Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުނީޒް ޓެގްއެޅުވުން

ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުނީޒް، ޓެގްއަޅުވައިފި

މުނީޒްގެ މައްޗަށް މޮނިކޮން އަމުރު ނެރިފައިވަނީ އާދީއްތަ ދުވަހުގެ ރޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2021 | ހޯމަ 08:52
އަލީ މުނީޒް - އޭނާ ކޯޓުން ދޫކޮށްލީ މި މަހުގެ 15 ވަނަ ދުވަހު

އަލީ މުނީޒް - އޭނާ ކޯޓުން ދޫކޮށްލީ މި މަހުގެ 15 ވަނަ ދުވަހު

ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒުގެ މައްޗަށް މޮނިކޮން އަމުރެއްނެރެ ޓެގު އަޅުވައިފިއެވެ.

ރާއްޖެއެމްވީއަށް ކަށަވަރު ވެފައިވާ ގޮތުގައި މުނީޒްގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފައިވަނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ހައިކޯޓުންނެވެ. އަދި މޮނިކޮން އަމުރާ އެއްގޮތަށް އޭނާގެ ފައިގައި ވަނީ ޓެގް އަޅުވާފައެވެ.

Advertisement - newsAdvertisement

ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވަނިކޮށް މުނީޒްގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފައިވަނީ އޭނާގެ ބަލި ހާލަތު ހުރިގޮތުން ބަންދުން ދޫވުމުންނެވެ. މި މައްސަލައިގައި މުނީޒްގެ އިތުރުން އިތުރު 7 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

މުނީޒްގެ ބަލިހާލަތު ހުރިގޮތުން ޝަރުތު ތަކަކާއެކު ބަންދުން ދޫކޮށްލާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އޭނާގެ ބަލިހާލަތު ހުރިގޮތުން މިދިޔަ މަހު ވެސް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައެވެ. މީގެ އިތުރުން ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް އޭނާ ވަނީ ކޮށްފައެވެ.

މުނީޒް ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާ އެކު މާލޭ ބަންދަށެވެ. އަދި ކޯޓަށް ބަރާބަރަށް ހާޒިރުވުމަށާއި، އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުނިކުތުމަށާއި، ކޮންމެ ދުވަހަކު ހެނދުނު 8:00 އިން 12:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެ ސޮއިކުރުމަށް ވަނީ ޝަރުތު ކޮށްފައެވެ. މި މައްސަލައިގައި ހެކިބަސް ދޭނެ ކަމަށް ލަފާކުރެވޭ އެއްވެސް މީހަކާ މުއާމަލާތް ނުކުރުމަށާއި ސިއްހީ ލިޔެކިޔުންތައް ކޮންމެ 15 ދުވަހަކުން ކޯޓަށާއި އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށްވެސް ވަނީ އަމުރުކޮށްފައެވެ.

މުނީޒް ހިމެނޭ ގޮތަށް މި 7 މީހުންގެ މައްޗަށްދައުވާއުފުލާފައިވަނީ، ތިމަރަފުށީގައި ދީނުގެ ނަމުގައި ޓެރަރިސްޓް ޖަމާޢަތްތަކަށް ތާޢީދުކޮށް ޓެރަރިޒަމަށް ހިތްވަރުދީ ޓެރަރިސްޓް ޖަމާޢަތްތަކުގެ ޢަމަލުތަކަކީ ސަބަބުވެރި ޢަމަލުތަކެއް ކަމަށް ދައްކައި ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ އިރުޝާދުގެ ދަށުން ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ ޢަމަލުތައް ކުރުމަށް ރާވައި އެކަމަށް ހިތްވަރު ދޭތީކަމަށް ވެއެވެ.

އަދި ތިމަރަފުށީގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ އިސްފަރާތްތަކުން އޮޕަރޭޓްކުރާ "ނަސާޙް 3" ދޯނި ތެރޭގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ)އެއް ތައްޔާރު ކުރުމަށްފަހު އައި.އީ.ޑީ ގޮއްވާލައި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ކުރުވުމަށް ތައްޔާރީތައް ވަމުން ދިއުމުގެ ތުހުމަތު ވެސް އެމީހުންގެ މައްޗަށް ކުރެވެއެވެ.

މީގެއިތުރުން، ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށް ގޮސް ހަނގުރާމައިގެ އެކި އުކުޅުތައް ދަސްކޮށް، ތަމްރީނުތައް ހަދަމުން ގެންދިއުމާއި، ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިރުކު ފެތުރުމުގެ ގޮތުން އެރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކަށް ހިތްވަރުލިބޭފަދަ ކްލާސްތައް ހިންގައި، ތިމަރަފުށީގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިން ހަރުކަށި ފިކުރަށް ލެންބުވުމަށް މަސައްކަތްކޮށްފައިވާ ކަމަށް ވެސް އެމީހުންގެ މައްޗަށް ތުހުމަތު ކުރެވެއެވެ.

ތ. ތިމަރަފުށިހަރުކަށި ފިކުރުހައި ކޯޓުކްރިމިނަލް ކޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު