Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޮޑުފިނޮޅު މައްސަލަ

ބޮޑުފިނޮޅު މައްސަލައިގައި ދައުވާ އުފުލާފައިވާ މެމްބަރު ރިޟާގެ 2 ޝަރީއަތް ކެންސަލް

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ދައުވާ އުފުލާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2021 | ބުރާސްފަތި 10:36
މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޟާ

މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޟާ

މީހުން ޓްރެފިކް ކުރުމާއި، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ މައްޗަށް އުފުލުވާފައިވާ 2 ދައުވާގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00ށް ތާވަލުކޮށްފައިވާ ރިޒާގެ 2 އަޑުއެހުން ކެންސަލް ކޮށްފައިވަނީ މަޖިލީހުގެ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ހަވީރު ތާވަލްކޮށްފައިވާތީ އޭނާ އަމިއްލައަށް އެދިގެން ކަމުގައެވެ. ބ. ބޮޑުފިނޮޅުގެ މައްސަލައިގައި ރިޒާގެ އިތުރުން އިތުރު 2 މީހެއްގެ މައްޗަށް މި މައްސަލައިގައި ދައުވާ އުފުލާފައިވެއެވެ.

Advertisement - newsAdvertisement

ބިދޭސީ މަސައްކަތްތެރިންގެ ހައްޤުތައް ނިގުޅައިގަނެފައިވާ މައްސަލާގައި ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 4 އޯގަސްޓުގައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ށ. މިލަންދޫ، ހެޕީލޭންޑް، ޢަލީ ރިޟާގެ މައްޗަށް މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން، މީހުން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާއިރު އެ ކުށުގެ އަދަބަކީ 10 އަހަރުގެ ޖަލު ހުކުމެކެވެ. އެ ދައުވާ އުފުލާފައިވަނީ 2015 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން އާރ.އައި.އެކްސް ކުންފުނީގެ ސްޕޮންސަރޝިޕްގެ ދަށުން އެކި މަސައްކަތްތަކަށް ރާއްޖެ ގެނެސްފައިވާ ބިދޭސީން ލައްވައި މަސައްކަތްކުރުވުމަށްފަހު މުސާރަނުދީ، ބިރުދައްކައި، ޤާނޫނާ ޚިލާފު މަޖުބޫރުކަމެއް ކުރިމަތިކުރުވައި، އެމީހުން އެކްސްޕްލޮއިޓްކޮށް، އެމީހުން ޓްރެފިކްކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ ދަށުން، ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ވެސް ވަނީ އުފުލާފައެވެ. ސަބަބެއްގެ ގޮތުން ޕީޖީ އޮފީހުން ފާހަގަކޮށްފައިވަނީ މި މައްސަލައިގެ ތަހުޤީޤަށް ކޯޓު އަމުރެއްގެ ދަށުން އާރ.އައި.އެކްސް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ބަލައިފާސްކުރުމަށް ފުލުހުން ކުރި މަސައްކަތަށް މެމްބަރު ރިޟާ ހުރަސްއަޅުއްވާފައިވާތީއެވެ.

މެމްބަރު ރިޟާގެ އިތުރުން، ނ. މާފަރު، ބުލާސަމްގެ، ޙަސަން ޢުމަރު އަދި ށ. މިލަންދޫ، ރެޑްރޯސް، ނަޞްރުﷲ އުޘްމާންގެ މައްޗަށް، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން، މީހުން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ. މި ކުށުގެ އަދަބަކީ 7 އަހަރުގެ ޖަލު ޙުކުމެކެވެ. އެމީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މެމްބަރު ރިޟާގެ މައްޗަށް ދަޢުވާކުރާ މީހުން ޓްރެފިކްކުރުމުގެ ކުށުގެ ޢަމަލުތަކުގައި މި ދެ މީހުން ބައިވެރިވެފައިވާތީކަން ޕީޖީ އޮފީހުން ފާހަގަކުރެއެވެ.

ޕީޖީ އޮފީހުން ބުނީ، ބ. އަތޮޅު ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްޤީކުރުމުގެ މަސައްކަތްތަކާ އާރް.އައި.އެކްސް ޕްރައިވެޓް ލިމިޓެޑުން ހަވާލުވެ، އެ މަސައްކަތްކުރުމަށް މީހުން ޓްރެފިކްކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ޚިލާފަށް ގިނަ ޢަދަދެއްގެ ބިދޭސީން، އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށެވެ.

އަދި ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރީން ރާއްޖޭގެ ރަށްތަކުން ހޯދައި އެ ބިދޭސީން އެ ކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަގޮތުގައި ހިފާފައިވާކަން ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ. ޕީޖީ އޮފީހުން ބުނީ މިއީ ޤާނޫނާ ޚިލާފަށް މަޖުބޫރު ކުރުވުމެއް ކުރިމަތިކުރުވައިގެން ބޮޑުފިނޮޅުގައި ބިދޭސީ މަސައްކަތްތެރީންނަށް މުސާރައާއި އުޖޫރަ ނުދީ ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވައި، އޭގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި، ވަޒީފާއިން ވަކިކޮށް، ބޮޑުފިނޮޅުގައި މަސައްކަތުގައި ދެމިތިބުމަށް ބިދޭސީންނަށް މަޖުބޫރުކޮށް، އެފަރާތްތަކުގެ މައްޗަށް އެކްސްޕްލޮއިޓޭޝަންގެ ޢަމަލުތަކެއް ހިންގައި، މީހުން ޓްރެފިކްކުރުމަށް މަގުފަހިވާގޮތަށް ޢަމަލުކޮށްފައިވާ މައްސަލައެއް ކަމަށެވެ.

ބިދޭސީންނަށް ލިބެންޖެހޭ ހަތަރު މަހުގެ މުސާރަ ނުދެވުނީ، ސީލް ކުންފުނިން ލިބެންޖެހޭ ފައިސާ ނުލިބޭތީ ކަމަށް ރިޒް ކުންފުނިން ބުނެއެވެ. މި ވާހަކަތައް ދޮގުކޮށް، ސީލް ކުންފުނީގެ ފަރާތުން ވަކާލާތުކުރާ ލޯ ފާމުން ނެރުނު ބަޔާނެއްގައި ބުނީ، ފައިސާ ދޭންޖެހޭ އަދަަދަށް ވުރެ އިތުރަށް ވެސް ރިޒް ކުންފުންޏަށް ފައިސާ ދީފައިވާނެ ކަމަށެވެ.

މެމްބަރު އަލީ ރިޒާކްރިމިނަލް ކޯޓްޕީޖީ އޮފީސްޕްރޮސެކިއުޓަރ ޖެނެރަލްބ. ބޮޑުފިނޮޅުބޮޑުފިނޮޅު

ކޮމެންޓް

އިތުރަށް ކިޔާލަން

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު