Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ އައުޓް ކެމްޕެއިން

ވެރިކަމުން ދުރުކުރުމަށް ރިޔާސީ އިންތިޚާބަށް އިންޑިއާއިން ނުފޫޒު ފޯރުވި ކަމަށް ރައީސް ޔާމީން ތުހުމަތު ކުރައްވައިފި

ބޭރުގެ ނުފޫޒަަށް ޖާގަ ދީފިނަމަ އެ ނުފޫޒަކުން ދެން ސަލާމަތް ނުވެވޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 ޑިސެމްބަރު 2021 | ހުކުރު 04:47
އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނު ވާހަކަ ދައްކަވަނީ

އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނު ވާހަކަ ދައްކަވަނީ

ވެރިކަމުން ދުރުކުރުމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިންޑިއާއިން ނުފޫޒު ފޯރުވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އިންޑިއާ އައުޓް ކެމްޕޭނަށް ރައީސް ޔާމީން ފ. ނިލަންދޫއަށް ވަޑައިގެން ބުރާސްފަތި ދުވަހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު މަސްލަހަތަކީ ރިިޔާސީ އިންތިޚާބަށް ބޭރުގެ ނުފޫޒު އަންނަން ޖާގަނުދިނުން ކަމަށެވެ. ބޭރުގެ ނުފޫޒަަށް ޖާގަ ދީފިނަމަ އެ ނުފޫޒަކުން ދެން ސަލާމަތެއް ނުވެވޭނެ ކަމަށެވެ.

ބޭރުގެ ނުފޫޒަކަށް ޖާގަ ދިނުމަކީ ޝައިތޯނާއާ ގުޅިއްޖެ މީހަކު ޝައިތޯނާގެ އަތުން ދޫކޮށްނުލެވޭވަރުގެ ކަމެއް ކަމަށާއި، އެހިސާބުގައި ބައެއް ވެރިން އެބަތިބި ކަމަށް ޔާމީން ވިދާޅުވިއެވެ.

އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ފައިބާ ވާހަކަ ދެއްކުމުން އެމްޕީޑީ މީހުން ހިތުގައި ޖެހިގެން އުޅޭކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. އިންޑިއާގެ އަސްކަރިއްޔާ ބޭރުވާން ބުނުމުން އެކަމާ ހިތުގައި ޖެހިގެން އިންޑިއާ މީހުން އެވާހަކަ ނުދައްކާ ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު އެވާހަކަ ދެއްކެވުމުން ހިތުގައި ޖެހިގެން އުޅެނީ އެމްޑީޕީ މީހުން ކަމަށެވެ.

މި ސަރުކާރުން ގޮތް ނޭނގޭ ވަރަށް ބައިވަރު އެގްރީމަންޓްތަކެއް އިންޑިއާއެކު ހަދާފައިވާ ކަމަށާއި، އެކަމުން ލިބޭނެ ގެއްލުންތައް އަންދާޒާ ކުރަން ދަތިކަމަށް ޔާމީން ވިދާޅުވިއެވެ. އެގްރީމަންޓުގައި ހުރި ވާހަކަތައް ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

މި ސަރުކާރަށް އިންޑިއާގެ އަސްކަރިއްޔާ ބޭރު ނުކުރެވޭކަމަށްވާނަމަ އިދިކޮޅު ކޯލިޝަނާ އެކަން ހަވާލުކުރުމުން އެމީހުން ބޭރުކުރާނެ ކަމަށް ވިދާޅުވެ ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި އަޑު ސަރުކާރަށް ނީވޭކަމަށްވާނަމަ ރައްޔިތުން އެމީހުންގެ ބާރު އިޚްތިޔާރު ކުރާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

އިންޑިއާއަށް ދަތިވެދާނެތީ ސަރުކާރުން ކަންބޮޑުވާ ކަމަށާއި، ވާދަވެރިންގެ ތެރޭގައި ރާއްޖެއަކީ ގުޅަހިފާ ފަސްގަނޑަކަށް ވެގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކަމެއް ނުޖެހެނީސް އިންޑިއާ އަސްކަރިއްޔާއިން މިތާނގައި ތިބުމުގެ ބޭނުމެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާއާއެކު ރާއްޖެއިން ހަދާފައިވާ އެގްރީމަންޓްތައް ލިބޭ ދުވަހަކުން ރައްޔިތުން މަގު މައްޗަށް ނިކުންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އެގްރީމަންޓްތަކުގައިވާ ކަންތައްތަކުގައި މައްސަލަ ޖެހޭ ކޮންމެ ވަގުތެއްގައި އެކަން ހައްލު ކުރަން ދާން ޖެހޭނީ އިންޑިއާ ކޯޓަކަށްކަން ޔަގީންވާ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު