Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ސަލެނިޓާނާ ބަލިކޮށް އިންޓައަށް ލީޑެއް

ތާވަލުގެ އެއްވަނައިގައި އިންޓަ އޮތީ 43 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 ޑިސެމްބަރު 2021 | ހޮނިހިރު 04:10
ސަލެނިޓާނާ އާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން

ސަލެނިޓާނާ އާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ފުލުގައި އޮތް ސަލެނިޓާނާ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން އިންޓަ މޮޅުވީ ސަލެނިޓާނާ އަތުން ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ހަކަން ޗަޅަނޯލޫ ނެގި ކޯނަަރަކުން އިވާން ޕެރިސިޗް ވަނީ އިންޓައަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ ފަހުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންޓައިން ލީޑު ފުޅާކުރިއިރު، އެޑިން ޒެކޯ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެންޒެލް ޑަމްފްރީސްއެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް އިންޓައިން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ޗަޅަނޯލޫ ދިން ބޯޅައަކުން އެލެކްސިސް ސަންޗޭޒް ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. ދެން މި މެޗުގައި އިންޓައިން ކާމިޔާބުކުރި އަނެއް ދެ ލަނޑު ޖަހައިދިނީ ލަޓަރޯ މާޓިނޭޒް އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޮބާޓޯ ގަގްލިއާޑިނީއެވެ.

މި މޮޅާއެކު އިންޓައިން ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ވަނީ ކުޅުން 18 މެޗުން 43 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް އޭސީ މިލާނަށް 17 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެޓަލާންޓާއަށް ވަނީ 17 މެޗުން 37 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ލީގުގައި އާދީއްތަ ދުވަހުގެރޭ މިލާނުން ނާޕޮލީއާ ދެކޮޅަށް ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން އިންޓަގެ ލީޑު ހަނިވުމުގެ ފުރުސަތު އެބައޮތެވެ.

އިޓާލިއަން ލީގުއިންޓަރ މިލާން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
01 ޖުލައި 2025

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

01 ޖުލައި 2025
އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް
26 ޖޫން 2025

ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

26 ޖޫން 2025
ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް
04 ޖޫން 2025

އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

04 ޖޫން 2025
އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި
06 މެއި 2025

އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް

06 މެއި 2025
އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް
03 މެއި 2025

އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި

03 މެއި 2025
އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި
01 މެއި 2025

ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު

01 މެއި 2025
ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު
26 ފެބުރުއަރީ 2025

ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް

26 ފެބުރުއަރީ 2025
ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު