Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޝައިޚް ޙަސީނާއަށް މަރުހަބާ ދެންނެވުން

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއަށް ރަސްމީގޮތުން މަރުހަބާ ދަންނަވައިފި

ދިވެހި ސްކޫލް ކުދިން ހުށަހަޅައިދިން ސަގާފީ އައިޓަމެއް ބައްލަވައިލެއްވި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2021 | ބުރާސްފަތި 06:16
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއަށް ރަސްމީ ގޮތުން މަރުހަބާ ދަންނަވަނީ،

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއަށް ރަސްމީ ގޮތުން މަރުހަބާ ދަންނަވަނީ،

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދައުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގެންނެވި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއަށް ރަސްމީގޮތުން މަރުހަބާ ދަންނަވައިފިއެވެ.

ރަސްމީ ގޮތުން މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، ބުރާސްފަތި ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައެވެ.

Advertisement - newsAdvertisement

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ މާލެއަށް ފައިބައިވަޑައިގަތުމާއެކު، ރަސްމީ ފާލަމުން އެކަމަނާއަށް މަރުހަބާ ވިދާޅުވީ ރައީސް ޞާލިޙެވެ. އެއަށްފަހު، ބަންގްލަދޭޝްގެ ބޮޑުވަޒީރާއި ރައީސް ވަނީ ދިވެހި ސްކޫލް ކުދިން ހުށަހަޅައިދިން ސަގާފީ އައިޓަމެއް ބައްލަވައިލައްވައިފައެވެ. މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސްއާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 21 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ބަންގްލަދޭޝް އާއި، ރާއްޖޭގެ ގައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ޝަރަފްގައި އޮތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރެއް، އެކަމަނާ އިންސްޕެކްޓް ކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، ދިވެހި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތައާރުފުކޮށް އެރުވިއެވެ. އަދި ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސްއަށް ތައާރުފުކޮށް އެރުވިއެވެ.

މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ބަންގްލަދޭޝްގެ ބޮޑުވަޒީރު، ޝައިޚް ޙަސީނާ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެކަމަނާ ވަޑައިގެންނެވީ ހަތްކޮޅުގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމަށްފަހު އެކަމަނާ ވަނީ އިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ގެ މި ދަތުރުފުޅުގައި ރައީސްއާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބާއްވައި މަޝްވަރާ ކުރައްވާނެއެވެ. އެއަށްފަހު، އެއްބަސްވުންތައް ބަދަލުކުރުމާއި، ދެ ގައުމުން ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ޝަރަފުގައި ރައީސް ޖާފަތެއް ދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޝެއިޚް ހަސީނާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްވެސް ގައުމަކަށް އެކަނި ނޯވެވޭނެކަން އެނގި ހާމަވެއްޖެ: ޝެއިޚް ހަސީނާ

އެއްވެސް ގައުމަކަށް އެކަނި ނޯވެވޭނެކަން އެނގި ހާމަވެއްޖެ: ޝެއިޚް ހަސީނާ

23 ޑިސެމްބަރު 2021
ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައި ސޮއިކޮށްފި

23 ޑިސެމްބަރު 2021
ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ މައްސަލަ ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ

ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ މައްސަލަ ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ

23 ޑިސެމްބަރު 2021
ގްރީން ޒޯން ހިމެނޭ ގޮތަށް ބައެއް ސަރަހައްދުތައް ބަންދު ކުރަނީ

ގްރީން ޒޯން ހިމެނޭ ގޮތަށް ބައެއް ސަރަހައްދުތައް ބަންދު ކުރަނީ

22 ޑިސެމްބަރު 2021
ޝައިޚް ހަސީނާ ތަގްރީރުކުރައްވާ ޖަލްސާ ބުރާސްފަތި ދުވަހު

ޝައިޚް ހަސީނާ ތަގްރީރުކުރައްވާ ޖަލްސާ ބުރާސްފަތި ދުވަހު

21 ޑިސެމްބަރު 2021

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު