Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އަލަށް ފެނުނު ހުއިފިލަނޑާ

ކަނޑުގެ އިންތިހާ އަޑިން، 200 ފައި ލީ މަޚްލޫޤެއް!

ބަޔޯޑައިވަރސިޓީ ޑޭޓާ ޖަރނަލްގައި ޖޫން 26 ވަނަ ދުވަހު ޝާޢިއުކޮށް އާންމު ކުރި ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި ގަލްފް އޮފް އެލަސްކާގެ ކަނޑުގެ އިންތިހާ އަޑިން ފެނުނު އައު ޖަނަވާރަކީ ފުންކަނޑުތަކަށް ޚާއްޞަ ބާއްވަތެއްގެ ސީ-ކިއުކަމްބަރ އެކެވެ. ނުވަތަ ހުއިފިލަނޑާގެ ވައްތަރެކެވެ. ހަލުވިދާ ޒާތުގެ ގޮތެއް ހުންނަ މި ހުއިފިލަނޑާ ހުންނަނީ މަޑު ދަނބު-ފިޔާތޮށި ކުލައަކަށެވެ. އަރިހުރަހަށް އެކަތި އަނެކައްޗާ ހުރަސް ވާ ގޮތަކަށް، ހޮޅިކޮޅުތަކެއް ފަދަ 214 ފައި، މި ހުއިފިލަނޑާގައި ހުރެއެވެ.

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 2 ޖުލައި 2024 | އަންގާރަ 06:06
ގަލްފް އޮފް އެލަސްކާގެ ކަނޑު އަޑިން އަލަށް ފެނުނު ހުއިފިލަނޑާ

ގަލްފް އޮފް އެލަސްކާގެ ކަނޑު އަޑިން އަލަށް ފެނުނު ހުއިފިލަނޑާ

މި ދުނިޔޭގައި ވާ ދިރުންތަކަކީ އަހަރެމެންނަށް ގުނާ ޢަދަދުވެސް ނުކުރެވޭނެ ދިރުންތަކެކެވެ. ޤުދުރަތީ ވެށީގައި އުޅޭ މަޚްލޫޤުންގެ ތެރެއިން އަހަރެމެންނަށް އެނގެނީ ހާދަހާވާ ކުޑަ މިންވަރެކެވެ. ތާ އަބަދުމެ ކުރަމުން ގެންދާ ދިރާސާތަކާއި ހޯދަމުންދާ ހޯދުންތަކުން، އައު ދިރުންތައް ފެނެއެވެ. އާދަޔާ ޚިލާފު އެތައް ވާހަކައަކާވެސް އެކީގައެވެ. މިއީވެސް އެފަދަ ވާހަކައެކެވެ.

ދައްކަން މި އުޅެނީ ގަލްފް އޮފް އެލަސްކާ ކަނޑުގެ ސަރަޙައްދުން ދާދި ފަހުން ފެނުނު އައު ދިރޭ އެއްޗެއްގެ ވާހަކައެވެ. ގަލްފް އޮފް އެލަސްކާގެ ކަނޑު އަޑީގެ އިންތިހާ ފުން ސަތަހައިގައި، އެހާމެ ލަސް ދުވެއްޔެއްގައި ފިރުކި، ކޫއްތެމުން ދިޔަ އައު ޖަނަވާރެއްގެ ވާހަކައެވެ. މި އެއްޗެއް ފެނުނީ ކަނޑުގެ ދިރުންތަކާ ބެހޭ ސައެންސްގެ ރޮނގުން ތަޖުރިބާ ލިބިފައިވާ މެރިން ބަޔޮލޮސްޖިޓުންގެ ޓީމަކަށެވެ. ޓީމުގައި ހިމެނެނީ މެކްސިކޯގައި ހުންނަ އިންސްޓިޓިއުޓް އޮފް އޯޝަން ސައެންސަސް އެންޑް ލިމްނޮލޮޖީގެ ޕްރޮފެސަރުންތަކެއް ކަމަށް ވާ، ފްރާންސިސްކޯ އަ ސޮލީސް މަރީން، އަންދްރިއާ އަ ކަބަޔޭރޯ އޮޗޮއާ އަދި ކާރްލޯސް އަ ކޮނެހެރޯސް-ވާރްގާސްއެވެ.

ބަޔޯޑައިވަރސިޓީ ޑޭޓާ ޖަރނަލްގައި ޖޫން 26 ވަނަ ދުވަހު ޝާޢިއުކޮށް އާންމު ކުރި ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި ގަލްފް އޮފް އެލަސްކާގެ ކަނޑުގެ އިންތިހާ އަޑިން ފެނުނު އައު ޖަނަވާރަކީ ފުންކަނޑުތަކަށް ޚާއްޞަ ބާއްވަތެއްގެ ސީ-ކިއުކަމްބަރ އެކެވެ. ނުވަތަ ހުއިފިލަނޑާގެ ވައްތަރެކެވެ. ހަލުވިދާ ޒާތުގެ ގޮތެއް ހުންނަ މި ހުއިފިލަނޑާ ހުންނަނީ މަޑު ދަނބު-ފިޔާތޮށި ކުލައަކަށެވެ. އަރިހުރަހަށް އެކަތި އަނެކައްޗާ ހުރަސް ވާ ގޮތަކަށް، ހޮޅިކޮޅުތަކެއް ފަދަ 214 ފައި، މި ހުއިފިލަނޑާގައި ހުރެއެވެ.

އަލަށް ފެނުނު ހުއިފިލަނޑާއަކީ އުތުރު އެމެރިކާގެ ސައިނަލެކްޓްސް ދަރިފަސްކޮޅަށް ނިސްބަތްވާ އާ ބާވަތެކެވެ. މި ހުއިފިލަނޑާއަށް "މެކްޑެނިއަލް" ސީ ކިއުކަމްބަރގެ ނަމުންވެސް މުޚާޠަބު ކުރެއެވެ. އަލަށް ހުއިފިލަނޑާއަށް އެނަން ދިނުމަށް، ކޮނެހެރޯސް-ވާރްގާސްގެ ޓީމުން ނިންމީ، ކެނެޑާއަށް އުފަން ނީލް މެކްޑެނިއަލްގެ ޝަރަފުގައެވެ. މެކްޑެނިއަލްއަކީ ކަނޑުއަޑީގެ އާދަޔާ ޚިލާފު ޤުދުރަތީ ދިރުންތަކުގެ ދާއިރާއިން ފާހަގަކޮށްލެވޭ މީހެކެވެ.

ހުއިފިލަނޑާ ޢާއިލާގެ އެހެން މެމްބަރުންނެކޭ އެއް ގޮތަށް، މެކްޑެނިއަލް ހުއިފިލަނޑާވެސް ކާބޯތަކެތި ހޯދަމުން ދަނީ ކަނޑުއަޑީގެ ސަތަހައިގައި ފިރުކެމުންނެވެ. ކަނޑުގެ 70 ފޫޓާއި 1400 ފޫޓު އަޑިންވެސް ހުއިފިލަނޑާ ފެނެއެވެ. ކަނޑުއަޑީގައި ކޮޅުކޮޅަށް ދަތުރުކޮށް، ކައިބޮއި ހެދުމަށް މެކްޑެނިއަލް ހުއިފިލަނޑާ ބޭނުން ކުރަނީ އޭތީގެ ފައިތަކެވެ.

ޔުނިވަރސިޓީ އޮފް ރޯމްގެ މެރިން ބަޔޮލޮޖިސްޓެއް ކަމަށް ވާ އަރނޯލްޑް ރާކަޖު ފާހަގަ ކުރި ގޮތުގައި ހުއިފިލަނޑާއަކީ ވަކި ކަހަލަ  ގޮތަކަށް ކެއުންތައް ބައްޓަން ކޮށްފައި ވާ މަޚްލޫޤެކެވެ. އެގޮތުން މަހު ކުންޏާއި، އެލްގެއިއާއި އެނޫންވެސް އެފަދަ އޯގޭނިކް މާއްދާތަކަކީ ހުއިފިލަނޑާގެ ޑައެޓް މެނޫގައި ހިމެނޭ ބައެއް ބާވަތްތަކެވެ. މި ތަކެއްޗަކީ ކަނޑު އަޑީގެ ސަތަހައިގައި، އަސޭމިރުސް ފުއްތަކެއް ފަދައިން ފެތުރިފައި އެއްޗެއްސެވެ.

ކައިރި މާޒީއަށް ނަޒަރު ހިންގާ އިރު، ހުއިފިލަނޑާއަކީ، ކަނޑުގެ ޞިއްޙަތަށް ބަލާއިރު ވަރަށް ޚިދުމަތްތެރި ޖަނަވާރެއް ކަމަށް ދިރާސާވެރިން ސިފަ ކުރެއެވެ. ހުއިފިލަނޑާއަކީ ކަނޑުގެ ޖެނިޓަރޒް ނުވަތަ ސާފުކުރާ މީހާގެ ގޮތުގައިވެސް ސިފަ ކޮށްފައި އެބަ ހުއްޓެވެ.

ބަޔޮލޮޖީ ޕްރޮފެސަރ އޯވޭ ހޫ-ގުލްބަރގް ބުނި ގޮތުގައި ހުއިފިލަނޑާއަކީ މުހިންމު ޒިންމާއެއް އަދާކުރަމުންދާ މަޚްލޫޤެކެވެ. އެއީ ކަނޑުއަޑީގެ ވެކިއުމް ކްލީނަރު ކަމަށްވެސް އޭނާ ވަނީ ސިފަކޮށްފައެވެ. ކަނޑުގެ އަޑީ ސަތަހައިގެ މަތީގައި ހުއިފިލަނޑާތައް ފިރުކެމުން ދާ ވަރަކަށް، އެ ސަރަޙައްދުގައި ހުންނަ ތަޣައްޔަރުކަން ފިލްޓަރު ކުރެވި، ސާފު ކުރެވެއެވެ. ވެލިގަނޑުގައި ހުންނަ މުހިންމު ނިއުޓްރަންޓްސް ނުވަތަ މާއްދާތައް ރީސައިކަލް ކުރުމުގައިވެސް ހުއިފިލަނޑާގެ ދައުރު ބޮޑެވެ. ހުއިފިލަނޑާއަށް އެތެރެވާ ނިއުޓްރިއަންޓްސް ރީސައިކަލް ކުރުމަށްފަހު ބޭރުކޮށްލާއިރު ހުންނަނީ، އެތެރެވީ ހުރި ވަރަށް ވުރެ މާ ސާފުވެފައެވެ.

ކަން މިހެން އޮތް ހުއިފިލަނޑާ ހިފުމުގެ އާދަ ބޮއްސުންލައިގެން ގޮސް، ހުއިފިލަނޑާގެ އާބާދީއަށް ވަނީ ނުރައްކާ ކުރިމަތިވެފައެވެ. ހުއިފިލަނޑާ ނަގާ މިންވަރު އިތުރުވަމުން ދާ ވަރަކަށް، ކަނޑުގެ ވެށީގައި އުޅޭ ހުއިފިލަނޑާގެ އާބާދީ ދަނީ ހީނަރު ވަމުން ކަމީ، ޤަބޫލު ކުރަން ޖެހޭ ޙަޤީޤަތެކެވެ. ސައެންސްވެރިންގެ ޢަމާޒު ހިފާފައި ވަނީ، ކަނޑުއަޑީގެ މާޙައުލުގައި ހުއިފިލަނޑާގެ އާބާދިއިން އަދާ ކުރަމުންދާ މުހިންމު ދައުރާ މެދު އިންސާނީ އާބާދީ ހޭލުންތެރިކޮށް، ހުއިފިލަނޑާގެ އާބާދީ ދިރުވާ، އާލާކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރުމާ ދިމާއަށެވެ.

އައު ބާވަތެއްގެ ހުއިފިލަނޑާއެއް ފެނުމަކީ، ހުއިފިލަނޑާގެ ގެދޮރު ކަމުގައިވާ ކަނޑުގެ ވެށީގެ އަވަށްޓެރިންގެ ގޮތުގައި ތިބި އަހަރެމެން އިންސާނުންގެ ދިރިއުޅުމުގެ ވައްޓަފާޅި، އެދެވޭ މިޞްރާބަކަށް ބަދަލުވާން ފަށާއިފި ކަން އަންގައިދޭ ސިގުނަލަކަށް ވުމީ، ސައެންސްވެރިން ކުރާ އުންމީދެކެވެ. ހުއިފިލަނޑާގެ އާބާދީ އާލާވުމަކީ، ހީނަރުވަމުން ދާ މުރަކައިގެ އާބާދީ ސަލާމަތް ކުރުމަށް އޮތް އިތުރު އިންޝުއަރެންސްއެއް ކަމަށްވެސް ސިފަ ކުރެވެއެވެ. އޭގެ މާނައަކީ ފަހަރެއްގައި ހުރިހާ ކަމެއް ހައްލު ވުމެއް ނޫނެވެ. ނަމަވެސް، ހެޔޮ ފާލަކުން ކަންކަން ދިއުމުގެ ފުރުޞަތު ލިއްބައިދެނީއެވެ.

ހުއިފިލަނޑާ

ކޮމެންޓް

އިތުރަށް ކިޔާލަން

"އަމާނާތް" ބަލަން ބޭނުންވެފައި ތިބި ފަރާތްތަކަށް އުފާވެރި ޚަބަރެއް

"އަމާނާތް" ބަލަން ބޭނުންވެފައި ތިބި ފަރާތްތަކަށް އުފާވެރި ޚަބަރެއް

26 ފެބުރުއަރީ 2017
"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ

"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ

25 ފެބުރުއަރީ 2017
އެކްޓްރެސް ފަރީދާ ޖަލާލް މަރުވި ކަމަށް ބުނެ ފަތުރާފައި ވަނީ ދޮގު ހަބަރު

އެކްޓްރެސް ފަރީދާ ޖަލާލް މަރުވި ކަމަށް ބުނެ ފަތުރާފައި ވަނީ ދޮގު ހަބަރު

21 ފެބުރުއަރީ 2017
"ތަމާ ތަމާ އަގެއިން" އާ ދޭތެރޭ ސަރޯޖް ޚާން ހިތްހަމަ ނުޖެހިފައި

"ތަމާ ތަމާ އަގެއިން" އާ ދޭތެރޭ ސަރޯޖް ޚާން ހިތްހަމަ ނުޖެހިފައި

18 ފެބުރުއަރީ 2017
ފޭސްބުކްގައި މަންމަ ޝެއާ ކޮށްފައިވާ ޕޯސްޓްތަކުގެ ބަދަލު ޒައިރާ އަށް!

ފޭސްބުކްގައި މަންމަ ޝެއާ ކޮށްފައިވާ ޕޯސްޓްތަކުގެ ބަދަލު ޒައިރާ އަށް!

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

9 ފެބުރުއަރީ
ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"
20224 އަހަރު ކުރިން
ރާއްޖެ

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!
20215 އަހަރު ކުރިން
ރިޕޯޓު

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!
20197 އަހަރު ކުރިން
ރާއްޖެ

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!
20188 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު