Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
6 އެއަރޕޯޓެއް އެޅުމަށް އިއުލާންކުރުން

ރ އަތޮޅުގެ ދެކުނުބިތް ހިމެނޭގޮތަށް، 6 ރަށެއްގައި އެއަރޕޯޓް ހަދަން އިއުލާންކޮށްފި

ރ. އަތޮޅު ދެކުނުބިތުގައި އެއަރޕޯޓް އެޅުމަށް ހަމަޖެހިފައިވާ ރަށް އަދި ކަނޑައެޅިފައެއްނުވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2021 | ހޯމަ 17:33
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް

ކްރޮސް-ސަބްސިޑީގެ ގޮތުގައި ރާއްޖޭގެ ހަ ރަށެއްގައި އެއަރޕޯޓް ތަރައްގީކުރާނެ، ނުވަތަ ތަރައްގީ ކުރުމަށް ފައިނޭންސް ކުރާނެ ބަޔަކު ހޯދުމަށް ޕްލޭނިންގ މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީން އިއުލާންކުރި އެއަރޕޯޓްތަކުގެ ޖުމްލަ އަދަދު 133،900،000 (ސަތޭކަ ތިރީސްތިން މިލިއަން ނުވަދިހަ ހާސް) ޑޮލަރަށް އަރައެވެ. އެއީ ދިވެހި ރުފިޔާއިންނަމަ 2 ބިލިއަން ރުފިޔާއެވެ. މިއަހަރުގެ ކުރީކޮޅުވެސް ސަރުކާރުން ވަނީ ރާއްޖޭގެ ހަތަރު ރަށެއްގައި އެއަރޕޯޓް ތަރައްގީކުރުމަށް ހުޅުވާލާފައެވެ. އެފަހަރު އިއުލާންކޮށްފައިވާ ރަށްތަކަކީ ބ. ތުޅާދޫ، ށ. ބިލެއްފަހި، ތ. ވިލުފުށި އަދި ހދ. މަކުނުދޫ އެވެ. މިފަހަރު އިއުލާންކޮށްފައިވަނީ މިހަތަރު ރަށުގެ އިތުރުން ރ އަތޮޅުގެ ދެކުނު ބިތުގަޔާއި ފ. މަގޫދޫގައި އެއަރޕޯޓެއް ތަރައްގީކުރުމަށެވެ. ޕްލޭނިންގ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ރ. އަތޮޅު ދެކުނުބިތުގައި އެއަރޕޯޓް އެޅުމަށް ހަމަޖެހިފައިވާ ރަށް އަދި ކަނޑައެޅިފައިނުވާކަމަށެވެ.

Advertisement - newsAdvertisement

ރ. އަލިފުށީ ބިން ހިއްކުމުގެ މަސައްކަތާއި އެރަށުގައި އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. އަލިފުށީގައި އެއަރޕޯޓް އެޅުމަށް މިއަހަރުގެ ސެޕްޓެމްބަރ މަހު ނިންމައި، އެކަން އެމްޓީސީސީއާ ހަވާލުކުރުމާއި ގުޅިގެން އެއަތޮޅުގެ ގިނަ ބަޔެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވިއެވެ. އޭގެފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ރ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، އެއަތޮޅުގެ ދެކުނު ބިތުގެ ރަށްރަށުގެ ކައުންސިލްތަކުން ރައީސާ ބައްދަލުކުރައްވައި، ދެކުނު ބިތަށް އެއަރޕޯޓެއް މުހިންމުކަމުގެ ވާހަކަ ވަނީ ހިއްސާކުރައްވާފައެވެ. އެދަތުރުފުޅުގައި ރައީސް ވަނީ ރ އަތޮޅުގެ ދެކުނު ބިތުގައިވެސް އެއަރޕޯޓެއް އަޅުއްވައިދެއްވާނެކަމަށް ވައުދުވެވަޑައިގަންނަވާފައެވެ. އަލިފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށް، ދެކުނު ބިތުގައި އިތުރު އެއަރޕޯޓެއް އަޅަން ނިންމާފައިވާއިރު، އެ އަތޮޅު އިފުރުގައި މިހާރު ވެސް އަންނަނީ ޑޮމެސްޓިކް އެއާޕޯޓެއް ހިންގަމުންނެވެ.

ކްރޮސް ސަބްސިޑީގެ އުސޫލުން ޑޮމެސްޓިކް އެއަރޕޯޓްތައް ތަރައްޤީކުރުމަށް ނުވަތަ ތަރައްޤީ ކުރުމަށް ފައިނޭންސް ކުރުމަށް ހުޅުވާލާފައިމިވަނީ ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު ގެ 7 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. ކްރޮސް ސަބްސިޑީ ކަމަށް މިގަވާއިދުގައި މާނަކޮށްފައިވަނީ، ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލައި އިއުލާނުކޮށްފައިވާ އުސޫލުތަކެއްގެ މަތިން ހިންގާ މަޝްރޫއެއް ހަވާލުކުރެވޭ ފަރާތަކުން، ދުރާލައި ކަނޑައަޅައިފައިވާ އަދަދަކަށް އެ ފަރާތުގެ އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން އެ މަސައްކަތް ކުރާ ކަމަށް ޓަކައި، އެ މަސައްކަތުގެ އަގުގެ މުގާބިލުގައި ދައުލަތުން އެ ފަރާތަށް ދޭ އިނާޔަތެއްގެ ގޮތުގައި ނުވަތަ ލުޔެއްގެ ގޮތުގައި ނުވަތަ ބަދަލެއްގެ ގޮތުގައި، ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅަށެވެ. 

ޕްލޭނިންގ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ކޮންމެ އެއަރޕޯޓަކަށް ހޭދަވާނެކަމަށް އަންދާޒާކޮށްފައިވާ އަދަދުތަކަކީ:

ހދ. މަކުނުދޫ : 23,300,000 ޑޮލަރު

ށ. ބިލެތްފަހި: 23,600,000 ޑޮލަރު

ބ. ތުޅާދޫ: 21,900,000 ޑޮލަރު

ތ. ވިލުފުށި: 33,300,000 ޑޮލަރު

ފ. މަގޫދޫ: 8,200,000 ޑޮލަރު

ރ. އަތޮޅު ދެކުނުބިތުގައި: 23,600,000 ޑޮލަރު

ޕްލޭނިންގ މިނިސްޓްރީން ބުނީ; މިއިން ކޮންމެ އެއަރޕޯޓަކީ ވަކި މަޝްރޫއެއް ކަމަށެވެ. ޝައުގުވެރިކަން ފާޅުކުރުމުގައި، ތަރައްގީ ކުރަނީ ނުވަތަ ފައިނޭންސް ކުރަނީ ކޮން އެއަރޕޯޓު މަޝްރޫއަކަށް ކަން ބަޔާންކުރަންވާނެކަމަށެވެ.

ޝައުޤުވެރިކަން ފާޅުކުރުމުގައި، ހަމައެކަނި ފައިނޭންސް ކުރާނަމަ، އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ފަސް މިލިޔަން އެމެރިކާ ޑޮލަރެވެ. ޝައުގުވެރިކަށް ފާޅުކުރުމުގައި، މުޅި އެއަރޕޯޓް ތަރައްގީކުރުމަށް، ނުވަތަ ފައިނޭންސް ކުރުމަށް ވެސް ހުށަހެޅިދާނެއެވެ. އެއަރޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓުގެ އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކްއިޒިޝަން ކޮސްޓާ، އެ ތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައި ކަނޑައިދެވޭނެއެވެ.

މި މޮޑެލްގެ ދަށުން، ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު (އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ)ގެ ދަށުން، ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ. އީމެއިލުން ނަމަ ފޮނުވާނީ، proposals@trade.gov.mv އަށެވެ. ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅުމުގައި، އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށްފައި، އެ ފޯމު ހުށަހަޅަންވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެއަރޕޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަޅާނެ ތަނެއް ކަނޑަނޭޅުނު

ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަޅާނެ ތަނެއް ކަނޑަނޭޅުނު

21 އޮކްޓޯބަރު 2025
ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!

ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!

14 އޮކްޓޯބަރު 2025
އަމިއްލަ ދަތުރުތަކަށް އެންމެ ގިނައިން ވީއައިޕީ ބޭނުންކުރީ މަޖިލިސް ނައިބްރައީސް ނާޒިމް

އަމިއްލަ ދަތުރުތަކަށް އެންމެ ގިނައިން ވީއައިޕީ ބޭނުންކުރީ މަޖިލިސް ނައިބްރައީސް ނާޒިމް

03 ސެޕްޓެމްބަރު 2025
މަތިވެރީ ގައި އެއަރޕޯޓެއް ތަރައްގީ ކުރަނީ

މަތިވެރީ ގައި އެއަރޕޯޓެއް ތަރައްގީ ކުރަނީ

19 އޯގަސްޓު 2025
އޭވިއޭޝަން ސެކިއުރިޓީގެ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށް، ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި: ފަޔާޒް

އޭވިއޭޝަން ސެކިއުރިޓީގެ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށް، ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި: ފަޔާޒް

10 ޖުލައި 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު