Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެކުވެރިކަމުގެ ވޮލީ މެޗު

ރާއްޖެ އާއި ހައިދަރުއާބާދު ސްޕައިކާސްގެ ފަހު މެޗުން ސަޕޯޓަރުންނަށް ރަނުގެ ފުރުސަތެއް

18 ޑިސެމްބަރު 2021 | ހޮނިހިރު 09:17

ފަހު މެޗު ފަށާނީ ހޮނިހިރު ދުވަހު ހަވީރު 16:30 ގައި

އަތޫފް އާތިފް
އަތޫފް އާތިފް | 18 ޑިސެމްބަރު 2021 | ހޮނިހިރު 09:17
ހައިދަރުއާބާދު ސްޕައިކާސް އާއި ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން

ހައިދަރުއާބާދު ސްޕައިކާސް އާއި ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން

އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ކުޅޭ ފަހު މެޗު ބަލަންދާ ސަޕޯޓަރުންގެ މެދުގައި ނެގޭ ލަކީ ޑްރޯއަކުން ހޮވޭ ދެ މީހަކަށް، މި މަހު ބަންގްލަދޭޝްގައި ފަށާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ މެޗެއް ބަލާލަން ދިޔުމުގެ ފުރުސަތު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ހުޅުވާލައިފިއެވެ.

ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ދެކޮޅަށް ރާއްޖޭން ކުޅޭ ފަހު މެޗު ފަށާނީ ހޮނިހިރު ދުވަހު ހަވީރު 16:30 ގައެވެ. ވީއޭއެމުން ބުނީ މި މެޗު ބަލަން ޒުވާނުންގެ މަރުކަޒަށްދާ ސަޕޯޓަރުންނަށް ވައުޗަރެއް ދޭނެ ކަމަށާއި، އެ ވައުޗަރު އެ ތަނުގައި ބެހެއްޓިފައި ހުންނަ ފޮއްޓަށް ލުމުން ގުރުއަތުލުމުގައި ބައިވެރިވެވުނީ ކަމަށެވެ. އަދި މެޗު ނިމުމުން ލަކީ ޑްރޯތަކުގެ މެދުގައި ގުރުއަތުލުން ބާއްވާނެ ކަމަށް ވީއޭއެމުން ބުނެއެވެ.

ގުރުއަތުލުމުން ހޮވޭ ދެ ސަޕޯޓަރަކު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ގައުމީ ޓީމު ކުޅޭ މެޗެއް ބަލާލުމަށް ބަންގްލަދޭޝަށް ދިޔުމުގެ ދެކޮޅު ޓިކެޓާއި ހުރުމުގެ ކަންކަން ހަމަޖައްސައިދޭނެ ކަމަށް ވީއޭއެމުން ބުނެއެވެ. މީގެ އިތުރުން ގައުމީ ވޮލީބޯޅަ ޓީމުގެ ދެ ޖާޒީ ސަޕޯޓަރަކަށް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ވީއޭއެމުން ބުނީ ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ގައުމީ ޓީމުން ކުޅޭ ފަހު މެޗަކީ މި މުބާރާތަށް ރާއްޖެއިންވާނެ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ. އެހެންކަމުން މި މެޗަށް ސަޕޯޓަރުން ގޮސް ގައުމީ ޓީމަށް ހިތްވަރުދީ، ޓީމުގެ ފަހަތުގައި ތިބުން އެއީ ޓީމަށް ލިބޭނެ ބޮޑު ހިތްވަރެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ރާއްޖޭން މިހާތަނަށް ދެ މެޗެއް ކުޅެފައިވާއިރު، އެ ދެ މެޗުންވެސް ރާއްޖެ ވަނީ 3-1 ސެޓުން މޮޅުވެފައެވެ. މި މެޗުތަކުގެ ކުރިން މި މަހު ރާއްޖެއިން ވަނީ ސްރީ ލަންކާއާ ދެކޮޅަށްވެސް އެކުވެރިކަމުގެ ތިން މެޗެއް ކުޅެފައެވެ. އެކަމަކު އެ ތިން މެޗުންވެސް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ވަނީ ބަލިވެފައެވެ.

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބަންގާޅުގައި ބާއްވާއިރު، ފިރިހެން މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި، ނޭޕާލާއި، ސްރީ ލަންކާ އާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ. އަދި އަންހެން މުބާރާތުގައި ރާއްޖެއާއެކު ވާދަކުރާނީ ކިރްގިސްތާނާއި، ނޭޕާލާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް