Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެރިކްސަންގެ އެއްބަސްވުން އުވާލުން

އެރިކްސަންގެ އެއްބަސްވުން ދެ ފަރާތް އެއްބަސްވެގެން އުވާލައިފި

އަޔަކްސްއަށް ބަދަލުވާން އެރިކްސަން ބޭނުންވާ ކަމަށް ބުނޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2021 | ހޮނިހިރު 09:18
އިންޓަ މިލާނަށް ކުޅެމުން އައި ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން

އިންޓަ މިލާނަށް ކުޅެމުން އައި ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން

މި ސީޒަނުގެ އިޓާލިއަން ލީގުގައި ކުޅުމުގެ ހުއްދަ ނުލިބުމުން އިންޓަ މިލާނުން އެ ޓީމަށް ކުޅެމުން އައި ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ އެއްބަސްވުން ދެ ފަރާތް އެއްބަސްވެގެން އުވާލައިފިއެވެ.

މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި އުމުރުން 29 އަހަރުގެ އެރިކްސަން ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓުނެވެ. އެއާއެކު ދަނޑު މަތީގައި އެތައް އިރެއް ވަންދެން އެރިކްސަނަށް ފަރުވާދިންއިރު، އޭނާ ވަނީ ފަހުން ހޮސްޕިޓަލަށް ގެންގޮސް އޮޕަރޭޝަނެއް ކޮށްފައެވެ.

އެ އޮޕަރޭޝަނަކީ އެރިކްސަނުގެ ހިތަށް އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) އެއް ލެއްވުމަށް ކުރި އޮޕަރޭޝަނެކެވެ. އެކަމަކު އައިސީޑީ ލައްވައިގެން ހުރެ އިޓަލީގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުމަކީ މަނާ ކަމެކެވެ. އެހެންކަމުން އައިސީޑީ ނުލައްވައި އެރިކްސަނަށް އިޓާލިއަން ލީގުގައި ކުޅެވޭތޯ ބަލަން ޓެސްޓުތަކެއް ހެދިއިރު، މި ވަގުތުގެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާއަށް މި ސީޒަނުގެ އިޓާލިއަން ލީގުގައި ނުކުޅެވޭނެ އިންޓައިން ވަނީ ބުނެފައެވެ. އެހެންކަމުން ހުރިހާ ބައެއްގެ މަޝްވަރާގެ މަތިން އެރިކްސަންގެ އެއްބަސްވުން އިންޓައިން މިހާރު ވަނީ އުވާލާފައެވެ.

އިންޓައިން އެރިކްސަންގެ އެއްބަސްވުން އުވާލިއިރު، މީގެ ކުރިން އޭނާ ވަނީ ޕްރޮފެޝަަނަލީ ފުޓްބޯޅައިން ކުރިއަށްދާން ނިންމައި، އައިސީޑީ ލައްވައިގެން ފަރިތަކުރުންތައް ފަށާފައެވެ. އެގޮތުން މީގެ ކުރިން އޭނާ ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައިވަނީ ޒުވާން އުމުރު އޭނާ އެންމެ ފުރަތަމަ ކުޅުނު ކުލަބު ކަމަށްވާ ޑެންމާކުގެ އޮޑެންސީ ބޯލްޑްކްލުބް (އޯބީ) އިންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން އައިސީޑީ ލައްވައިގެން ކުޅުމުގެ ފުރުސަތު ދޭ ޔޫރަޕުގައި ވަރުގަދަ އެއް ލީގަކީ ނެދަލެންޑްސްގެ ލީގެވެ. އެގޮތުން ނެދަލެންޑްސްގެ އަޔަކްސްގެ ތަރި ޑޭލީ ބްލިންޑް މީގެ ކުރިން ވަނީ އައިސީޑީ ލައްވައިގެން އެ ލީގުގައި ކުޅެފައެވެ. އެއާއެކު އަޔަކްސްއަށް ބަދަލުވާން އެރިކްސަން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެރިކްސަނަކީ މީގެ ކުރިން އަޔަކްސްއަށް ކުޅުނު ކުޅުންތެރިއެކެވެ. އެގޮތުން 2010 ވަނަ އަހަރުގެ ޖެނުއަރީ މަހު އަޔަކްސްގެ ސީނިއާ ޓީމުން ކެރިއަރު ފެށި އެރިކްސަން ވަނީ އެ ޓީމަށް ކުޅެދިން 162 މެޗުގައި 32 ލަނޑު ޖަހާފައެވެ. އަދި ވަނީ އެ ޓީމާއެކު ނެދަލެންޑްސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

އޭގެ ފަހުން ޓޮޓެންހަމް ހޮޓްސްޕާއަށް ބަދަލުވެ އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އެރިކްސަން އިންޓައަށް ބަދަލުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު 16.9 މިލިޔަން ޕައުންޑަށް ހަތަރު އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު އިންޓައަށް ބަދަލުވެ އެރިކްސަނަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، އޭނާ ވަނީ އެ ޓީމާއެކު މިދިޔަ ސީޒަނުގެ އިޓާލިއަން ލީގު ކާމިޔާބުކޮށްފައެވެ.

ކްރިސްޓިއަން އެރިކްސަންއިންޓަރ މިލާން

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

01 ޖުލައި 2025
ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

26 ޖޫން 2025
އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

04 ޖޫން 2025
އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް

އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް

06 މެއި 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު