Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19، ރާއްޖޭގެ ހާލަތު

އަތޮޅުތަކުން ޕޮޒިޓިވްވި 87 މީހުންނާއެކު، އިތުރު 131 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެ

އެކްޓިވް ކޭހުގެ ގޮތުގައި ގުނަމުންދަނީ 2019 ކޭހެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ޑިސެމްބަރު 2021 | ހޮނިހިރު 18:20
މާލެ ސަރަޙައްދުގައި ކޮވިޑް-19އަށް ރެންޑަމް ސާމްޕަލް ނެގުމަށް ޓީމުތަކުން ޙަރަކާތްތެރިވަނީ

މާލެ ސަރަޙައްދުގައި ކޮވިޑް-19އަށް ރެންޑަމް ސާމްޕަލް ނެގުމަށް ޓީމުތަކުން ޙަރަކާތްތެރިވަނީ

އިތުރު 131 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޕޮޒިޓިވްވި 131 މީހުންގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 22 މީހުންނެވެ. އަތޮޅުތަކުން 87 މީހުން ޕޮޒިޓިވްވިއިރު ހިނގަމުންދާ ރިސޯޓްތަކުން 22 މީހުން ކޮވިޑަށް ޕޮޒިޓިވްވިއެވެ. މިއާއެކު މުޅި ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 93،864ށް އަރާފައެވެ. މީގެތެރެއިން 91،573 މީހުން ބަލިން ރަނގަޅުވެފައިވާއިރު، އެކްޓިވް ކޭހުގެ ގޮތުގައި ގުނަމުންދަނީ 2019 ކޭހެވެ. މީގެތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 15 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

Advertisement - newsAdvertisement

ރާއްޖެއިން މިބަލީގައި 259 މީހަކު ވަނީ ނިޔާވެފައެވެ

ރާއްޖެއިން ފެންނަމުންދާ ކޮވިޑް-19ގެ ކޭސްތަކަށް ބަލާއިރު، މާލެ ސަރަހައްދުން ފެންނަ ކޭސްތަކުގެ އަދަދު މަދުނަމަވެސް އަތޮޅުތަކުން ފެންނަ ކޭސްތަކުގެ އަދަދު މަތީގައި ހުންނަތާ ވަނީ ދުވަސްތަކެއް ވެފައެވެ.

ރާއްޖޭގެ ކޮވިޑްގެ ހަލާތަށް ބަލާއިރު، ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19ގެ އައު ވޭރިއެންޓްކަމުގައިވާ އޮމިކްރޯންގެ އިތުރު 4 ކޭސް ރާއްޖެއިން ވަނީ ފެނިފައެވެ. އެކަމުގެ އިތުރު ތަފްސީލް ދެއްވަމުން އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، އޮމިކްރޯނަށް ޕޮޒިޓިވްވެފައި ވަނީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ކަމަށެވެ. އަދި މި މީހުންނަކީ އެފްރިކާގެ ދެކުނު ގައުމުތަކަށް މިފަހުން ދަތުރުކޮށްފައިވާ މީހުން ކަމަށެވެ.

މިކަމާ ގުޅިގެން ރިސްކް އެސެސްމެންޓްތައް މިހާރު ހަދަމުން އަންނަކަން ފާހަގަކުރައްވައި ޑރ. އަފްޒަލް ވިދާޅުވީ، އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތަކާމެދު މިހާރު މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.

ކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު