Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް

ސެންޓްރަލް ޒޯން މުބާރާތަށް އަންހެން ވޮލީ ޓީމު ބަންގްލަދޭޝްއަށް

މުބާރާތް އޮންނާނީ މި މަހުގެ 23-28 ވަނަ ދުވަހުގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2021 | އަންގާރަ 10:41
ބަންގްލަދޭޝްއަށް ފުރުމުގެ ކުރިން އަންހެން އަދި ފިރިހެން ވޮލީ ޓީމުގެ ކުޅުންތެރިން

ބަންގްލަދޭޝްއަށް ފުރުމުގެ ކުރިން އަންހެން އަދި ފިރިހެން ވޮލީ ޓީމުގެ ކުޅުންތެރިން

މި މަހު ފަށާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު ބަންގްލަދޭޝްއަށް ފުރައިފިއެވެ.

މި ފަހަރުގެ މުބާރާތް އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގައެވެ. މި މުބާރާތުގައި ވާދަކުރުމަށް އަންހެން ޓީމު ބަންގްލަދޭޝްއަށް ފުރާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ މުބާރާތުގައި އަންހެން ޓީމާއެކު ފިރިހެން ޓީމުވެސް ވާދަކުރަން ހަމަޖެހިފައިވީ ނަމަވެސް، ކޮވިޑް-19 އަށް ޑައިރެކްޓް ކޮންޓެކްޓުވި ބަޔަކު ޓީމުގައި ތިބުމުން އަންގާރަ ދުވަހުގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމަށް ބަންގްލަދޭޝްއަށް ފުރިފައެއް ނުވެއެވެ.

މި ފަހަރުގެ ސެންޓްރަލް ޒޯން އަންހެން މުބާރާތުގައި ރާއްޖެއާއެކު ވާދަކުރާނީ ބަންގްލަދޭޝް އާއި، ނޭޕާލާއި، ސްރީ ލަންކާ އާއި، ކިރްގިސްތާން އަދި އުޒްބެކިސްތާނެވެ. މި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމުން ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު އުޒްބެކިސްތާނާ ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗުގައި ހުކުރު ދުވަހު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

އަދި ތިންވަނަ މެޗުގައި ހޮނިހިރު ދުވަހު ލަންކާއާ ދެކޮޅަށް ނުކުންނައިރު، ހަތަރުވަނަ މެޗުގައި އާދީއްތަ ދުވަހު ރާއްޖެ ނުކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ. އަދި މުބާރާތުގެ ފަހު މެޗުގައި ހޯމަ ދުވަހު ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މި މުބާރާތް ރާވާފައިވާ ގޮތުން ހަ ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، ފައިނަލުގައި ކުޅޭނީ ރޭންކިންގެ ކުރީގައި އޮންނަ ދެ ޓީމެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ސެންޓްރަލް ޒޯން މުބާރާތް މި ފަހަރު ބާއްވާއިރު، މި މުބާރާތުގައި ވާދަކުރާ އަންހެން ވޮލީބޯޅަ ޓީމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މީގެ ކުރިން ގައުމީ އަންހެން ވޮލީ ޓީމުގައި ހިމެނޭ ސީނިއާ ބައެއް ކުޅުންތެރިން މި ފަހަރުގެ ޓީމުގައި ނުހިމެނެއެވެ. މި ފަހަރުގެ މުބާރާތާ އަންހެން ޓީމު ކުރިމަތިލާނީ މީގެ ކުރިން ދިވެހި ސިފައިންގެ ކުލަބުގެ ކޯޗުގެ މަގާމު އަދާކުރި މުމްތާޒް އަލީ (މުންތޭ) ގެ އިރުޝާދުގެ ދަށުންނެވެ.

މި ފަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރުމަށް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމަށް ބަންގްލަދޭޝްއަށް ފުރިފައި ނުވި ނަމަވެސް، މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފިރިހެން ވޮލީ ޓީމުން ވަނީ ވަރުގަދައަށް ތައްޔާރުވެފައެވެ. އެގޮތުން މުބާރާތުގެ ކުރިން ރާއްޖޭގައި ފިރިހެން ޓީމުން ވަނީ ލަންކާއާ ދެކޮޅަށް އެކުވެރިކަމުގެ ތިން މެޗެއް ކުޅެފައެވެ. އަދި އޭގެ ފަހުން ވަނީ އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށްވެސް ތިން މެޗެއް ކުޅެފައެވެ.

މި ފަހަރުގެ މުބާރާތާ ފިރިހެން ޓީމު ކުރިމަތިލާނީތަޖުރިބާކާރު ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ގެ އިރުޝާދުގެ ދަށުންނެވެ. އަދި މި މުބާރާތަށް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަނުގެ މަގާމަށް ތަޖުރިބާކާރު ވޮލީ ކުޅުންތެރިޔާ އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) ވަނީ ހަމަޖައްސާފައެވެ.

ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރުމަށް އަންގާރަ ދުވަހު އަންހެން ވޮލީ ޓީމު ބަންގްލަދޭޝްއަށް ފުރިއިރު، މި މުބާރާތް ކަވަރުކުރުމަށް އެ ޓީމާއެކު ރާއްޖެޓީވީ ސްޕޯޓްސްގެ ސީނިއާ ވީޑިއޯ ޖާނަލިސްޓް އަބްދުﷲ އަތޫފް އާތިފްވެސް ވަނީ ބަންގްލަދޭޝްއަށް ފުރާފައެވެ.

އަތޫފް ނޫސްވެރިކަމުގެ ދާއިރާއަށް ތައާރަފްވެގެންދިޔައީ 2019 ވަނަ އަހަރު ރާއްޖެ ޓީވީގައެވެ. އޭނާއަކީ ރާއްޖޭގައި ހިނގާ ކުޅިވަރު ހަރަކާތްތައް ޝައުގުވެރިކަމާއެކު ކަވަރުކުރާ ކުޅަދާނަ ނޫސްވެރިއެކެވެ. އެގޮތުން 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވުނު ސައުތު އޭޝިއަން ގޭމްސް އަތޫފް ވަނީ ކަވަރުކޮށްފައެވެ. އަދި އޭނާ އަކީ ރާއްޖެޓީވީގެ ސީނިއާ ވީޑިއޯ ޖާރނަލިސްޓެއްގެ ހައިސިއްޔަތުން ރާއްޖޭގައި ހިނގަމުން އަންނަ ތަފާތު އެކި ކަންކަން ކިޔުންތެރިންނާ ހަމަޔަށް ގެނެސްދިނުމަށްވެސް ވަރުބަލި ކަމެއްނެތި މަސައްކަތްކުރަމުން އަންނަ ނޫސްވެރިއެކެވެ.

ގައުމީ އަންހެން ވޮލީބޯޅަ ޓީމުގައުމީ ވޮލީބޯޅަ ޓީމުވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު