Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހަސީނާ ފޮނުއްވި ޢީދު ހަދިޔާ

އީދާ ގުޅުވައިގެން ޝެއިޚް ހަސީނާގެ ފޮނި ހަދިޔާ

ބަންގްލަދޭޝްއަކީ އަބަދުވެސް އަނބު ތިޔާގި ގައުމެއް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 21 ޖުލައި 2021 | ބުދަ 12:53
ޝެއިޚް ހަސީނާގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙަށް 500 ކިލޯގެ އަނބު ހަދިޔާކުރެއްވި

ޝެއިޚް ހަސީނާގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙަށް 500 ކިލޯގެ އަނބު ހަދިޔާކުރެއްވި

ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް އެކި ގައުމުތަކުން ހަދިޔާ ބަދިޔާ ބަދަލުކުރެއެވެ. މައުނަވީ ގޮތުންނާއި ރަމްޒީގޮތުންނެވެ. މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި އެއް ގައުމުގެ ވެރިން އަނެއް ގައުމަށް ޒިޔާރަތްކުރުމާއި ރަމްޒީ ތަކެތި ބަދަލުކުރުން އޮވެއެވެ.

ބައިނަލްއަގުވާމީ ޑިޕްލޮމަސީގެ ތެރެއިން ހަދިޔާ ބަދަލުކުރުމަކީ ވަރަށް ކުރީއްސުރެ ގައުމުތަކުގެ އާދައެކެވެ. ޚާއްސަކޮށް އެގައުމެއްގައި އާއްމު ބާވަތްތައް ނުވަތަ ވަކި ކަހަލަ އެއްޗަކަށް އެގައުމެއް ދުނިޔޭގައި މަޝްހޫރުވެފައިވާނަމަ އެ އެއްޗަކުން އަނެއް ގައުމަކަށް ރަމްޒީގޮތެއްގައި ހަދިޔާ ފޯރުކޮށްދިނުމަކީ ދެނެގަތުމާއި އެކުވެރިކަމުގެ އަގު ވަޒަންކުރާކަން ދޭހަކޮށްދިނުމަށް ކޮށްއުޅޭ ކަމެކެވެ.

ބަންގްލަދޭޝްއަކީ މައިގަޑު ގޮތެއްގައި ދަނޑުވެރިކަމުގެ ގައުމެކެވެ. އަނބަކީ އެގައުމުގައި ވަރަށް ތިޔާގި އެއްޗެކެވެ. ބަންގާޅު އަނބަކީ ދުނިޔޭގައި ވަރަށް މަޝްހޫރު އަދި މަގްބޫލުވެސް އެއްޗެކެވެ. އަރަބި ގައުމުތަކުން އެކުވެރި ގައުމުތަކަށް ކަދުރު ފޮނުވާ ގޮތަށް ބަންގްލަދޭޝްއިން އަނބުވެސް ފޮނުވައެވެ. ދިވެހިރާއްޖެއަކީ އަރަބި ގައުމުތަކުން ދޭތެރެ ދޭތެރެއިން ކަދުރު ލިބޭ ގައުމެކެވެ. ކޮންމެ އަހަރަކުހެން ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ފޮނުވައެވެ. އެއީ އިސްލާމީ ރިވެތި އުޚުވަތްތެރިކަމުގެ ރަމްޒެއްގެ ގޮތުން ކުރާ ކަމެކެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚު ހަސީނާގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ރައީސަށް އަނބުގެ ހަދިޔާއެއް ލިބިވަޑައިގެންނެވި ވާހަކަ ނޫސްތަކަށް އެރުމުން ދިވެހީންގެ ސަމާލުކަމަށް މިހަދިޔާ ވަނީ އައިސްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި މިއީ ބަންގްލަދޭޝްގެ ވެރިއެއްގެ ފަރާތްޕުޅުން ރާއްޖޭގެ ވެރިޔަކަށް ލިބިވަޑައިގެންނެވި މިޒާތުގެ ފުރަތަމަ "ފޮނި" ހަދިޔާއެވެ. ޝެއިޚު ހަސީނާގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އެރުވުނީ 500 ކިލޯގެ އަނބެވެ. މި ހަދިޔާ ފޮނުއްވީ ބޮޑު އީދާ ގުޅުވައިގެންނެވެ. އެހެންކަމުން މިއީ އިސްލާމީ ގައުމެއްގެ ވެރިޔަކު އިސްލާމީ އަނެއް ގައުމެއްގެ ވެރިޔަކަށް ކުރެއްވި އީދު ހަދިޔާއެކެވެ. އެކުވެރިކަމާއި ދެނެގަތުމުގެ ރަމްޒެއްގެ ގޮތުންނެވެ.

ކުރިންވެސް ބަޔާންކުރެވުނު ފަދައިން މިއީ ރަމްޒީ ހަދިޔާއެކެވެ. ސައުދީ އަރަބިޔާއިން ރަމަޟާން މަހާ ދިމާކޮށް ދިވެހި ރައްޔިތުންނަށް ޓަނުން ޓަނުން ހަދިޔާކުރާ ކަދުރު ކަހަލަ އެއްޗެއް ނޫނެވެ. ބައެއް ފަހަރު ޚާއްސަ އިހުތިފާލުތަކާ ގުޅުވައިގެން ގައުމުތަކުގެ ވެރިންނަށް އިންޑިޔާގެ ބޮޑުވަޒީރު ލައްޑޫ ޕެކެޓް ވެސް ފޮނުއްވައެވެ. ސުވިޒަލެންޑުގެ ވެރިން ބައެއް ފަހަރު ރަމްޒީ ހަދިޔާގެ ގޮތުގައި އަނެއް ގައުމެއްގެ ވެރިޔަކަށް ސުވިސް ޗޮކްލެޓެއްވެސް ފޮނުއްވައިފާނެއެވެ. މިއީ އެޒާތަކުން ހިނގާ ކަމެކެވެ.

ވަރަށް އާދަޔާ ޚިލާފު ތަކެތިން ހަދިޔާ ބަދަލުކުރާ ގައުމުތައްވެސް ހުރެއެވެ. އަރަބި ގައުމެއް ކަމަށްވާ އޮމާނަށް އެހެން ގައުމެއްގެ ވެރިޔަކު ވަޑައިގެންފިނަމަ ވަރަށް ގިނަފަހަރު ޚަންޖަރެއް ކަހަލަ އެއްޗެއް އަރުވާނެއެވެ. އެވައްތަރުގެ ޚަންޖަރަށް ބައެއް ދިވެހިން ޖަންބިޔާއޭވެސް ކިޔައެވެ. އޮމާނުގެ މަތީފަންތީގެ ބޭފުޅުން ރަސްމީ އިއްޒަތުގައި ތިއްބަވާއިރު އުނަގަނޑުގައި އެކަހަލަ ޖަންބިޔާއެއް ހުންނާނެއެވެ. އެއީ އެގައުމުގެ ޝަރަފާއި އިއްޒަތާއި އާދަކާދަ ރަމްޒުކޮށްދޭ އެއްޗެކެވެ.

ލުބުނާނާއި ޖޯޑަން އަދި އިޒްރޭލާއި ފަލަސްތީނުގެ ވެރިން އެހެން ގައުމުތަކުގެ ވެރިންނަށް ޒައިތޫނި ވެސް ހަދިޔާ ކުރައްވައެވެ. މިއީ އެސަރަހައްދުގައި ވަރަށް ޚާއްސަ އެއްޗެކެވެ. މިޒާތުގެ ކަންކަން ހިނގަނީ ރާއްޖޭގެ މަތީ ފަންތީގެ ބޭފުޅުން އަތޮޅު ތެރެއަށް ވަޑައިގަންނަވާއިރު ވަކި މަސައްކަތަކަށް ނުވަތަ ވަކި އެއްޗަކަށް މަޝްހޫރު ރަށަކަށް ވަޑައިގެންފިނަމަ އެ އެއްޗަކުން ހަދިޔާ އެރުވޭ އުސޫލުންނެވެ. މިސާލަކަށް ކުރީ ޒަމާނުގައި ހުވަދުއަތޮޅު ގައްދޫގެ ރައްޔިތުންގެ ފަރާތުން ވެދުންކުރަނީ ތުނޑު ކުނަލެކެވެ. މަޣުރިބު ކަރައިގައިނަމަ އެންމެ ޚާއްސަ އެއްޗަކީ ދޫލައެވެ.  

އަޟްހާ އީދުބަންގްލަދޭޝްޝެއިޚް ހަސީނާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު