Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝެއިޚް ހަސީނާ ވަޑައިގެންނެވުން

ޝެއިޚް ހަސީނާ ވަޑައިގަންނަވާތީ ހުޅުލޭގެ ބޮޑު ސަރަހައްދެއް ބަންދުކުރަނީ

21 ޑިސެމްބަރު 2021 | އަންގާރަ 02:36

މި ސަރަހައްދުތައް ބަންދުކުރަން ނިންމާފައިވަނީ ވަކި ގަޑިތަކެއްގައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 21 ޑިސެމްބަރު 2021 | އަންގާރަ 02:36
ހުޅުލޭގެ ބަންދުކުރާ ސަރަހައްދުތައް

ހުޅުލޭގެ ބަންދުކުރާ ސަރަހައްދުތައް

މި މަހުގެ 22 ވަނަ ދުވަހު ސެކިޔުރިޓީގެ ބޭނުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަގާއި ފަޅުތެރެ ބަންދުކުރަން ނިންމާފައިވާކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.

މި މަހުގެ 22 ވަނަ ދުވަހު ބަނގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން އެކަމަނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުޅުލޭގެ ބޮޑު ސަރަަހައްދެއް ބަންދުކުރަން ނިންމާފައިވާއިރު، އެމްއޭސީއެލްއިން ބުނީ 22 ޑިސެންބަރު ވަނަ ދުވަހުގެ ވަކި ވަގުތުތަކެއްގައި ހުޅުލޭގެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އުތުރު ކަންމަތިން ފެށިގެން ކާގޯ ބިލްޑިންގގެ ދެކުނު ކަންމައްޗާ ހަމައަށް ހުޅުލޭގެ އެއްގަމާއި ފަޅުތެރޭގައި އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުން މަނާވާނެ ކަމަށެވެ.

އެގޮތުން މެންދުރު 12:00 އިން ހަވީރު 4:00 އަށް އެ ސަރަހައްދުގެ ފަޅުތެރެއަށް އެއްވެސް އުޅަނދެއް ވަދެ ނުކުތުން އަދި ފަޅުތެރޭގައި ބޭއްވުން މަނާވާނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ. މި ވަގުތުތަކުގައި ކަނޑު އުޅަނދުފަހަރަށް ބޭނުންކުރެވޭނީ ހަމައެކަނި ހުޅުލޭގެ އެންމެ ދެކުނުގައިވާ ނެރު ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

އެ ދުވަހުގެ މެންުދުރުފަހު 2:00ން 4:00ށް އެ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ ވެހިކަލެއް ދުއްވުން މަނާވާނެކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ. މި ވަގުތުތަކުގައި ފުލުހުންގެ އިރުޝާދާ އެއްގޮތަށް އިންޓަރނޭޝަނަލް ޓަރމިނަލްގެ އުތުރު ކަންމަތި ކައިރިން އާންމު އުޅަނދުފަހަރު އަނބުރާލެވޭ ގޮތަށް ހަމަޖެހިފައިވާކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ. އަދި ފުލުހުން އިރުޝާދު ދޭ ގޮތެއްގެ މަތިން ހިނގާ އުޅެވޭނެ ކަމަށް ވެސް އެމްއޭސީއެލްއިން ބުނެއެވެ. އެހެންނަމަވެސް ދުއްވާ އެއްޗެއްސާއި ހިނގައި އުޅުން މުޅިން މަނާ ވަގުތުކޮޅެއް ވެސް އަންނާނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

މިމަހުގެ 22ން 23ށް ޝައިޚް ހަސީނާ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް، މި އަހަރުގެ މާރޗް މަހު ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އެ ކަމަނާގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މި ވާހަކަފުޅުތަކުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި ދެ ޤައުމުގެ ދެމެދު، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މަސްވެރިކަމާއި މީހުން ބިނާކުރުމާއި ތަޢުލީމަކީ މިހާރުވެސް ދެ ޤައުމުގެ ދެމެދު ގާތް ގުޅުމެއް އޮންނަ ބައެއް ދާއިރާތަކެވެ. ދެ ޤައުމު ދެމެދު ސޮއިކުރެވޭ މި އެއްބަސްވުންތަކާއެކު ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ ހަރުދަނާވެގެންދާނެއެވެ.

މީގެއިތުރުން ޝައިޚް ޙަސީނާގެ މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް މަޖިލީހަށް ވަޑައިގެންދެއްވުމަށް ދަޢުވަތު އެރުވުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ޝެއިޚް ހަސީނާއެމްއޭސީއެލް

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2025

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު
22 އޮކްޓޯބަރު 2025

އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި

22 އޮކްޓޯބަރު 2025
އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި
21 އޮކްޓޯބަރު 2025

އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން

21 އޮކްޓޯބަރު 2025
އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން
21 އޮކްޓޯބަރު 2025

މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި

21 އޮކްޓޯބަރު 2025
މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި
17 އޮކްޓޯބަރު 2025

ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

17 އޮކްޓޯބަރު 2025
ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
14 އޮކްޓޯބަރު 2025

ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!

14 އޮކްޓޯބަރު 2025
ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!
09 އޮކްޓޯބަރު 2025

ނޮވެމްބަރު 9 ގައި ހަނިމާދޫ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވަނީ

09 އޮކްޓޯބަރު 2025
ނޮވެމްބަރު 9 ގައި ހަނިމާދޫ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވަނީ
26 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު

26 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު
24 ސެޕްޓެމްބަރު 2025

ވީއައިއޭ ޕާކިން ޒޯން ކައިރީ އޮންނަ މަގުން އެއްކޮޅަށް ދުއްވޭ ގޮތަށް ހަދައި، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

24 ސެޕްޓެމްބަރު 2025
ވީއައިއޭ ޕާކިން ޒޯން ކައިރީ އޮންނަ މަގުން އެއްކޮޅަށް ދުއްވޭ ގޮތަށް ހަދައި، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް