Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަރުމަވަންތަ ހޮސްޕިޓަލުގެ ހާލަތު

ދަރުމަވަންތަ ހޮސްޕިޓަލުގެ ތިއޭޓަރެއް ހަލާކެއް ނުވޭ: ސީއީއޯ ސަލީމް

24 ޑިސެމްބަރު 2021 | ހުކުރު 09:00

24 ފްލޯ ހުންނައިރު، 20 ފްލޯ ބޭނުން ކުރަމުންދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 24 ޑިސެމްބަރު 2021 | ހުކުރު 09:00
ދަރުމަވަންތަ ހޮސްޕިޓަލް،

ދަރުމަވަންތަ ހޮސްޕިޓަލް،

ދަރުމަވަންތަ ހޮސްޕިޓަލުގެ 90 އިންސައްތަ ބޭނުންކުރަމުންދާ ކަމަށާއި، ހޮސްޕިޓަލުގެ ތިއޭޓަރެއް ހަލާކު ނުވާ ކަމަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ސީއީއޯ އިބްރާހިމް ސަލީމް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ސަލީމް ވިދާޅުވީ ދަރުމަވަންތަ ކޮންޕްލެކްސްއާ ގުޅޭ ގޮތުން ސޯޝަލް މީޑީއާގައި ދައުރުވާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށާއި، ދަރުމަވަންތައިގެ 90 އިންސައްތަ ބޭނުން ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ 24 ފްލޯ ހުންނައިރު، 20 ފްލޯ ބޭނުން ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ދަރުމަވަންތައިގައި އޮޕަރޭޝަން ހަތަރު ތިއޭޓަރެއް ހުންނަކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީ، އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާތީ ކޮވިޑްގެ އައިސީޔޫ ވަގުތީ ގޮތުން ހިންގަމުންދަނީ ޑީއެޗް11 ގައި ކަމަށާއި، އެއީ ވަގުތު ނަގާނެ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މާބަނޑު އަންހެނުންނާއި، ކުޑަ ކުދިންނަށް ވެސް ޚާއްސަ ފްލޯއެއް ހަމަޖައްސާފައިވާ ކަމަށާއި، އެތަނުގައި އެމީހުންނަށް ފަރުވާ ދެމުންދާ ކަމަށެވެ.

ސަލީމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ އެއްވެސް ތިއޭޓަރެއް، މެޝިނެއް ވެސް ހަލާކުނުވާ ކަމަށާއި، އެ ހުރިހާ ވަސީލަތްތަކަކީ ބޭނުން ކުރެވޭ ގޮތަށް ހުރި އެއްޗެހި ކަމަށެވެ. އަދި ވަރަށް ގާތުން ދަރުމަވަންތަ ހޮސްޕިޓަލް ކަންކަން ބަލަމުންދާކަން ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ހަދާފައި ވަނީ ޒަމާނީ ގިނަ ވަސީލަތްތަކާއި ސްވިމިން ޕޫލެއް ވެސް ހިމެނޭ ގޮތަށެވެ. އަދި އެ ތަނުގެ ބައެއް މެޑިކަލް ކޮލެޖަށް ވެސް ޚާއްސަކޮށްފައިވެއެވެ.

ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ޖޫން، 5، 2016 ގައި، މަސައްކަތް ފެށި ދަރުމަވަންތައަށް ދައުލަތުގެ ބަޖެޓުން 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

3

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

4

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

5

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ޔާތީމްޚާނާއަށް ލީ ތިން ކުދިނާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނާއި އާއިލާއަށް ދިން ޖަވާބު ދިމާ ނުވޭ

04 އެޕްރީލު 2017
ޔާތީމްޚާނާއަށް ލީ ތިން ކުދިނާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނާއި އާއިލާއަށް ދިން ޖަވާބު ދިމާ ނުވޭ
26 މާރިޗު 2017

މެންބަރުން ވަކިކުރުމުގެ ގާނޫނީ ބާރެއް ދަރުބާރު ފެކްޝަނަށް ލިބިގެންނުވޭ: ރައީސް މައުމޫން

26 މާރިޗު 2017
މެންބަރުން ވަކިކުރުމުގެ ގާނޫނީ ބާރެއް ދަރުބާރު ފެކްޝަނަށް ލިބިގެންނުވޭ: ރައީސް މައުމޫން
22 މާރިޗު 2017

އޯޑިއޯ: މަސީޙު ބަހައްޓަން ރައީސް ޔާމީން ފެކްޝަންގެ ބައެއް މެމްބަރުން ބޭނުމެއް ނުވޭ!؟

22 މާރިޗު 2017
އޯޑިއޯ: މަސީޙު ބަހައްޓަން ރައީސް ޔާމީން ފެކްޝަންގެ ބައެއް މެމްބަރުން ބޭނުމެއް ނުވޭ!؟
18 މާރިޗު 2017

އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ

18 މާރިޗު 2017
އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ
16 މާރިޗު 2017

ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

16 މާރިޗު 2017
ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ
13 މާރިޗު 2017

އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

13 މާރިޗު 2017
އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!
08 މާރިޗު 2017

އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

08 މާރިޗު 2017
އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް