Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެއާއި ބަންގްލަދޭޝްގެ ގުޅިފައިވާ ބަޔާން

ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ މައްސަލަ ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ

23 ޑިސެމްބަރު 2021 | ބުރާސްފަތި 07:52

ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ބަންގްލަދޭޝްގެ ސަރުކާރުގެ އެއްބާރުލުން ލިބޭނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 23 ޑިސެމްބަރު 2021 | ބުރާސްފަތި 07:52
ރައީސުލްޖުމްހޫރިއްޔާ ޝެއިޚް ހަސީނާއާ ބައްދަލު ކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ޝެއިޚް ހަސީނާއާ ބައްދަލު ކުރެއްވުން

ރާއްޖޭގައި ގަވާއިދާ ޚީލާފަށް މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ މައްސަލަ ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެއެވެެ.

ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާ އެކު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ރަސްމީ މަޝްވަރާތަކަށްފަހު ދެގައުމުން ވަނީ ގުޅިފައިވާ ބަޔާނެއް އިއްވާފައެވެ. މިބަޔާނުގައި މަޝްވަރާ ކުރެވުނު ކަންތަކަށް ދެ ބޭޅުން ވެސް އަލިއަޅުއްވާލެއްވިއެވެ.

މި ބަޔާނުގައި ރައީސް ޞާލިޙް ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުން ގަވާއިދަށް ފެއްތުމަށް ސަރުކާރުން ކުރިއަށްގެންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ބަންގްލަދޭޝްގެ ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރެއްވި ކަމަށެވެ.

އަދި ދިވެހި ސަރުކާރާއި ބަންގްލަދޭޝްގެ ސަރުކާރާ ދެމެދު ބަދަލު ކުރި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ. މަސްވެރިކަމުގެ ދާއިރާއިން ތަމްރީނާއި ތަޖުރިބާ ހިއްސާކުރުމަށް އެއްބަސްވެވުނު ކަމަށެވެ. ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ޓެކްސްއަށް މަކަރު ހެދުމުގެ ފުރުޞަތު ނައްތާލުމަށާއި، ޑަބަލް ޓެކްސޭޝަން ނައްތާލުމަށް އެއްބަސްވި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ އިޤްތިޞާދީ ގުޅުމަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބަންގްލަދޭޝްއިން ރާއްޖެއަށް އެކި ދާއިރާތަކުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް ރައީސް ވިދާޅުވީ، ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ. ދިވެހިންނަށް އޮންއެރައިވަލް ވިސާ އަދި ދިގު މުއްދަތަކަށް ދިވެހި ކިޔަވާ ކުދިންނަށް ވިސާ ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެެވެ.

ބައިނަލްއަގުއާމީ މަންސަތަކުގައި ދެގައުމު އެއްބަސްވާ ކަންކަމުގެ ތެރެއިން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާއި، ތިމާވެށި ހިމާޔަތް ކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމުގައި ދެ ގައުމު ގުޅިގެން އިތުރަށް މަސައްކަތް ކުރުމަށް އެއްބަސް ވެފައިވާ ކަމަށް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޝެއިޚް ހަސީނާ ވަނީ އެކަމަނާ ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވި ކަމަށްޓަކައި ރައީސް ޞާލިޙަށް ޝުކުރު އަދާ ކުރައްވާފައެވެ. މިއީ އެކަމަނާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކަމަށާއި، މި ދަތުރުފުޅުގައި މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށް ވިދާޅުވިއެވެ. ތައުލީމާއި މީހުން ބިނާ ކުރުމާއި މަސްވެރިކަމުގެ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށް ހަސީނާ ވިދާޅުވިއެވެ.

ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އިންވެސްޓްމެންޓް އިތުރުކުރުމަށް މަޝްވަރާ ކުރެވުނު ކަމަށާއި، ބަންގްލަދޭޝްއިން ރާއްޖެއަށް ކޮލިޓީ ތަކެތި ރަނގަޅު އަގެއްގައި ފޯރުކޮށްދީ، ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެއްވި ކަމަށް ހަސީނާ ވިދާޅުވިއެވެ.

ރެގިއުލަރައިޒޭޝަން ޕްރޮގްރާމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށާއި، ކޮވިޑްގެ ހާލަތު ރަނގަޅުވެ އާއްމު ހާލަތަށް ބަދަލުވުމުން ރާއްޖޭގެ ރައްޔިތުންނަށް އޮންއެރައިވަލް ވިސާ ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޝެއިޚް ހަސީނާ ރާއްޖެއަށް ކުރައްވާ މިދަތުރުފުޅުގައި ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާނެއެވެ.

ޝެއިޚް ހަސީނާރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
11 އޯގަސްޓު 2023

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

11 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު
10 އޯގަސްޓު 2023

ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް

10 އޯގަސްޓު 2023
ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް
10 އޯގަސްޓު 2023

އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް

10 އޯގަސްޓު 2023
އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް
10 އޯގަސްޓު 2023

ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ

10 އޯގަސްޓު 2023
ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ
16 ޖުލައި 2023

ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް

16 ޖުލައި 2023
ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް