Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިތްދަތި އާދޭސް

ޔާތީމްޚާނާއަށް ލީ ތިން ކުދިނާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނާއި އާއިލާއަށް ދިން ޖަވާބު ދިމާ ނުވޭ

ތިން ކުދިންނަން ޔާތީމްޚާނާގައި އެތަކެއް އަނިޔާތަކެއް ވަނީ ލިބިފައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 4 އެޕްރީލު 2017 | އަންގާރަ 16:50
ޔަތީމްޚާނާގައި ތިބި ތިން ކުދިން: އެއް އަހަރަށް ފަހު އެ ކުދިން ވަނީ އެތަނުން ނެރެ، މަންމައާ ހަވާލުކޮށްފައި

ޔަތީމްޚާނާގައި ތިބި ތިން ކުދިން: އެއް އަހަރަށް ފަހު އެ ކުދިން ވަނީ އެތަނުން ނެރެ، މަންމައާ ހަވާލުކޮށްފައި

ދިވެހި ރައްޔިތަކާއި އިންޑިޔާގެ ރައްޔިތެއް ކައިވެނިކޮށްގެން ލިބިފައިވާ ކުދިން ޔަތީމްޚާނާ އަށް ލީ މައްސަލައާއި ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނާއި އެކުދިންގެ އާއިލާއަށް ދީފައިވާ ޖަވަބާއި ދިމާނުވާކަން ހާމަވެއްޖެއެވެ.

އިންޑިއާގެ ކެރަލާ ސްޓޭޓްގެ ޔަތީމްހާނާއެއްގައި އެއް އަހަރު ދުވަހު އަނިޔާލިބިފައި ވަނީ އއ.އުކުޅަސް، ރައްޔިތެއް ކަމަށްވާ އަބްދުﷲ ބަޝީރާއި އިންޑިއާ ރައްޔިތެއް ކަމަށްވާ ސައީދަލީ ފާތިމާ ލަތީފް އަށް ލިބިފައިވާ ތިން ކުދިންނެވެ. ޔަތީމްޚާނާގައި އެކުދިން ދިރިއުޅެން ޖެހި، ރާއްޖެ ނުގެނެވި އިންޑިއާގައި ތާށިވެފައިވާ މައްސަލައާއި ގުޅިގެން 2007 ވަނަ އަހަރު ފޮރިން މިނިސްޓްރީން އެ އާއިލާއަށް ދީފައިވާ ޖަވާބުގައި ބުނެފައި ވަނީ އެ މައްސަލަ އަކީ މިނިސްޓްރީގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމުގައެވެ. އަދި މިއްސަލަ ކަމާބެހޭ މުއްސަސާތަކަށް ހުށައަޅާއިގެން ކުރިއަށް ގެންދިއުމަށް އެ މިނިސްޓްރީން ވަނީ އާއިލާއަށް އެދިފައެވެ.

ފޮރިން މިނިސްޓްރީން ބަސީރުގެ އާއިލާއަށް ދީފައިވާ ޖަވާބު

ޔާތީމްޚާނާގައި އަނިޔާލިބިފައިވާ ތިން ކުދިން އެތަނުން ނެރެފައި ވަނީ އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީހުގެ އެހީތެރިކަމާ އެކުގައެވެ. އެހެން ނަމަވެސް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީހުން މައްސަލަ ބެލުމަށް ފަހު އެކުދިން މަންމަ ފާތުމާ ކައިރީގައި ބޭތިއްބުމަށް މައްސަލަ ނިންމާފައި ވަތީ މިހާރު އެކުދިން ތިބީ ރާއްޖެ ނުގެނެވި އެ ގައުމުގައި ތާށިވެފައެވެ.

އެކުދިން ގޮވައިގެން ފާތިމާ ޗުއްޓީއަށް އިންޑިއާއަށް ގޮސްފައި ވަނީ 2013 ވަނަ އަހަރުގެ މާޗް މަހުއެވެ.

އެހެންނަމަވެސް ރާއްޖެޓީވީން "ހިތްދަތި އާދޭސް" ޑޮކިއުމެންޓްރީން ގެނެސްދިނުމަށް ފަހު ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިންޑިޔާ އާއި ބަންގްލަދޭޝްގައި ތިބި ދިވެހި ދެ ޢާއިލާއަށް ދާދިފަހުން ކުރިމަތިވި ކަންތައްތަކުގައި އެ މިނިސްޓްރީގެ އެހީތެރިކަމާއި އެއްބާރުލުން ފުރިހަމައަށް ދީފައި ވާނެ ކަމަށެވެ.

ޔަތީމުޚާނާގައި ކުދިންނަށް އަނިޔާ ލިބިފައިވާ ކަމަށް ބަޝީރު ބުނާއިރު އެކުދިންގެ ގައިން އެފަދަ ނިޝާންތައް ފެންނަން ހުއްޓެވެ. ރާއްޖެ ޓީވީގެ މުހައްމަދު ވިސާމް ވަނީ އެ ތަނަށް ޒިޔާރަތްކޮށް އެ ކުދިންނާ ވާހަކަ ދައްކައި ފޮޓޯ އާއި ވީޑިއޯ ވެސް ނަގާފައެވެ.

ބަޝީރުގެ ތިން ދަރިންގެ ތެރެއިން އެއް ދަރިއެއްގެ ފައި ފާރުވެފައި

ޔަތީމްޚާނާގައި އަނިޔާ ލިބުމުގެ އިތުރުން އެކުދިންގެ ޕާސްޕޯޓު މުއްދަތު ހަމަވެ އަދި ވިސާގެ ވެސް މުއްދަތު ވަނީ ހަމަވެފައެވެ. އެހެން ކަމުން އެ ކުދިން މިހާރު ތިބީ ދަތުރު ކުރެވޭނެ ގޮތެއްނެތި "ބަންދެއްގަ" އެވެ.

އިންޑިއާގެ ރައްޔިތުންނާ ދިވެހި ފިރިހެނުން ކައިވެނިކޮށްގެން ދިމާވާ މިފަދަ މައްސަލަތަކުގެ ޚާއްސަ ތަފާސްހިސާބެއް ނެތް ނަމަވެސް މިއީ ހިނގަމުން އަންނަ ކަމެކެވެ. މީގެ ކުރިން ވެސް މިފަދަ ކަންކަން ވަނީ ހިނގާފައެވެ. މި ކަމާ ބެހޭ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު