަރަކަށް ލޮޅުން އެރިޔަސް، އެހެން ކަންކަމަށް ލޮޅުން އަރާކަމެވެ. ކަނޑޫފާތައް ހަލާކުކޮށްލުމުން ފެންބޮޑުވުމާއި ރަށްގިރުމުގެ މައްސަލަ ކުރިމަތިވާނެއެވެ. ފަރުތައް ހަލާކުކޮށްލުމުން މަސްވެރިކަމާއި އެންވެރިކަމަށް އެކަމުގެ އަސަރުކުރާނެއެވެ.

ދިވެހި ފަރުތަކަކީ ދިވެހިރާއްޖޭގެ ސަރަހައްދީ އިމުގެ ތެރޭގައި ހިމެނޭ ތަންތަންކަމަށްވާތީ އެތަންތަނަށް ސަރުކާރުން ބޭނުން ގޮތެއް ހެދިދާނެއެވެ. އެހެން ނަމަވެސް އިންޑިއާ ކަނޑުގެ ފަރުތަކަށް ލިބޭ ގެއްލުމަކީ މުޅި ދުނިޔެއަށް އެކަމުގެ އަސަރުކުރާނެ ކަންކަމެވެ. ކޮރަލް ރީފް އިނީޝިއޭޓިވްފަދަ ޖަމާޢަތްތަކުން ދުނިޔޭގެ ފަރުތައް ސަލާމަތްކުރަން މަސައްކަތްކުރަނީ މިސަބަބަށްޓަކައެވެ.

ކުދިޖަޒީރާ ޤައުމުތަކުގެ ޖަމްއިއްޔާގެ ލީޑަރޝިޕްގައި ރާއްޖެ އޮވެ ކުރަމުންދާ މަސައްކަތްތަކާމެދު ފަޚުރުވެރިވެ ސަރުކާރުން ވާހަކަ ދައްކައެވެ. އެހެން ނަމަވެސް ޖަމްއިއްޔާގެ މެމްބަރު އެހެން ޤައުމުތަކަށް ނޭނގޭކަމަކީ ކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުގައި އޮވެ، ދުނިޔޭގެ ތިމާވެށި ހަލާކުކުރަން ދިވެހި ސަރުކާރުން އެކުރާ ކަންކަމެވެ. ފަރުތައް ހަލާލުކޮށް ފަޅުތައް ހިއްކަމުންދާކަމެވެ.

ރާއްޖެއިން ފެންނަމުންދާ މިދާ މަންޒަރަކީ ތަރައްޤީގެ ނަމުގައި ތިމާވެއްޓާއި ސަޤާފަތު ފުނޑުފުނޑުކޮށްލާތަނެވެ. މާއްދީ ފައިދާ ހޯދަން މާއްދީ ތަރައްޤީ ގެންނަން މަސައްކަތްކުރާތަނެވެ. ދުނިޔޭގެ ޤައުމުތަކުގެ ކުރިމަތީގައި ދިވެހިރާއްޖެއަށްވުރެ ތިމާވެއްޓަށް ލޯބިކުރާ ބަޔަކު ނެތްކަމަށް ހެދޭއިރު، އަދި ސަޤާފަތު ކުރިއަރުވަން މަސައްކަތްކުރަން ދަރިންނަށް ވިސްނައިދޭއިރު، ހަޤީޤީ މަންޒަރު ވަރަށް ތަފާތެވެ. ފަރުތަކާއި ކަނޑޫފާތައް އެކީއެކަށް ހަލާކުކޮށް، އާސާރީތަނެއް ހުރިއްޔާ އެތަނެއް އެދަނީ ހަލާކުކުރަމުންނެވެ.

ދުނިޔޭގެ ފަރުތަކުގެ އަހަރު ފާހަގަކުރާއިރު، ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ފަރުތަކަށް ދިވެހިރާއްޖެއިން ދެމުންދާ ގެއްލުންތަކާއިމެދު އައޯސިސްގެ ޗެއަރމަންގެ ހައިސިއްޔަތުން ރާއްޖެއިން ލަދު ގަންނަން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރިޖެއް އަޅައިގެން ސިންގަޕޫރަށްވާން އުޅޭ ރާއްޖެ!

ބްރިޖެއް އަޅައިގެން ސިންގަޕޫރަށްވާން އުޅޭ ރާއްޖެ!

02 ޖޫން 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު