Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަންގަލަދޭޝްގެ ބޮޑުވަޒީރު ރާއްޖެ ވަަޑައިގަތުން

ބަންގަލަދޭޝްގެ ބޮޑުވަޒީރު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ދައުވަތު އަރުވަން ނިންމަވައިފި

އިދިކޮޅު ކޯލިޝަނުން ޖަލްސާއަށް ވަޑައި ނުގަންނަވާ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2021 | ހޯމަ 06:31
ބަންގަލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ

ބަންގަލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ

ބަންގަލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ދައުވަތު އަރުވަން ނިންމައިފިއެވެ.

ދައުވަތު އެރުވުމަށް ފާސްކުރީ މިކަމަށްޓަކައި ދައުރުން ބޭރުގައި ބޭއްވި ޚާއްސަ ޖަލްސާގައި ބައިވެރިވެވަޑއިގެންނެވި 44 މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

ހޯމަދުވަހު މިކަމަށްޓަކައި އޮތް ޚާއްސަ ޖަލްސާއަށް މަޖިލީހުގައި ދަފްތަރުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ސިޔާސީ ޕާޓީއަކަށް ދައުވަތު ދެއްވާފައިވާއިރު، ޖަލްސާއަށް އިދިކޮޅު ކޯލިޝަން އަދި ޖުމްހޫރީ ޕާޓީން އެއްވެސް މެމްބަރެއް ވަޑައެއް ނުގަންނަވައެވެ. މަޖްލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ ޕާޓީތަކުން ވަޑައިނުގަތް ނަމަވެސް ޖަލްސާ ބޭވުމަށް އެއްވެސް ޕާޓީއަކުން ދެކޮޅު ކަމެއް ހާމަކޮށްފައި ނުވާ ކަމަށެވެ.

ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ބަންގްލަދޭޝްގެ ބޮޑުވަޒީރު ހަރ އެކްސެލެންސީ ޝައިޚް ހަސީނާ ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް މަޖިލީހަށް ވަޑައިގެންދެއްވުމަށް ދައުވަތު އެރުވުމުގެ މައްސަލައަށް އެމްޑީޕީގެ ފަރާތުން ވާހަކަދައްކަވަމުން ޕީޖީ ލީޑަރ އަލީ އާޒިމް ވިދާޅުވީ، ބަންގްލަދޭޝަކީ ދިވެހިންގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށެވެ. ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ ހިއްސާ ރާއްޖޭގެ އުމްރާނީ ތަރައްގީގައި ބޮޑު ކަމަށާއި، ސުނާމީގައިވެސް ރާއްޖެއަށް ބޮޑެތި އެހީތަކެއް ބަންގްލަދޭޝްއިން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ކޮވިޑްގައިވެސް އެ ގައުމުން ރާއްޖެއަށް ބޮޑެތި އެހީތަކެއް ވެފައިވާ ކަމަށެވެ.

ޝެއިޚް ހަސީނާއަކީ ދިވެހިންގެ ތެރޭގައި މަގްބޫލު ކަނބަލެއް ކަމަށާއި، އެކަމަނާ ދިވެހިންނާ މުޚާތަބު ކުރުމަށް މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ދައުވަތުދޭން ޖެހޭ ކަމަށް އެމްޑީޕީން ގަބޫލް ކުރައްވާ ކަމަށް ޕީޖީ ލީޑަރ އަލީ އާޒިމް ވިދާޅުވިއެވެ.

އެމްއެންޕީގެ ނައިބުރައީސް އަދި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ، އެ ޕާޓީގެ ޚާރިޖީ ސިޔާސަތަކީ އިސްލާމީ ގައުމުތަކާ ގުޅުން ބަދަހި ކުރުމުގެ ސިޔާސަތެއް ކަމަށެވެ. ރާއްޖޭގައި ބަންގްލަދޭޝްގެ އެތައް ރައްޔިތުންނެއް މަސައްކަތް ކުރަމުން އަންނަކަން ރިޔާޒު ފާހަގަކުރެއްވިއެވެ. ބަންގްލަދޭޝަކީވެސް ޓެރަރިޒަމަށް ޒީރޯ ޓޮލަރެންސް ދޭ ގައުމެއްކަމަށާއި، ޝައިޚް ހަސީނާއަކީ، ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައިވެސް އިސް ދައުރެއް އަދާކުރައްވާ ކަނބަލެއް ކަމަށެވެ. އެހެންކަމުން އެއްވެސް ގައުމެއްގެ ބޮޑު ވަޒީރަކަށް ދިވެހި ރައްޔިތުންނާ މުޚާތަބު ކުރުމަށް ފުރުސަތު ދޭނަމަ އެ ފުރުސަތު ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ދޭން ޖެހޭ ކަމަށް އެމްއެންޕީން ގަބޫލްކުރާ ކަމުގައި ވިދާޅުވިއެވެ.

ޝެއިޚް ހަސީނާ ވައިވެރިވެވަޑައިގަންނަވާ ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ވަޒީރުންގެ މަޖިލީހާއި، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން 28 ބޭފުޅަކާއި، މިނިސްޓަރުންގެ ފެންވަރުގެ 8 ބޭފުޅަކަށާއި، ޗީފް އޮފް ޑިފެންސް ފޯސް، ކޮމިޝަނަރ އޮފް ޕޮލިސް، ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރ، ވައިސް ޗާންސެލަރ، މާލެ ސަރަހައްދުގެ ކޮންމެ ސްކޫލަކުން ދެ ދަރިވަރުން ހިމެނޭ ގޮތަށް 153 ބޭފުޅުންނަށް ދައުވަތު އެރުވޭނެ ކަމަށް ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މި ހަފްލާ ކުލަގަދަ ގޮތެއްގައި ފާހަގަ ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަންގްލަދޭޝަކީ ދިވެހިންނާ އެކުވެރި ގައުމުތަކުގެ ތެރެއިން ވަފާތެރި ގައުމެއް ކަމަށެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ވަޑައިގަންނަވާނީ، މި މަހު 22ން 23ށް އެވެ. ޝައިޚް ޙަސީނާގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި އަހަރުގެ މާރޗް މަހު ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

‎އެ ކަމަނާގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މި ވާހަކަފުޅުތަކުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި ދެ ޤައުމުގެ ދެމެދު، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މަސްވެރިކަމާއި މީހުން ބިނާކުރުމާއި ތަޢުލީމަކީ މިހާރުވެސް ދެ ޤައުމުގެ ދެމެދު ގާތް ގުޅުމެއް އޮންނަ ބައެއް ދާއިރާތަކެވެ. ދެ ޤައުމު ދެމެދު ސޮއިކުރެވޭ މި އެއްބަސްވުންތަކާއެކު ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ ހަރުދަނާވެގެންދާނެއެވެ.

ރައްޔިތުންގެ މަޖިލިސްޝެއިޚް ހަސީނާމަޖިލިސްބަންގްލަދޭޝް

ކޮމެންޓް

އިތުރަށް ކިޔާލަން

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު