Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝެއިޚް ހަސިނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅު

ޝެއިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި 4 އެއްބަސްވުމެއްގައި ސޮއިކޮށް، 13 އަސްކަރީ އުޅަނދު ހަދިޔާކުރައްވާނެ

ރައްޔިތުންގެ މަޖިލީހުގައި ބުރާސްފަތި ދުވަހުގެ ހަވީރު 4:00ގައި އެކަމަނާ ތަގުރީރު ކުރައްވާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2021 | އަންގާރަ 08:43
ޝެއިޚް ހަސީނާ - ބަންގްލަދޭޝްގެ ބޮޑުވަޒީރު

ޝެއިޚް ހަސީނާ - ބަންގްލަދޭޝްގެ ބޮޑުވަޒީރު

ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި 4 އެއްބަސްވުމެއްގައި ސޮއިކޮށް، 13 އަސްކަރީ އުޅަނދު ރާއްޖެއަށް ހަދިޔާކުރައްވާނެކަން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ޝެއިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން އެ ގައުުމުގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޫމިން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވާނީ ބުދަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި އެވޮއިޑެންސް އޮފް ޑަބަލް ޓެކްސޭޝަން، ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމަކާއި ޒުވާނުންނާއި ކުޅިވަރާ ގުޅޭދާއިރާގެ އެއްބަސްވުމެއް ހިމެނެއެވެ. އަދި ސިއްޙީ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ރާއްޖެއާއި ބަންގްލަދޭޝްއާދެމެދު ވެފައިވާ އެއްބަސްވުން އައުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

Advertisement - newsAdvertisement

ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ގޮތުން ބުރާސްފަތި ދުވަހު އެކަމަނާއަށް ގާރޑް އޮފް އޮނަރއެއް އަރުވާނެއެވެ. ދެގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތަކަށްފަހު ގުޅިފައިވާ ބަޔާނެއް ދެއްވުމަށްވަނީ ހަމަޖެހިފައެވެ. އެއަށްފަހު ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކުގައި ސޮއި ކުރައްވާނެއެވެ. އެއަށްފަހު ރައްޔިތުންގެ މަޖިލީހުގައި ބުރާސްފަތި ދުވަހުގެ ހަވީރު 4:00ގައި އެކަމަނާ ތަގުރީރު ކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ނާއިބުރައީސް ފައިސަލް ނަސީމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާ ހޮޓެލް ޖެންގައި ބައްދަލު ކުރައްވާނެއެވެ.

މި މަހުގެ 24 ވަނަ ދުވަހު ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާ ވާރޗުއަލްކޮށް އެކަމަނާ ބައްދަލު ކުރައްވާނެއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގަންނަވާނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށް ބަންގްލަދޭޝްގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ޝެއިޚް ހަސީނާބަންގްލަދޭޝް މީޑިއާބަންގްލަދޭޝްރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު