Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

މުލާގެ އިތުރު ރިކޯޑެއް ލެވަންޑޯސްކީ މުގުރާލައިފި

ލެވަންޑޯސްކީ ވަނީ މި އަހަރުގައި 43 ލަނޑު ހަމަކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 ޑިސެމްބަރު 2021 | ހޮނިހިރު 03:54
ބަޔާނާއި ވުލްފްސްބާގް ބައްދަލުކުރި މެޗުގެ ތެރެއިން

ބަޔާނާއި ވުލްފްސްބާގް ބައްދަލުކުރި މެޗުގެ ތެރެއިން

އެއް އަހަރު ތެރޭ 42 ލަނޑު ޖަހައިގެން ކުރީގެ އެއްވަނަ ފޯވާޑް ގާޑް މުލާ ހަދާފައިވާ ރިކޯޑު ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑުގެ ތަރި ރޮބަޓް ލެވަންޑޯސްކީ މުގުރާލައިފިއެވެ.

މުލާގެ ރިކޯޑު ލެވަންޑޯސްކީ މުގުރާލީ ޖަރުމަން ލީގުގައި ހުކުރު ދުވަހުގެރޭ ވުލްފްސްބާގް އަތުން ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މޮޅުވި މެޗުގައެވެ.

މި މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޖެހި ލަނޑާއެކު ލެވަންޑޯސްކީ މިހާރު ވަނީ މި އަހަރު ތެރޭ 43 ލަނޑު ހަމަކޮށްފައެވެ. އެއް އަހަރު ތެރޭ 42 ލަނޑު ޖަހައި މުލާ މީގެ ކުރިން ރިކޯޑު ހަދާފައިވަނީ 1972 ވަނަ އަހަރެވެ. މުލާގެ ރިކޯޑެއް ލެވަންޑޯސްކީ މުގުރާލިއިރު، މިދިޔަ ސީޒަނުގައިވެސް އޭނާ ވަނީ މުލާގެ އެހެން ރިކޯޑެއް މުގުރާލާފައެވެ. އެއީ ލީގު ސީޒަނެއްގައި 40 ލަނޑު ޖަހައިގެން 1972 ވަނަ އަހަރު މުލާ ހެދި ރިކޯޑެވެ. އެ ރިކޯޑު ލެވަންޑޯސްކީ މުގުރާލީ މިދިޔަ ސީޒަނުގައި 41 ލަނޑު ހަމަކޮށްގެންނެވެ.

ލީގުގައި ހުކުރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ބަޔާނުގެ އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިނީ ތޯމަސް މުލާ އާއި، ޑަޔުޓް އުޕަމެކާނޯ އަދި ލެރޯއި ސާނޭއެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި އޮތް ބަޔާނަށް ކުޅުނު 17 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑަށް 16 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ބަޔާ ލެވަކޫސެނަށް 16 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ހޮފެންހެއިމަށް 16 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ.

ޖަރުމަން ލީގުބަޔާން މިއުނިކްރޮބަރޓް ލެވަންޑޯސްކީ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
15 ސެޕްޓެމްބަރު 2025

ލެވަންޑޯސްކީގެ ދެ ލަނޑާ އެކު، ބާސެލޯނާ އަށް ބޮޑު މޮޅެއް

15 ސެޕްޓެމްބަރު 2025
ލެވަންޑޯސްކީގެ ދެ ލަނޑާ އެކު، ބާސެލޯނާ އަށް ބޮޑު މޮޅެއް
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
30 ޖޫން 2025

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

30 ޖޫން 2025
ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު