Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެކްސިން އަޕްޑޭޓް

ބޫސްޓަރ ޑޯޒް، އިތުރު 460 މީހުން ފުރިހަމަކޮށްފި

މިހާތަނަށް 396511 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 24 ޑިސެމްބަރު 2021 | ހުކުރު 03:13
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ކޮވިޑް-19ގެ ބޫސްޓަރ ޑޯޒު އިތުރު 460 މީހުން ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުދަ ދުވަހުގެ ތަފާސްހިސާބުތައް އާއްމުކޮށް ބުނެފައިވަނީ އިތުރު 460 މީހުން ބޫސްޓަރ ޑޯޒު ޖަހާފައިވާ ކަމަށާއި، އެއީ މާލެ ސަރަހައްދުން 152 މީހުންނާއި އަތޮޅުތެރެއިން 308 މީހުން ކަމަށެވެ. އެއާއެކު ބޫސްޓަރ ޑޯޒު ޖެހި ޖުމްލަ އަދަދު 23728ށް އަރާފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ވެކްސިންގެ ފުރަތަމަ ޑޯޒު 34 މީހުން ޖަހާފައިވާ ކަމަށާއި، އެއީ މާލެ ސަރަހައްދުން 24 މީހުންނާއި، އަތޮޅުތެރެއިން 10 މީހުން ކަމަށެވެ. އަދި ވެކްސިންގެ ދެޑޯޒު ފުރިހަމަ ކޮށްފައިވަނީ 93 މީހުން ކަމަށާއި، އެއީ މާލެ ސަރަހައްދުން 78 މީހުންނާއި އަތޮޅުތެރެއިން 15 މީހުން ކަމަށެވެ.

އެއާއެކު މިހާތަނަށް 396511 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު، ވެކްސިން ފުރިހަމަ ކޮށްފައިވަނީ 366748 މީހުން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ސަރުކާރުން ގެންދަނީ އުމުރުން 12 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހައިދެމުންނެވެ. އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންނަށާއި، 60 އަހަރުންމަތީގެ މީހުންނަށާއި، ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ބޫސްޓަރ ޑޯޒް ޖަހައިދެމުންދެއެވެ. ނަމަވެސް މި މަހުގެ 15ން ފެށިގެން ބޫސްޓަރ ޑޯޒް ޖެހުން އާންމުންނަށް ހުޅުވާލާނެކަމަށް މީގެ ކުރިން އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މި މަސައްކަތް އަދިވެސް ނުފެށިވާއިރު، ފައިޒަރ ވެކްސިންގެ 100،620 ޑޯޒު ވަނީ ރާއްޖެއަށް ލިބިފައެވެ. މިހާރު އާންމުނަށް ބޫސްޓަރ ޑޯޒް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް އެޗްޕީއޭއިން ބުނެއެވެ. ނަމަވެސް ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖްގެ ގްލޯބަލް ސްޓޯރޭޖް ޝޯޓޭޖެއް އުޅޭތީ، ވެކްސިނާއެކު ލިބެންޖެހޭ ސިރިންޖް ޝިޕްމެންޓް ލިބުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ސިރިންޖް ލިބި، އެހެނިހެން ތައްޔާރީތައް ނިމުމުން ވެކްސިން ޖަހާނެ ދުވަހެއް އިއުލާން ކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު