Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެޒިޑެންޓްސް ކަޕް

ސަސް ބަލިކޮށް މާޒިޔާއަށް ރަނގަޅު ފެށުމެއް

20 ޑިސެމްބަރު 2021 | ހޯމަ 13:53

މެޗުގެ ކުރިން މާޒިޔާއަށް ލީގުގެ ޝީލްޑް ހަވާލުކުރި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 ޑިސެމްބަރު 2021 | ހޯމަ 13:53
މާޒިޔާ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން

މާޒިޔާ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން

ޕްރެޒިޑެންޓްސް ކަޕުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފެށުން ރަނގަޅުކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުން މާޒިޔާ މޮޅުވީ ސަސް އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 21 ވަނަ މިނެޓުގައި މާޒިޔާގެ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން އޭރިއާ ބޭރުން މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް އައިސަމް ފޮނުވާލި ހަމަލާއެއް ސަސްގެ ގޯލްކީޕަރު މުޙައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ލީޑު ނެގިއިރު، މެޗުގެ 28 ވަނަ މިނެޓުގައި މުޙައްމަދު އުމެއިރު ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ދެ ޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 60 ވަނަ މިނެޓުގައި ސަސްގެ ޔަސްފާދު ހަބީބް (މުލަކޭ) އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭނާ ހުހަށްހުރެ ފޮނުވާލި ހަމަލާއެއް މާޒިޔާގެ ބިދޭސީ ގޯލްކީޕަރު ކިރަން ކުމާރް ލިމްބޫ ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި މާޒިޔާއިން ލީޑު ފުޅާކޮށްފައިވަނީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. އިބްރާހީމް އައިސަމް ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އެވެ. މި މެޗުގައި އަކޫ ލަނޑު ޖެހިއިރު، މިއީ މި ސީޒަނަށް މާޒިޔާއާ އަލުން ގުޅުމަށްފަހު އަކޫ އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.

މި މެޗުން މާޒިޔާ މޮޅުވިއިރު، މި މެޗު ފެށުމުގެ ކުރިން އެ ޓީމަށް ވަނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޝީލްޑް ހަވާލުކޮށްފައެވެ. މާޒިޔާއަށް މިިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަންކަން ލިބުނީ ކޮވިޑް-19ގެ ސަބަބުން ލީގުގެ ތިންވަނަ ބުރު ނުކުޅޭ ގޮތަށް ނިންމުމުންނެވެ. އެއާއެކު ހޯމަ ދުވަހުގެ މެޗުގ ފެށުމުގެ ކރުިން މާޒިޔާއާ ޝީލްޑް ހަވާލުކޮށްދެއްވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މީގެ އިތުރުން މި މެޗު ފެށުމުގެ ކުރިން ވަނީ ހޯމަ ދުވަހު އަވަހާރަވި ނިޝާން ޢިއްޒުދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ހަނދާނުގައި ސުކޫތެއް ގެނެސްފައެވެ. އަދި އުމަރު ޒާހިރު ކުޅިވަރަށް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް އެކަން ދަނޑުގައި އިއުލާނުކުރިއެވެ.

ޕްރެޒިޑެންޓްސް ކަޕްމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
25 ސެޕްޓެމްބަރު 2025

ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު

25 ސެޕްޓެމްބަރު 2025
ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު
16 ސެޕްޓެމްބަރު 2025

އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި

16 ސެޕްޓެމްބަރު 2025
އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި
14 ސެޕްޓެމްބަރު 2025

މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ

14 ސެޕްޓެމްބަރު 2025
މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ
01 ސެޕްޓެމްބަރު 2025

ސަސް ތިން ވަނަ ޑިވިޝަން އަށް ރެލިގޭޓުކޮށް، ބޮޑު ޖޫރިމަނާއެއް

01 ސެޕްޓެމްބަރު 2025
ސަސް ތިން ވަނަ ޑިވިޝަން އަށް ރެލިގޭޓުކޮށް، ބޮޑު ޖޫރިމަނާއެއް
06 މެއި 2025

އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް

06 މެއި 2025
އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް