Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝައިޚް ހަސީނާގެ ދަތުރުފުޅު

ގްރީން ޒޯން ހިމެނޭ ގޮތަށް ބައެއް ސަރަހައްދުތައް ބަންދު ކުރަނީ

22 ޑިސެމްބަރު 2021 | ބުދަ 04:38

ބުރާސްފަތި ދުވަހުގެ ހެނދުނު 07:00 އިން ފެށިގެން ރޭގަނޑު 9:00 އާ ހަމައަށް އެކި ވަގުތުތަކުގައި މަގުތައް ބަންދުވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 ޑިސެމްބަރު 2021 | ބުދަ 04:38
ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދުކުރުމަށް ވަނީ ނިންމާފައި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދުކުރުމަށް ވަނީ ނިންމާފައި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާ ގުޅިގެން ބުރާސްފަތި ދުވަހުގެ ވަކި ވަގުތުތަކެއްގައި ގްރީން ޒޯން ހިމެނޭހެން ބައެއް މަގުތައް ބަންދުވާނެކަމަށް ފުލުހުން ބުނެފިއެވެ.

ޝައިޚް ހަސީނާ ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން މާލޭ ސިޓީގައި ކުރިއަށް ގެންދާ ހަރަކާތްތަކާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ގްރީން ޒޯން ހިމެނޭހެން ރައްޔިތުންގެ މަޖިލިސް ކުރިމަތިން އޮންނަ ޕާކިން ޒޯނާއި، ޝަހީދު ހުސައިން އާދަމް ބިލްޑިންގ ފަހަތުގައި އޮންނަ ޕާކިން ޒޯން ހުސްކުރުމަށް ވަނީ އަންގާފައެވެ.

ބަންދުކުރުމަށް ނިންމާފައިވަނީ އެމްއެމްއޭ ކުރިމަތިން ބޮޑުތަކުރުފާނު މަގުން ފެށިގެން ގޮސް ރައީސް އޮފީހުގެ އިރުމަތީ ކަންމައްޗާ ހަމައަށް، އަދި އިސްލާމީ މަރުކަޒު ޗާންދަނީ މަގު ކަންމަތިން ފެށިގެން ގޮސް މަޖީދިއްޔާ ސްކޫލާ ހަމައަށާއި، އެ މަގުތަކާ ގުޅިފައިވާ ހުރަސް މަގުތަކުގެ އިތުރުން ސަލްޓަން ޕާކް ކުރިމަތިން ކުރީގެ ދިރާގު އިމާރާތް ހުރި ޖަންކްޝަނުން ފެށިގެން ގޮސް އާޓް ގެލެރީއާއި އެ މަގުތަކާ ގުޅިފައިވާ ގޯޅިތަކެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލިސް ހިމެނޭ ސަރަހައްދުތަކުގެ ބައެއް މަގުތަކާއި ގޯޅިތައް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.

މަގުތައް ބަންދުކުރުމަށް ނިންމާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 07:00 އިން ފެށިގެން ރޭގަނޑު 9:00 އާއި ހަމައަށެވެ. އަދި އެކި ވަގުތުތަކުގައި ފައިމަގުގައި އުޅޭ މީހުންނާއި ދުއްވާ ތަކެއްޗަށް ނުވަދެވޭ ގޮތަށް މަގުތައް ބައެއް މަގުތައް ބަންދުކުރުމަށްވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު މި ސަރަހައްދުގައި ހުރި ޕާކިންގ ޒޯންތައް ހުސްކުރުމަށް ހަމަޖެހިފައިވާތީ ބުދަ ދުވަހުގެ ރޭގަނޑު 10:00ގެ ކުރިން ޕާކިންގ ޒޯންތަކުގައި ހުރި އުޅަނދުތައް ނަގައި ޒޯންތައް ހުސްކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި އެކި ވަގުތުތަކުގައި އެސަރަހައްދަށް އެކި ބޭނުންތަކަށްދާ ފަރާތްތަކުން ފުލުހުން އަންގާ ގޮތެއްގެމަތިން އަމަލުކުރުމަށް ވަނީ އަންގާފައެވެ.

ޝެއިޚް ހަސީނާރައްޔިތުންގެ މަޖިލިސްރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް