Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮސްޓްރޭލިއާގައި ކޮވިޑްގެ ހާލަތު

އޮސްޓްރޭލިއާގައި ކޮވިޑް ކޭސްތަކުގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ

18 ޑިސެމްބަރު 2021 | ހޮނިހިރު 04:45

ހޮނިހިރު ދުވަހު އޮސްޓްރޭލިއާއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 4،017ށް އަރާފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 18 ޑިސެމްބަރު 2021 | ހޮނިހިރު 04:45
އޮސްޓްރޭލިއާގައި ކޮވިޑް ކޭސްތައް އިތުރުވުން

އޮސްޓްރޭލިއާގައި ކޮވިޑް ކޭސްތައް އިތުރުވުން

މީގެ ކުރިން ދުވަހަކުވެސް ކޮވިޑްގެ ކޭސްތައް އިތުރުނުވާ މިންވަރަށް އޮސްޓްރޭލިއާގައި ކޮވިޑް ކޭސްތައް ގިނަވެއްޖެއެވެ.

މިހާތަނަށް ދުވާލެއްގެ މައްޗަށް އޮސްޓްރޭލިއާގައި އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ ކޭސް ރެކޯޑު ކުރެވިފައިވަނީ އެއްދުވަހުގެ މަތީން 3،820 ކޭހެވެ. ނަމަވެސް ހޮނިހިރު ދުވަހު އޮސްޓްރޭލިއާގެ ސައުތު ވޭލްސް ސްޓޭޓުން 2،482 ކޭސް ރިޕޯޓުކޮށްފައި ވާއިރު، ވިކްޓޯރިއާ ސްޓޭޓުން ވަނީ 1،504 ކޭސް ރިޕޯޓު ކޮށްފައެވެ. މީގެ އިތުރުން ކުއީންސް ލޭންޑް ސްޓޭޓުން 31 ކޭސް ރިޕޯޓުކޮށްފައިވެއެވެ. މިއާއެކު ހޮނިހިރު ދުވަހު އޮސްޓްރޭލިއާއިން ކޮވިޑަށް ޕޮސިޓިވްވީ މީހުންގެ އަދަދު ވަނީ 4،017ށް އަރާފައެވެ.

މިކަމާ ގުޅިގެން އަޮސްޓްރޭލިއާގެ ޕްރައިމް މިނިސްޓަރ ސްކޮޓް މޮރިސަން ވިދާޅުވީ ކޮވިޑް ކޭސްތަކުގެ ނަންބަރަށް ބެލުމުގެ ބަދަލުގައި މިވަގުތު ސަމާލުކަން ދޭންޖެހޭނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދޭންޖެހޭ ފަރާތްތަކާ، ހާލު ސީރިއަސް ފަރާތްތަކުގެ އިތުރުން ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ ފަރާތްތަކަށް ކަމަށެވެ.

މޮރިސަން އިތުރަށް ވިދާޅުވީ ސައުތު ވޭލްސްގައި ކޮވިޑްގެ އަދަދުތައް މަތިވުމުގެ ސަބަބުން ހޮސްޕިޓަލުތަކަށް ބާރުބޮޑު ނުވާނެ ކަމަށެވެ. ސައުތު ވޭލްސްގައި ހާލުދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 26 މީހަކަށެވެ.

އޮސްޓްރޭލިއާގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނައިރު، އެގައުމުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަނީ ލުއިދީފައެވެ. އެގޮތުން ސިޑްނީއާ މެލްބަންއަށް އިންޓަނޭޝަނަލް ދަތުރުތައްކުރާ ފަތުރުވެރިން މިހާރު 72 ގަޑިއިރު އައިސޮލޭޝަންގައި ހުންނާކަށް ނުޖެހޭނެއެވެ.

މޮރިސަން ވިދާޅުވީ ކޮވިޑާއެކު އުޅެން އޮސްޓްރޭލިއާގެ ރައްޔިތުން ދަސްކުރަންޖެހޭ ކަމަށެވެ. އަދި އިނގިރޭސިވިލާތާ، ޔޫރަޕާ، ނޯތު އެމެރިކާގެ ގައުމުތައް އޮތް ހާލަތަށް އޮސްޓްރޭލިއާ ނުވެއްޓޭކަމަށެވެ.

ކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
24 ޑިސެމްބަރު 2023

ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ޑިސެމްބަރު 2023
ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް